Roadha Mihaaru

އިރުފާންގެ ދޮށީ ދަރިފުޅު ބާބިލް ހުރީ ފިލްމު ކުޅެން ތައްޔާރަށް

އެކްޓިން އަށް ނުކުންނާނެ ކަމަށާއި މެއި މަހު އޮންނަ ގްރެޖްއޭޝަނަށް ފަހު، ފިލްމުތަކުން ލިބޭ އޮފާތައް ގަބޫލުކުރަން ފަށާނެ ކަމަށް މިދިޔަ އަހަރު މަރުވި އިންޑިއާގެ އެކްޓަރު އިރުފާން ޚާންގެ ދޮށީ ފިރިހެން ދަރިފުޅު ބާބިލް ޚާން ބުނެފި އެެވެ.

އިރުފާންގެ ދަރިފުޅު ބާބިލް ހުރީ ފިލްމު ކުޅެން ތައްޔާރަށް
އަހުމަދު އަދްޝަން
އަހުމަދު އަދްޝަން

13 ޖެނުއަރީ 2021

އެކްޓިން އަށް ނުކުންނާނެ ކަމަށާއި މެއި މަހު އޮންނަ ގްރެޖްއޭޝަނަށް ފަހު، ފިލްމުތަކުން ލިބޭ އޮފާތައް ގަބޫލުކުރަން ފަށާނެ ކަމަށް މިދިޔަ އަހަރު މަރުވި އިންޑިއާގެ އެކްޓަރު އިރުފާން ޚާންގެ ދޮށީ ފިރިހެން ދަރިފުޅު ބާބިލް ޚާން ބުނެފި އެެވެ.

އޭނާ މި ވަގުތު އަންނަނީ އިނގިރޭސިވިލާތުގައި އެކްޓިން ދާއިރާ އިން ކިޔަވަމުންނެވެ. ބާބިލް، 24، ގެ އިތުރުން ވެސް އިރުފާންގެ ހުންނަނީ ފިރިހެން ކުއްޖެކެވެ. އެއީ އަޔާން ޚާނެވެ.

ފިލްމީ ދާއިރާ އަށް ނުކުންނާނެ ވާހަކަ ބާބިލް ބުނެފައި މި ވަނީ ބައްޕަ އިރުފާން ކުޅުނު ވަރަށް ކާމިޔާބު ފިލްމެއް ކަމަށްވާ 2006 ގެ "ނޭމްސޭކް" އަށް އޭނާ ތައްޔާރުވި ދުވަސްވަރު އެކަމަށް އެހީއެއްގެ ގޮތުގައި ބޭނުންކުރި ފޮތް "އެކްޓާޒް އޮން އެކްޓިން" ގެ ކަވަރު އިންސްޓަގްރާމަށް ލުމުން ފޭނަކު ކުރި ސުވާލަކާ ގުޅިގެންނެވެ.

އެ ސުވާލުކުރި މީހާ ބާބިލްގެ ގާތުން އެހީ އެކްޓިން ދާއިރާ އަށް ނުކުންނާނީ ކޮން އިރަކުންތޯ އެވެ؟ ޖަވާބުގައި ބާބިލް ބުނީ އޭނާ މިހާރު ވެސްއެ ހުރީ އެ ދާއިރާގެ ތެރޭގައި ކަމަށާއި މެއި މަހު ގްރެޖްއޭޓްވާތީ އޭގެ ފަހުން އޮފާތައް ނަގަން ފަށާނެ ކަމަށެވެ.

އިރުފާންގެ ދަރިއަކު ފިލްމީ ދާއިރާ އަށް ނުކުތުމަކީ ބައްޕަގެ ލެގަސީ ދިރުވޭނެ ކަމަކަށް ވާނެ އެވެ. އިރުފާނަކީ އިންޑިއާގެ އެންމެ ހުނަރުވެރި އެކްޓަރުންގެ ތެރޭގައި ގުނައިލެވުނު އެކަކަށްވާތީ އޭނާގެ ދަރިންގެ ކިބައިގައި ވެސް އެކްޓްކުރުމުގެ ހުނަރު ހުންނާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެވެ އެވެ.

ބާބިލް އަކީ އިރުފާން މަރުވި ފަހުން ބައްޕަގެ ހަނދާންތައް ވަރަށް ގިނައިން އިންސްޓްގްރާމްގައި އާކުރާ ޒުވާނެކެވެ.

އިންޑިއާގެ ފިލްމުތަކުގެ އިތުރުން އިންޓަނޭޝަނަލް ފިލްމުތަކެއް ވެސް ކުޅުނު އިރުފާން މަރުވި އިރު، ރިލީޒްނުވެ އޮތް އޭނާގެ ފިލްމެއް މި އަހަރު ރިލީޒްކުރަން ވަނީ ހަމަޖެހިފަ އެވެ. އެއީ "ދަ ސޯންގް އޮފް ސްކޯޕިއަންސް" އެވެ.