މި އަހަރުގެ ކުރީކޮޅު މަރުވި އިންޑިއާގެ އެކްޓަރު އިރުފާން ޚާން ކުޅުނު ފިލްމުތަކުގެ ތެރެއިން ރިލީޒްނުވެ އޮތް ހަމައެކަނި ފިލްމު "ދަ ސޯންގް އޮފް ސްކޯޕިއަންސް" އަންނަ އަހަރު ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ.
30 ޑިސެމްބަރ 2020
މި އަހަރުގެ ކުރީކޮޅު މަރުވި އިންޑިއާގެ އެކްޓަރު އިރުފާން ޚާން ކުޅުނު ފިލްމުތަކުގެ ތެރެއިން ރިލީޒްނުވެ އޮތް ހަމައެކަނި ފިލްމު "ދަ ސޯންގް އޮފް ސްކޯޕިއަންސް" އަންނަ އަހަރު ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ.
މަޝްހޫރު ފިލްމު ކްރިޓިކް ތަރަން އަދާޝް މި ވާހަކަ ސޯޝަލް މީޑިއާގައި ހިއްސާކުރި ނަމަވެސް އެ ފިލްމު އަޅުވާނެ ސީދާ ތާރީހެއް ހާމައެއްނުކުރެ އެވެ. ފިލްމުގެ ޕޯސްޓަރުގައިވާ ގޮތުން އަންނަ އަހަރު ކުރީކޮޅު ފިލްމު ރިލީޒްކުރާނެ އެވެ. ތަރަން ބުނީ "ދަ ސޯންގް އޮފް ސްކޯޕިއަންސް" ސިނަމާތަކަށް ގެންނާނީ ޕެނޮރާމާ ސްޕޮޓްލައިޓާއި 70 އެމްއެމް ޓޯކީޒް ގުޅިގެން ކަމަށެވެ.
"ދަ ސޯންގް އޮފް ސްކޯޕިއަންސް" އަކީ އިންޓަނޭޝަނަލް ޕްރޮޖެކްޓެކެވެ. އިންޑިއާ އާއި ބޭރުގެ މަސްހުނި ކާސްޓެއް އެކުލެވޭ މި ފިލްމަކީ ސްވިޒްލެންޑްގެ ރަށްވެހިކަން އޮންނަ އިންޑިއާ ދަރިކޮޅުގެ ޑައިރެކްޓަރު އަނޫޕް ސިންގް ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މީތި 2017 ގައި ބޭއްވި 70 ވަނަ ލޮކާނޯ އިންޓަނެޝަނަލް ފިލްމު ފެސްޓިވަލްގައި ވެސް ޕްރިމިއާކޮށްފައިވެ އެވެ.
"ސޯންގް އޮފް ސްކޯޕިއަންސް" ގެ ކާސްޓްގައި ހިމެނެނީ އެޕްރީލް މަހު ނެޓްފްލިކްސް އިް ސްޓްރީމްކުރި ކްރިސް ހެމްސްވޯތުގެ ފިލްމު "އެކްސްޓްރެކްޝަން" ގައި ވެސް މުހިއްމު ރޯލެއް ކުޅެފައިވާ އިރާނަށް އުފަން ފްރާންސްގެ ބަތަލާ ގޮލްޝިފްތޭ ފަރަހާނީ އާއި ޓިލޮޓޯމާ ޝޯމާއި ވަހީދާ ރަހްމާނާއި ޝަޝަންކް އަރޯރާ އާއި ސާރާ އަރުޖުން އާއި ޝެފާލީ ބުޝަން އެވެ. މި ފިލްމުގެ ޑައިރެކްޓަރު އަނޫޕާ އެކު އިރުފާން އެހެން ފިލްމެއްގައި ވެސް މަސައްކަތްކޮށްފައިވެ އެވެ. އެއީ 2013 ގެ "ގިއްސާ" އެވެ. އެ ފިލްމަކީ އެ އަހަރު ބޭއްވި 38 ވަނަ ޓޮރޮންޓޯ އިންޓަނެޝަނަލް ފިލްމު ފެސްޓިވަލް (ޓިއައިއެފްއެފް) ގައި އިންޓަނެޝަނަލް އޭޝިއަން ފިލްމުގެ އެވޯޑް ލިބުނު ފިލްމެކެވެ.
އިންޑިއާގައި އުފެދުނު އެންމެ ހުނަރުވެރި އެކްޓަރުންގެ ތެރޭގައި ހިމެނުނު އިރުފާން ކެންސަރު ބަލީގައި މަރުވީ މި އަހަރުގެ އެޕްރީލް މަހުގެ 29 ގަ އެވެ.
ބޮލީވުޑްގެ އިތުރުން ހޮލީވުޑްގެ ބައެއް ފިލްމުތައް ވެސް ކުޅެފައިވާ އެކްޓަރު އެންމެ ފަހުން ފެނިފައި ވަނީ މި އަހަރުގެ މާޗްގައި ރިލީޒްކުރި ހިންދީ ފިލްމު "އަނގްރޭޒީ މީޑިއަމް" އިންނެވެ.
އިރުފާންގެ ރިލީޒްނުވެ އޮތް ފިލްމެއް ޔޫޓިއުބަށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ދަރިފުޅު ބާބިލްއާ އެކު ފިލްމެއް ހަދަން އިރުފާން އުޅުނު
އިރުފާންގެ ދަރިފުޅު އަމީތާބާ އެކު މަސައްކަތްކޮށްލަން ބޭނުން
އިރުފާން ޚާންގެ ދަރިފުޅު ބާބިލް ތައާރަފްކުރާނީ އަނުޝްކާ
ރާޖްގެ އުންމީދަކީ އިރުފާން ކަހަލަ އެކްޓަރަކަށްވުން
އިރުފާންގެ ދަރިފުޅު ބާބިލް ހުރީ ފިލްމު ކުޅެން ތައްޔާރަށް
ފިލްމުފެއާ މަޖައްލާ އިން ރިޝީ އާއި އިރުފާންގެ ހަނދާން
އާމިރް ހާން އެކްޓުކުރުން ހުއްޓާލައި ރިޓަޔާކުރަނީ
ސާރާއަށް އެކްޓުކުރަން ނޭނގޭ ކަމަށް ބުނެ ފާޑުކިޔަނީ