އިނގިރޭސިވިލާތުގެ ރާނީ ކުއީން އެލިޒަބަތު ސިއްހީ ހާލުކޮޅު ގޯސްވުމާ އެކު، އެ ކަމަނާގެ އަރިގަށް އާއިލާގެ ބޭފުޅުން ޖަމާވެއްޖެ އެވެ.
08 ސެޕްޓެމްބަރ 2022
އިނގިރޭސިވިލާތުގެ ރާނީ ކުއީން އެލިޒަބަތު ސިއްހީ ހާލުކޮޅު ގޯސްވުމާ އެކު، އެ ކަމަނާގެ އަރިގަށް އާއިލާގެ ބޭފުޅުން ޖަމާވެއްޖެ އެވެ.
އެންމެ ދިގު މުއްދަތަކަށް ރަސްކަން ކުރެއްވުމުގެ ޝަރަފް މިވަގުތު އޮތް ރާނީ އެލިޒަބަތު މިވަގުތު އޮންނެވީ ސްކޮޓްލެންޑްގައި ހުންނަ ޝާހީ ގަނޑުވަރު ބެލްމޯރަލް ކާސަލްގަ އެވެ.
އުމުރުފުޅުން 96 އަހަރުގެ އެލިޒަބަތުގެ ސިއްހީ ހާލުކޮޅާ މެދު ޑޮކްޓަރުން ކަންބޮޑުވެ، ޑޮކްޓަރުންގެ ބެއްލެވުމުގެ ދަށުގައި އެކަމަނާ ބޭއްވުމަށް ޑޮކްޓަރުން ލަފާ ދީފައިވާކަން ޝާހީ ގަނޑުވަރު ބަކިންހަމް ޕެލަސްއިން ވަނީ ކަށަވަރުކޮށްފީފަ އެވެ.
އެކަމަނާގެ ސިއްހީ ހާލުކޮޅާ ބެހޭ ތަފްސީލް ބަކިންހަމް ޕެލަސްއިން ހާމަ ނުކުރިޔަސް، މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން އެކަމަނާއަށް ސިއްހީ މައްސަލަތަކެއް ކުރިމަތިވެ، އެކިފަހަރު މަތިން ފަރުވާ ހޯއްދެވި އެވެ. އިނގިރޭސި ސަރުކާރުގެ އެންމެ އިސްވެރިންނާ އެކު، އެކަމަނާ ބާއްވަން ހަމަޖެއްސެވި ބައްދަލުވުން ވެސް މިއަދު ވަނީ ކެންސަލްކޮށްފަ އެވެ.
އެލިޒަބަތު ރަސްކަމުގެ ތަޚުތާ ހަވާލުވެ ވަޑައިގަތީ އެކަމަނާގެ ބައްޕާފުޅު އަދި ކިންގް ޖޯޖް 1952 ވަނަ އަހަރު އަވަހާރަވުމުންނެވެ. އޭގެ 70 އަހަރު ފަހުން މިހާރު އެކަމަނާ އަކީ ދުނިޔޭގައި އެންމެ ދިގު މުއްދަތަކަށް ރަސްކަން ކުރެއްވުމުގެ ޝަރަފް އޮތް ބޭފުޅާ އެވެ. އެލިޒަބަތުގެ މާމާފުޅު ކުއީން ވިކްޓޯރިއާއަށް ވުރެ ވެސް ދިގު މުއްދަތަކަށް އެކަމަނާ މިހާރު ރަސްކަން ކުރައްވައިފި އެވެ. އެކަމަކު އިނގިރޭސިވިލާތުގެ ސަރުކާރު ހިންގުމުގައި ރަސްކަމުގެ އެއްވެސް ދައުރެއް ނޯވެ އެވެ.
ރާނީ އަވަހާރަވެއްޖެ ނަމަ، ރަސްކަމުގެ ތަޚުތާ ދެން ހަވާލުވެ ވަޑައިގަންނަވާނީ އެކަމަނާގެ ދަރިކަލުން އަދި އުމުރުފުޅުން 73 އަހަރު ޕްރިންސް ޗާލްސް އެވެ.
ރާނީ އެލިޒަބަތު އަވަހާރަވެއްޖެ
މުސްކުޅިއެއްގެ އެވޯޑް ރާނީ ގަބޫލެއް ނުކުރެއްވި
ބަކިންހަމް ޕެލަސްގެ މަރާމާތަށް 360 މިލިއަން ޕައުންޑް
ރާނީގެ 95 ވަނަ އުފަން ދުވަހަށް ހާއްސަ ކޮއިނެއް
ރާނީގެ ޕްލެޓިނަމް ޖުބްލީ 12 މިލިއަން މީހުން ބެލި
އިނގިރޭސިވިލާތުގައި އިތުރު 8 ސިޓީ އުފައްދައިފި
ރާނީ އަށް މަރުހަބާ ކިޔުމަށް ގިނަ ބަޔަކު މަގުމައްޗަށް
ބޭނުންވީ ރާނީ ހުންނެވީ ސަލާމަތުންތޯ ޔަގީންކުރައްވަން
އާއިލާ ދޫކޮށްލިފަހުން ހެރީ އާއި މޭގާން ރާނީގެ އަރިހަށް
ރަނިކަމަށް 70 ފުރުން ފާހަގަކުރަނީ ވަރަށް ސިއްރުން