Roadha Mihaaru
މިނިސްޓަރަށް ޗިޓު ރައްދުނުވެ ޝަރީއަތް ކެންސަލް

އެޑިއުކޭޝަން މިނިސްޓަރަށް ޗިޓު ރައްދު ނުކުރެވުމުން އިބްރާގެ މައްސަލަ ކެންސަލް

16 މެއި 2022

އެޑިއުކޭޝަން މިނިސްޓަރު ޑރ.އައިޝަތު އަލީ ގާނޫނުއަސާސީއާ ހިލާފުވެއްޖެ ކަމަށް ކަނޑައަޅައިދިނުމަށް އެދި މަންދު ކޮލެޖުގެ ޗެއާމަން އިބްރާހިމް އިސްމާއިލް (އިބްރާ) ސިވިލް ކޯޓުގައި ދައުވާކުރާ މައްސަލައިގައިި މިއަދަށް ތާވަލުކުރި އަޑުއެހުން ކެންސަލްވެއްޖެ އެވެ.

އަހުމަދު ޝަބީން އަހުމަދު ޝަބީން

އެޑިއުކޭޝަން މިނިސްޓަރު ޑރ.އައިޝަތު އަލީ ގާނޫނުއަސާސީއާ ހިލާފުވެއްޖެ ކަމަށް ކަނޑައަޅައިދިނުމަށް އެދި މަންދު ކޮލެޖުގެ ޗެއާމަން އިބްރާހިމް އިސްމާއިލް (އިބްރާ) ސިވިލް ކޯޓުގައި ދައުވާކުރާ މައްސަލައިގައިި މިއަދަށް ތާވަލުކުރި އަޑުއެހުން ކެންސަލްވެއްޖެ އެވެ.

މަންދު ކޮލެޖަށް ގެއްލުމުގެ ބަދަލުގައި ސަރުކާރުން 15 މިލިއަން ރުފިޔާ ދިން ނަމަވެސް, އެ ފައިސާ ދީފައިވަނީ ހުކުމުގައި ބުނާ މުއްދަތަށްވުރެ ފަހުން ކަމަށް ބުނެ އައިޝަތު އަލީ ގާނޫނުއަސާސީއާ ހިލާފުވެއްޖެ ކަމަށް ކަނޑައަޅައިދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ މިިދިޔަ އަހަރުގެ މެއި މަހު އެވެ.

މިިއަދު 10:00 އަށް މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމެއް ބާއްވަން ތާވަލުކުރި އެވެ. ނަމަވެސް ސިވިލް ކޯޓުން ބުނީ ޗިޓު ރައްދު ނުކުރެވިގެން އެހެން ދުވަހަކަށް މައްސަލަ ޝެޑިއުލްކޮށްފައިވާ ކަމަށެވެ.

އަލުން ތާވަލްކުރީ ކޮން ދުވަހަކަށް ކަމެއް ނުބުނެ އެވެ.

އެމްއީއެސް ކުރިން ހިންގި އިމާރާތް މަންދު ކޮލެޖަށް ދޫކުރި އެއްބަސްވުން ބާތިލްކޮށް ސަރުކާރުން އެތަން އަތުލި މައްސަލައިގައި ގެއްލުމުގެ ބަދަލަށް 15 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކުރީ ބަދަލު ހޯދަން ދައުވާކުރުމުގެ ހައްގު އޮންނާނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމުން ސިވިލް ކޯޓުގައި ކުރި ދައުވާއަކާ ގުޅިގެންނެވެ.

އެ ހުކުމްތަކަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 18 މިލިއަން ރުފިޔާ ހޯދަން މަންދު ކޮލެޖުން ދައުވާ ކުރި އެވެ. ނަމަވެސް ޑިސްޕިއުޓު މަރުހަލާގައި ދެ ފަރާތުން އެއްބަސްވީ 15 މިލިއަނަށެވެ. އެއީ މަންދު ކޮލެޖު އެ އިމާރާތުން ބޭރުކޮށްލުމުން އެހެން ތަނެއް ހޯދަން މިހާތަނަށް ކުރި ހަރަދު ކަމަށް ދައުލަތުން ބުނެ އެވެ.