ބާސެލޯނާ (ފެބްރުއަރީ 8) - ބްރެޒިލްގެ ލެޖެންޑް ރޮނާލްޑީނިއޯގެ ދަރިފުޅު ޔާއޯ މެންޑޭޒް ބާސެލޯނާ އަށް ސޮއި ކުރާނެ ކަމުގެ ޔަގީންކަން، ދީފި އެވެ.
08 ފެބުރުއަރީ 2023
ބާސެލޯނާ (ފެބްރުއަރީ 8) - ބްރެޒިލްގެ ލެޖެންޑް ރޮނާލްޑީނިއޯގެ ދަރިފުޅު ޔާއޯ މެންޑޭޒް ބާސެލޯނާ އަށް ސޮއި ކުރާނެ ކަމުގެ ޔަގީންކަން، ދީފި އެވެ.
ސްޕެއިންގެ ރޭޑިއޯ ޕްރޮގުރާމެއްގައި ވާހަކަ ދައްކަމުން ރޮނާލްޑީނިއޯ ބުނީ އޭނާގެ 17 އަހަރުގެ ދަރިފުޅު، ބާސާގެ 19 އަހަރުން ދަށުގެ ޓީމޔގެ ޓްރެއަލްގައި ބައިވެރިވެފައިވާ ކަމަށްވެ. އަދި ޓްރައަލް ގައި އޭނާ އަންނަނީ ރަނގަޅު ކުޅުމެއް ދައްކަމުން ކަމަށް ވެސް ރޮނާލްޑީނިއޯ ފާހަގަ ކުރި އެވެ.
"އަހަރެން އެއްގޮތަކަށް ވެސް ކުލަބުން ބޭރެއް ނުވަން. ބާސެލޯނާ އަކީ އަހަރެންގެ ދިރިއުޅުމުގެ ބައެއް،" ބާސެލޯނާ ކާމިޔާބުތައް ހޯދައި ދިން ރޮނާލްޑީނިއޯ، 42، ބުންޏެވެ.
"އަހަރެން ދާ ކޮންމެ ތަނެއްގައި ވެސް ބާސެލޯނާ [އަހަރެންގެ ހިތުގައި] އޮންނާނެ. އަހަރެންގެ ދަރިފުޅު ބާސެލޯނާ އަށް އައުމާ އެކު އަހަރެން ވެސް މިތާނގައި ހުންނާނަން."
ސެންޓަ ފޯވާޑަށާއި އެޓޭކިން މިޑްފީލްޑަރެއްގެ މަގާމަށް ވާތު ފައިން ކުޅޭ ޔާއޯ މެންޑޭޒް ވަނީ ބްރެޒިލްގެ ފްލަމެންގޯ އާއި ވަސްކޯ ޑަ ގާމާ އަދި ބޯވިސްޓާ އާރުޖޭ ގެ ޔޫތު ޓީމަށް ކުޅެފަ އެވެ. އަދި ބާސެލޯނާގެ ޓްރަޔަލް އާ ގުޅުނީ ހަތަރު އަހަރު ކުރުޒޭރޯ އަށް ކުޅުމަށް ފަހު އެވެ.
ރޮނާލްޑީނިއޯ ވަނީ 2003 އިން 2008 އަށް ބާސެލޯނާ އަށް ކުޅެފަ އެވެ. އަދި ކުޅުން ހުއްޓާލުމަށް ފަހު 2017 ވަނަ އަހަރުން ފެށިގެން އޭނާ އަކީ ކުލަބުގެ އެމްބެސެޑަރެކެވެ.
ބާސެލޯނާގެ ނޫހެއް ކަމަށްވާ މުންޑޯ ޑިޕޯޓިވޯ އިން އިއްޔެ ބޭއްވި އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ރޮނާލްޑީނިއޯ އަށް ވަނީ ލެޖެންޑް އެވޯޑެއް ވެސް ދީފަ އެވެ.
އެންމެ މޮޅީ މެސީ ކަމަށް ބުނަން އުނދަގޫ: ރޮނާލްޑީނިއޯ
ބާސެލޯނާގެ ސްޓައިލް ބަދަލުކުރީ އަހަރެން: ރޮނާލްޑީނިއޯ
ކޯޓީނިއޯ އަށް ބާސާ އިން ޝައުގުވެރިވޭ: ރޮނާލްޑީނިއޯ
ބާސެލޯނާގެ އެމްބެސަޑަރަކަށް ރޮނާލްޑީނިއޯ ހަމަޖައްސައިފި
ބާސާ އަށް ހުރިހާ ތައްޓެއް ހޯދޭނެ: ރަފީނިއާ
ޑޮކްޓަރުގެ ކުއްލި މަރާ އެކު ބާސެލޯނާ ހިތާމައިގައި
އުނދަގޫ ހާލަތެއްގައި އޮވެ ލިވަޕޫލާއި ބާސާ މޮޅުވެއްޖެ
އިތުބާރާއެކު މޮޅުވެ ބާސެލޯނާ އެއްވަނައިގައި
ބާސާއަށް ދައްކައިދިނީ އެތުލެޓިކޯގެ ތަފާތުކަން: ސިމިއޯނީ
މޮޑްރިޗަކީ ފުޓްބޯޅައިގެ އަގުހުރި ހަދިޔާއެއް: އަންޗެލޮޓީ