މި އަހަރު ފާހަގަކުރާ އިނގިރޭސި ރާނީ އެލިޒަބެތު ދޭއެއްގެ 70 އަހަރުވީ ރަނިކަމާ ދިމާކޮށް، އިނގިރޭސިވިލާތުގައި އިތުރު އަށް ސިޓީ އުފައްދައިފި އެވެ.
މި އަހަރު ފާހަގަކުރާ އިނގިރޭސި ރާނީ އެލިޒަބެތު ދޭއެއްގެ 70 އަހަރުވީ ރަނިކަމާ ދިމާކޮށް، އިނގިރޭސިވިލާތުގައި އިތުރު އަށް ސިޓީ އުފައްދައިފި އެވެ.
ބީބީސީން ރިޕޯޓްކުރި ގޮތުގައި އިނގިރޭސިވިލާތުގައި ހިމެނޭ ހުރިހާ ގައުމެއްގައި ވެސް މަދުވެގެން އިތުރު އެއް ސިޓީ އުފައްދަން ހުއްދަދީފައިވާ ކަމަށެވެ. އަދި ފުރަތަމަ ފަހަރަށް، އިނގިރޭސިންގެ ބާރު ހިނގާ އޯވަސީސް ޓެރިޓޮރީއަކަށް ވެސް ސިޓީ އުފެއްދުމުގެ ހުއްދަ ދިނެވެ. އެއީ ޕޯކްލޭންޑް އައިލެންޑްސް އާއި އައިލް އޮފް މޭން އެވެ.
އިންގްލޭންޑްގައި އަލަށް އުފައްދާ ސިޓީ އަށް ކިޔަނީ "މައިލްޓަން ކީންސް" އެވެ. ސްކޮޓްލޭންޑުގައި "ޑަންފަމަލައިން"، ނޮދާން އައިލެންޑްގައި "ބެންގޯ" އަދި ވޭލްސްގައި "ރެކްސަހަމް" ކިޔާ އާ ސިޓީއެއް އުފައްދަ އެވެ.
އެ ތަންތަނަށް ސިޓީގެ ދަރަޖަ ދިނީ ރާނީގެ އަހަރީދުވަހާ ދިމާކޮށް ބޭއްވި ހާއްސަ މުބާރާތެއްގަ އެވެ.
އެ މުބާރާތުގައި، އެމީހުންގެ ސަގާފަތާއި ޝާހީ އާއިލާއާ އޮތް ގުޅުން ދައްކަން ޖެހުނެވެ. އަދި އެމީހުންގެ އަމިއްލަ ވަންތަކަމާއި ސިޓީއެއްގެ ދަރަޖަ އެމީހުންގެ މުޖުތަމައު އަށް މުހިންމުވާ ސަބަބު ވެސް ސާބިތުކޮށްދޭން ޖެހުނެވެ.
މީގެ ކުރިން ރާނީގެ ޑައިމަންޑް ޖުބުލީއާ ދިމާކޮށް ވެސް އެ މުބާރާތް ބޭއްވި އެވެ. އެކަމަކު މިފަހަރު ތަފާތުވީ، ފުރަތަމަ ފަހަރަށް ވަކި ވެރިކަމެއް ކުރާ، އެހެން ނަމަވެސް އިނގިރޭސިން ބާރު ހިނގާ ރަށްތަކަށް އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމުންނެވެ.
ރާނީގެ 70 ވަނަ އަހަރީދުވަސް ފާހަގަކުރުމަށް ކުލަގަދަ ގިނަ ހަރަކާތްތަކެއް އަންނަނީ ބާއްވަމުންނެވެ.
ރާނީގެ 95 ވަނަ އުފަން ދުވަހަށް ހާއްސަ ކޮއިނެއް
އިނގިރޭސި ތަޚުތުގެ ދަށުގައި ކޮން ހިލަގަނޑެއް؟
ޗާލްސް ރަސްކަމުގެ ތަހުތުގައި ވެޑުވުން މެއި 6 ގައި
ރާނީ އަށް ފަހުގެ އިހްތިރާމް އަދާކުރުން ކުރިއަށްދަނީ
ރާނީއާ އެކު ފިލިޕް ވެސް ފަސްދާނުލާނެ
ރާނީ އެލިޒަބަތު އަވަހާރަވެއްޖެ
އިނގިރޭސި ރާނީގެ ހާލުކޮޅު ގޯސްވެ އާއިލާ ހާސްކަމުގައި
ރާނީގެ ޕްލެޓިނަމް ޖުބްލީ 12 މިލިއަން މީހުން ބެލި
ރާނީ އަށް މަރުހަބާ ކިޔުމަށް ގިނަ ބަޔަކު މަގުމައްޗަށް
ބޭނުންވީ ރާނީ ހުންނެވީ ސަލާމަތުންތޯ ޔަގީންކުރައްވަން