Roadha Mihaaru
2025 ގައި ޖައްވުގައި ހޮޓަލެއް ހުޅުވަނީ

2025 ގައި ޖައްވުގައި ހޮޓަލެއް ހުޅުވަނީ

03 މެއި 2022

އެމެރިކާގައި އަމިއްލަ ފަރާތަކުން ހިންގާ ޖައްވީ ކުންފުންޏަކުން، ޖައްވުގައި ހަދަން އުޅޭ ޓޫރިސްޓް ހޮޓަލެއް 2025 ގައި ހުޅުވަން ނިންމައިފި އެވެ.

އެމެރިކާގައި އަމިއްލަ ފަރާތަކުން ހިންގާ ޖައްވީ ކުންފުންޏަކުން، ޖައްވުގައި ހަދަން އުޅޭ ޓޫރިސްޓް ހޮޓަލެއް 2025 ގައި ހުޅުވަން ނިންމައިފި އެވެ.

އޯބިޓަލް އެސެމްބްލީ ކިޔާ އެ ކުންފުނިން މިހާރު ވަނީ އެ ހޮޓަލުގެ ކޮންސެޕްޓް ޑިޒައިން އާންމުކޮށްފަ އެވެ.

ޖައްވުގައި ހުޅުވާ ޓޫރިސްޓް ހޮޓަލުގެ ޑިޒައިން ކޮންސެޕްޓް -- ފޮޓޯ: އޯބިޓަލް އެސެމްބްލީ

ޖައްވުގައި ހުޅުވާ ޓޫރިސްޓް ހޮޓަލުގެ ޑިޒައިން ކޮންސެޕްޓް -- ފޮޓޯ: އޯބިޓަލް އެސެމްބްލީ

އެ ކުންފުނިން ރާވާފައި ވަނީ ޖައްވުގައި ދެ ހޮޓަލެއް ހުޅުވުމަށެވެ. ފުރަތަމަ ރޭވި ހޮޓެލް "ވޮޔޭޖާ ސްޓޭޝަން" ގައި 400 މީހުންގެ ޖާގަ އޮންނާނެ އެވެ. އެ ހޮޓެލް ހުޅުވަން ނިންމާފައި ވަނީ 2027 ގަ އެވެ. އޭގެ ކުރިން 28 މީހުންގެ ޖާގައިގެ ހޮޓަލް "ޕަޔޮނިއާ ސްޓޭޝަން" ހުޅުވަނީ 2025 ގަ އެވެ.

އެ ކުންފުނިން ބޭނުންވަނީ ސްޕޭސް ޓޫރިޒަމްގައި ކުރިއަށް ދާށެވެ.

ޖައްވުގައި ހުޅުވާ ޓޫރިސްޓް ހޮޓަލުގެ ޑިޒައިން ކޮންސެޕްޓް -- ފޮޓޯ: އޯބިޓަލް އެސެމްބްލީ

ޖައްވުގައި ހުޅުވާ ޓޫރިސްޓް ހޮޓަލުގެ ޑިޒައިން ކޮންސެޕްޓް -- ފޮޓޯ: އޯބިޓަލް އެސެމްބްލީ

"ޕަޔޮނިއާ ސްޓޭޝަން" ގައި ކުއްޔަށް ދޫކުރާ އޮފީސް ބަޔަކާއި ރިސާޗު ފެސިލިޓީއެއް ވެސް ހުންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެ ހޮޓެލްތަކުގެ ކޮންސެޕްޓް ޑިޒައިނުން ފެންނަ ގޮތުގައި އެ ސްޓޭޝަންތައް ވައްތަރީ ފުރޮޅަކާ އެވެ. އޭގެ އެތެރޭގެ ޑިޒައިން ހުރީ އާންމުކޮށް ލަގްޒަރީ ހޮޓެލްތައް ހުންނަ ސްޓައިލަށެވެ. އަދި އެ ހޮޓެލްގެ ވިއު އަކީ ދުނިޔެ އެވެ.

ޖައްވުގައި ހުޅުވާ ޓޫރިސްޓް ހޮޓަލުގެ ޑިޒައިން ކޮންސެޕްޓް -- ފޮޓޯ: އޯބިޓަލް އެސެމްބްލީ

ޖައްވުގައި ހުޅުވާ ޓޫރިސްޓް ހޮޓަލުގެ ޑިޒައިން ކޮންސެޕްޓް -- ފޮޓޯ: އޯބިޓަލް އެސެމްބްލީ

އެ ކޮންސެޕްޓް ހެދީ ރޮކެޓް ޓެކްނޮލޮޖީގެ ރޮނގުން އެންމެ ފުރަތަމަ އުފެދުނު މާހިރުންގެ ތެރޭގައި ހިމެނޭ ކުރީގެ އެއިރޯސްޕޭސް އިންޖީނިއަރެއް ކަމަށްވާ ވަންހަ ވޮން ބަރުންގެ މަސައްކަތުން އިސްޕަޔާވެގެން ކަމަށް ބުންޏެވެ. އޭނާ އަކީ ޖަރުމަނުގައި ނާޒީންގެ ބާރު އޮތް ދުވަސްވަރު އެމީހުންނަށް ރޮކެޓް ހަދައިދިން މީހެކެވެ.

ޖައްވުގައި ހުޅުވާ ޓޫރިސްޓް ހޮޓަލުގެ ޑިޒައިން ކޮންސެޕްޓް -- ފޮޓޯ: އޯބިޓަލް އެސެމްބްލީ

ޖައްވުގައި ހުޅުވާ ޓޫރިސްޓް ހޮޓަލުގެ ޑިޒައިން ކޮންސެޕްޓް -- ފޮޓޯ: އޯބިޓަލް އެސެމްބްލީ

އެ ހޮޓަލަށް ދާ މީހުންގެ އަތުން ދާނެ ހަރަދެއް އަދި އިއުލާންނުކުރެ އެވެ.

ސްޕޭސް ޓޫރިޒަމްގެ ވާދަވެރިކަން މިހާރު އަންނަނީ ބޮޑުވަމުންނެވެ. މަޝްހޫރު މަހުޖަނުން ކަމަށްވާ ޖެޕް ބޭޒޯސްގެ ބްލޫ އޮރިޖިން އާއި އީލޮން މަސްކްގެ ސްޕޭސް އެކްސް މިހާރު ވަނީ އެ ވިޔަފާރީގެ ތެރެއަށް ވަދެފަ އެވެ.