ބާސެލޯނާ (ޑިސެމްބަރު 26) – ލިވަޕޫލުގެ ބްރެޒިލް މިޑްފީލްޑަރު ފިލިއްޕޭ ކޯޓީނިއޯ އަށް ބާސެލޯނާ އިން ވަރަށް ބޮޑަށް ޝައުގުވެރިވާ ކަމަށް އެ ޓީމުގެ ކުރީގެ ކުޅުންތެރިޔާ ބްރެޒިލްގެ ރޮނާލްޑީނިއޯ ބުނެފި އެވެ.
26 ޑިސެމްބަރ 2016
ބާސެލޯނާ (ޑިސެމްބަރު 26) – ލިވަޕޫލުގެ ބްރެޒިލް މިޑްފީލްޑަރު ފިލިއްޕޭ ކޯޓީނިއޯ އަށް ބާސެލޯނާ އިން ވަރަށް ބޮޑަށް ޝައުގުވެރިވާ ކަމަށް އެ ޓީމުގެ ކުރީގެ ކުޅުންތެރިޔާ ބްރެޒިލްގެ ރޮނާލްޑީނިއޯ ބުނެފި އެވެ.
އިންޓަ މިލާނުން 2013 ވަނަ އަހަރު ލިވަޕޫލަށް ބަދަލުވެ ކޯޓީނިއޯ ދައްކަން ފެށި މޮޅު ކުޅުމާ އެކު ބާސެލޯނާ އިން ވަނީ އޭނާ އަށް ލޯ އަޅަން ފަށައިފަ އެވެ. އަދި ބާސެލޯނާ އިން މިހާތަނަށް އައީ އެ ކްލަބުގެ ލެޖެންޑުން މެދުވެރިކޮށް ކޯޓީނިއޯ އަށް ތައުރީފުކުރުވައި އޭނާގެ ޝައުގު ދަމައިގަންނަން މަސައްކަތްކުރަމުންނެވެ.
"މި ސީޒަނުގައި ޔޫރަޕުގައި އެންމެ ރަނގަޅަށް ކުޅޭ އެއް ކުޅުންތެރިޔަކީ ކޯޓީނިއޯ. އަހަންނަށް އެނގިފައިވާ ގޮތުން ބާސެލޯނާ އިން އޭނާ އަށް ވަރަށް ބޮޑަށް ޝައުގުވެރިވޭ. އެކަމަކު އަހަރެން ވެސް ގަބޫލުކުރަން ލިވަޕޫލުން އޭނާ ބަހައްޓަން ބޭނުންވާނެ. ލިވަޕޫލުގެ ޓީމު ބިނާކުރަމުން އަންނަނީ އޭނާ ވަށައިގެން. އެކަމަކު މި ފެންވަރުގައި ކުޅޭއިރު އަބަދުވެސް އެހެން ޓީމުތަކުން ޝައުގުވެރިވާނެ،" ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމް ދެ ފަހަރު ހޯދާފައިވާ ރޮނާލްޑީނިއޯ ބުންޏެވެ.
ރޮނާލްޑީނިއޯ ބުނީ މިވަގުތު އަނިޔާގައި ހުރި ކޯޓީނިއޯ އެނބުރި އައިސް ކުރީގެ ޖާދޫ ދައްކާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ. ޕްރިމިއާ ލީގުގެ ދެ ވަނައިގައި ލިވަޕޫލް އޮތްއިރު އޭނާ ވަނީ ލީގުގައި މި ސީޒަނުގައި ފަސް ގޯލް ޖަހައިފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި މި ސީޒަން ނިމުމުން ބާސެލޯނާ އިން ރަސްމީކޮށް ކޯޓީނިއޯ އަށް އޮފާކުރާނެ އެވެ. އަދި ބާސެލޯނާ ފަދަ ކްލަބެއްގެ ހުށަހެޅުން ލިބުމުން އޭނާ ހުއްޓުވުމަކީ ލިވަޕޫލަށް ދަތިތަކަށް ވާނެ ކަމަށް ބެލެވެ އެވެ.
ރޮނާލްޑީނިއޯގެ ދަރިފުޅު ބާސާ އަށް ސޮއި ކުރަނީ
ލޯނު އުސޫލުން ކުޓީނިއޯ ޖެރާޑުގެ އެސްޓަން ވިލާ އަށް
ހާލަތުގެ ފައިދާ ނަގައި ވިލާ އިން ކުޓީނިއޯއަށް ފާރަލަނީ
ކުޓީނިއޯ ބޭނުންވަނީ ލިވަޕޫލަށް ބަދަލުވާން
މެސީއާ އެއް ޓީމެއްގައި ކުޅެން ކުޓީނިއޯ އަށް އުނދަގޫ
އެންމެ މޮޅީ މެސީ ކަމަށް ބުނަން އުނދަގޫ: ރޮނާލްޑީނިއޯ
ކުޓީނިއޯ ލޯން އުސޫލުން ބަޔާން މިއުނިކަށް
ބާސެލޯނާ ދޫކޮށްލާނަމަ ކުޓީނިއޯ ބޭނުމީ ލިވަޕޫލަށް ދާން
ކުޓީނިއޯ ބާސެލޯނާ އަކުން ނުވިއްކާނެ: އޭޖެންޓް
ހަޒާޑް ނެތްތަން ފޫބައްދާނީ ކުޓީނިއޯ؟