ސްރީ ލަންކާ އަށް ކުރިމަތިވެފައިވާ އިގްތިސާދީ މައްސަލަތަކުން އުފެދުނު ސިޔާސީ ހަމަނުޖެހުންތައް ހައްލުކުރުމުގެ ވިސްނުމާ އެކު މަގާމާ ހަވާލުވެވަޑައިގެންނެވި އާ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ މިއަދު ހަވީރު ގައުމާ މުޚާތަބުކުރައްވާނެ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
ސްރީ ލަންކާ އަށް ކުރިމަތިވެފައިވާ އިގްތިސާދީ މައްސަލަތަކުން އުފެދުނު ސިޔާސީ ހަމަނުޖެހުންތައް ހައްލުކުރުމުގެ ވިސްނުމާ އެކު މަގާމާ ހަވާލުވެވަޑައިގެންނެވި އާ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ މިއަދު ހަވީރު ގައުމާ މުޚާތަބުކުރައްވާނެ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
އިއްޔެ ކުރެއްވި ޓުވީޓްތަކެއްގައި ރަނިލް ވިދާޅުވި ގޮތުގައި އެ ގައުމަށް ދިމާވެފައިވާ މާލީ އަދި އިގްތިސާދީ މައްސަލަތަކުގެ ފުރިހަމަ ތަފްސީލެއް މިއަދު ދެއްވާނެ އެވެ. އޭނާ ވިދާޅުވި ގޮތުގައި ކުރިން ކޮށްފައި ހުރި ވަރަށް ގިނަ ކަންތައް އަލުން އަނބުރާ އިއާދަކުރަންވެފައި އެބަހުއްޓެވެ. ހަމައެއާ އެކު ކުރަންވެފައި ހުރި ވަރަށް ގިނަ ކަންތައް ވެސް އެބަހުއްޓެވެ.
ރަނިލް ވިދާޅުވި ގޮތުގައި ލަންކާ އަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ ތެރެއިން އެންމެ ފުރަތަމަ އިސްކަން ދީގެން ހައްލުކުރަންޖެހޭ ކަންތަކަށް ސަރުކާރުން އިސްކަން ދޭނެ އެވެ. އަދި ދެން ހުރި މައްސަލަތައް ވެސް ވީ އެންމެ އަވަހަކަށް ހައްލުކުރެވޭތޯ ބައްލަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
There is a lot to be done and undone. We are prioritizing matters, rest assured they shall be addressed as early as possible. We have managed to get things moving in the last 48 hours. I will provide a full explanation of the financial crisis faced by the country tomorrow (16)
— Ranil Wickremesinghe (@RW_UNP) May 15, 2022
ލަންކާ އަށް މި ވަގުތު އެންމެ މުހިންމީ ތެލާއި ގޭހުގެ ބާވަތްތައް ހޯދުމުގައި ދިމާވެފައިވާ ޑޮލަރުގެ ދަތިކަން ފޫބެއްދުން ކަމަށްވާތީ، ގައުމަށް ބޭނުންވާ ތެޔޮ ގަތުމަށްޓަކައި ފައިސާ ހޯދޭނެ އިތުރު ގޮތްތައް ސަރުކާރުން މިހާރު އަންނަނީ ހޯދަމުންނެވެ. އަދި ކައްކާ ގޭސް އެތެރެ ކުރުމަށް ބޭނުންވާ ފައިސާ މިހާރު ހަމަޖެހިފައި އެބަހުރި ކަމަށާއި، ކައްކާ ގޭސް ވަރަށް އަވަހަށް އާންމުންނަށް ލިބެން ފަށާނެ ކަމަށް ވެސް ރަނިލް ވިދާޅުވި އެވެ.
އޭގެ އިތުރުން ބޭހުގެ ބާވަތްތަކާއި ކާނާ އާއި ދަނޑުވެރިކަމަށް ބޭނުންވާ ސާމާނު ހޯދުމާ ބެހޭ ގޮތުން ވޯލްޑް ބޭންކާއި އޭޝިޔަން ޑިވެލޮޕްމެންޓް ބޭންކާ އެކުގައި އިއްޔެ ބޭއްވި މަޝްވަރާތަކުން، ޒަރޫރީ ސާމާނު ހޯދުމުގައި އެ ދެ ބޭންކުގެ އެހީތެރިކަން ލިބޭނެ ގޮތް މިހާރުވަނީ ހަމަޖެހިފަ އެވެ.
ރަނިލް ވިދާޅުވި ގޮތުގައި ސްރީ ލަންކާގައި ސިޔާސީ ހަމަޖެހުން ގާއިމުކުރުމުގެ ގޮތުން، އެ ގައުމުގެ ގާނޫނުއަސާސީ އަށް ގެންނަންޖެހޭ އިސްލާހީ ބަދަލުތަކާ ގުޅޭ ގޮތުން އެޓާނީ ޖެނެރަލްގެ އޮފީހާ އެކުގައި މަޝްވަރާ ކުރުމަށް ފަހުގައި، ކެބިނެޓަށް ހުށަހަޅުއްވާނެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ބޮޑުވަޒީރުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ރަނިލް އެކުލަވައިލައްވާ ކެބިނެޓަށް މިހާރު ވަނީ ހަތަރު ވަޒީރުން އައްޔަން ކުރައްވައިފަ އެވެ. މިއަދު މެންދުރު ފަހު އިތުރު ބައެއް ވަޒީރުން އައްޔަންކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް، ސްރީ ލަންކާގެ ޑެއިލީ މިރާ ނޫހުން ބުނެ އެވެ.
