ބޮލީވުޑްގައި މަސައްކަތްކުރަން ބޭނުން ނުވާ ކަމަށާއި ބޮލީވުޑަށް އޭނާ ބޭނުންވާ އަގު ވެސް ނުދެވޭނެ ކަމަށް ދެކުނު އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި މަސައްކަތްކޮށް މަޝްހޫރުވި އެކްޓަރު މަހޭޝް ބާބޫ ބުނެފި އެވެ.
ބޮލީވުޑްގައި މަސައްކަތްކުރަން ބޭނުން ނުވާ ކަމަށާއި ބޮލީވުޑަށް އޭނާ ބޭނުންވާ އަގު ވެސް ނުދެވޭނެ ކަމަށް ދެކުނު އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި މަސައްކަތްކޮށް މަޝްހޫރުވި އެކްޓަރު މަހޭޝް ބާބޫ ބުނެފި އެވެ.
އުމުރުން 46 އަހަރުގެ މަހޭޝް ދިން އިންޓަވިއުއެއްގައި ބުނީ އޭނާ ބޮލީވުޑަށް ޝައުގުވެރިކަން ނެތް ވާހަކަ ބުނުމުން، ބައެއް މީހުން އޭނާ އަކީ ވަރަށް ފޮނި މީހެއްގެ ގޮތުގައި ސިފަކުރާ ކަމަށެވެ.
އެ އިންޓަވިއުގައި އޭނާ ބުނީ އޭނާ މަސައްކަތްކުރަން ބޭނުންވަނީ ފިލްމީ ދާއިރާގައި ކަމަށާއި އެ ނޫން ދާއިރާއަކަށް ދިއުމުގެ ވިސްނުން ވެސް ނުގެންގުޅޭ ކަމަށެވެ.
މަހޭޝްގެ ޕްރޮޑަކްޝަން ހައުސް އިން ނެރޭ ފިލްމު "މޭޖާ"ގެ ޓްރެއިލާ ލޯންޗުކުރަން ބޭއްވި އިވެންޓުގައި އޭނާ ބުނީ އޭނާ މަސައްކަތް ކުރާ ހިތްވަނީ ތެލުގޫ ފިލްމުތަކުގައި ކަމަށާއި އަބަދުވެސް އުއްމީދުކުރީ އިންޑިއާގެ އެކި ސަރަހައްދުތަކުގެ މީހުން އެ ފިލްމުތައް ބެލުމަށް ކަމަށެވެ. އަދި މިހާރު އެ އުއްމީދު ހާސިލުވެފައި ވާތީ އުފާކުރާ ކަމަށް ވެސް ބުންޏެވެ.
"ވަރަށް އެރޮގެންޓް ކަމަށް ހީވެދާނެ. ހިންދީ ފިލްމުގައި މަސައްކަތްކުރަން އޮފާ ލިބޭ. އެކަމަކު އަހަންނަށް ހީވަނީ އެމީހުންނަށް އަހަރެން އެފޯޑް ނުކުރެވޭނެހެން. އެހެންވެ، ވަގުތު ބޭކާރު ކުރަން ބޭނުން ނުވަނީ،" އޭނާ ބުންޏެވެ.
އޭނާ އަށް މަޝްހޫރު ކަން ލިބުނީ ތެލުގޫ ފިލްމުތަކުން ކަމަށް ވާތީ އެ ދާއިރާ ދޫކޮށްލުމުގެ ވިސްނުން ނުގެންގުޅޭ ކަަމަށް އޭނާ ބުންޏެވެ.
މަހޭޝްގެ ދެ ފިލްމެއްގެ މަސައްކަތް ވަރަށް އަވަހަށް ފެންނާނެ އެވެ. އޭގެ ތެރެއިން އެއް ފިލްމަކީ "މޭޖާ" އެވެ. އަދި މިއަދު ނެރޭ ގޮތަށް އޮތް އަނެއް ފިލްމަކީ "ސަރުކާރް ވާރީ ޕާތާ" އެވެ.
ބޮލީވުޑްގެ ފިލްމުތަކަށް ވުރެ، ދެކުނު އިންޑިއާގެ ފިލްމުތަކަށް ލިބޭ ތަރުހީބު މިހާރު ވަރަށް ބޮޑެވެ.
މަސައްކަތު ވަގުތު 8 ގަޑިއިރަށް ކުޑަކުރަން ގޮވާލަނީ
ފިލްމީ ދާއިރާގެ މީހުންގެ ސަޕޯޓް ނުލިބޭ: ކާތިކް
އަށްޑިހައިގެ ތެރެއިން ބަތަލާ މީނާކްޝީ
ފަރާއާ އެކު އޭނާގެ ކައްކާ ވެސް ރާއްޖޭގައި
އީދު ކުޅިވަރު ބަލައިލަން ފަރާ ޚާން ރާއްޖެ އަތުވެއްޖެ
ހީނާ އާއި ރޮކީ ކައިވެނިކޮށްފި
ބޮލީވުޑްގައި ދީޕިކާ އާއި ސަންދީޕުގެ އަރައިރުމެއް!
"ދަރިފުޅުގެ ފިލްމު ފުލޮޕްވީ ނެޕޮޓިޒަމްގެ ބަހުސާ ހެދި"
އިމްރާނަށް ޑެންގޫ ޖެހިގެން ޝޫޓިން މެދުކަނޑާލައިފި
ކާފަ ދަރިފުޅު އުރަން ސުނިލް ކަސްރަތު ބަދަލުކޮށްފި