ލަންކާގައި އަލަށް އެކުލަވައިލާ ކެބިނެޓްގައި ރައީސާއި ބޮޑުވަޒީރުގެ އިތުރުން 18 ވަޒީރުން ހިމެނޭނެ އެވެ. އޭގެ އިތުރުން ސްޓޭޓް މިނިސްޓަރުންގެ މަގާމަށް 30 ބޭފުޅަކު އައްޔަން ކުރައްވާނެ އެވެ. އަލަށް އެކުލަވައިލާ ކެބިނެޓްގެ 10 މަގާމު ހާއްސަ ކޮށްފައިވަނީ، ގާނޫނު ހަދާ މަޖިލީހުގެ އަގުލަބިއްޔަތު ލިބިފައިވާ ސްރީ ލަންކާ ޕޮޑުޖަނާ ޕެރަމުނާ (އެސްއެލްޕީޕީ) އަށާއި އެ ޕާޓީއާ ގުޅިފައިވާ މިނިވަން މެމްބަރުންނަށެވެ. އަދި އަނެއް އަށް މަގާމު ހާއްސަ ކޮށްފައިވަނީ ސްރީލަންކާ ފްރީޑަމް ޕާޓީ (އެސްއެލްއެފްޕީ) އަށާއި ސަމަގީ ޖަނާ ބަލަވެގަޔަ (އެސްޖޭބީ) ޕާޓީ އަށެވެ.
ޑެއިލީ މިރާ އިން ބުނި ގޮތުގައި އަލަށް އެކުލަވައިލާ ކެބިނެޓަށް އައްޔަންކުރައްވަން ބޮޑުވަޒީރު ރަނިލް ވިސްނަވާފައިވާ ބޭފުޅުންނާ ހަވާލުކުރައްވާނެ ވުޒާރާތަކާ ބެހޭ ގޮތުން، ރަނިލް މިހާރު ގެންދަވަނީ އެ ބޭފުޅުންނާ މަޝްވަރާ ކުރައްވަމުންނެވެ. ރަނިލް ހަމަޖައްސާފައިވާ ގޮތުން ފައިނޭންސް މިނިސްޓަރުގެ މަގާމު ފުރުއްވާނީ އޭނާ އެވެ.
އޭގެ އިތުރުން ޖަސްޓިސް މިނިސްޓަރު ކަމާއި އެގްރިކަލްޗަރު މިނިސްޓަރުކަން ދެއްވާނީ އެސްއެލްޕީޕީގެ މެމްބަރުންނަށެވެ. އަދި ގާނޫނު ހަދާ މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް އެ މަޖިލީހުގެ އަންހެން މެމްބަރަކު އައްޔަންކުރެއްވުމަށް ވެސް ރަނިލް ބޭނުންވެ އެވެ. އެ މަގާމަށް އައްޔަން ކުރައްވާނީ އެސްއެލްއެފްޕީގެ ސުދަރްޝިނީ ފެރެނާންޑޮޕުއްލޭ ނުވަތަ އެސްޖޭބީގެ ރޯހިނީ ކަވިރަޓްނެ ކަމަށް ނޫސްތަކުން ބުނެ އެވެ.
ގޯޓާބޭ އެނބުރި ލަންކާ އަށް ވަޑައިގަންނަވާނެ
ލަންކާގެ ރައީސްކަމަށް ތިން ބޭފުޅެއްގެ ނަން
ވޯލްޑް ބޭންކުން ދިން 160 މިލިއަން ޑޮލަރު ލަންކާ އަށް
ގޯޓާބޭ އަށް ހިމާޔަތް ދިނުމަށް ގޮވާލައިފި
އެކަކަށް ވެސް ހިލޭ ކާން ނުދެވޭނެ: ރަނިލް
ގޯޓާބޭ، ސިންގަޕޫރުން ތައިލޭންޑަށް ވަޑައިގަންނަވަނީ
ހުރިހާ ޕާޓީތަކުގެ ސަރުކާރާ ބެހޭ ތަފްސީލު ހިއްސާކުރަނީ
ހުރިހާ ޕާޓީތަކުގެ ސަރުކާރަކާ މެދު މަސްހުނި ހިޔާލުތަކެއް
ދާހިލީ ހަމަނުޖެހުމަށް ޖާގައެއް ނުދޭނަން: ދިނޭޝް
ލަންކާގައި އަނެއްކާ ވެސް ކުއްލި ނުރައްކަލުގެ ހާލަތު