Roadha Mihaaru

ބްރޯޑްކޮމް މެންބަރު މުހަންމާ ފަސް މިލިއަނުގެ ދަރަންޏެއް އަދާކުރަން މަހަކު 83,000ރ. ކޯޓަށް ދައްކަން ހުކުމްކޮށްފި

ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރު މުހައްމަދު އަބްދުﷲ (މުހަންމާ) ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ ލޯނަކަށް އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދައްކާތީ ބޭންކުން ހުށަހެޅި މައްސަލައެއްގައި ކޮންމެ މަހަކު މަދުވެގެން 83،000ރ. ދައްކައި ލޯނު ހަލާސްކުރަން ސިވިލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

މުހަންމާ ފަސް މިލިއަނުގެ ދަރަންޏެއް އަދާކުރަން ހުކުމެއް
އައިޝަތު ނުޒުހާ
އައިޝަތު ނުޒުހާ

13 ފެބުރުއަރީ 2025

ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރު މުހައްމަދު އަބްދުﷲ (މުހަންމާ) ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ ލޯނަކަށް އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދައްކާތީ ބޭންކުން ހުށަހެޅި މައްސަލައެއްގައި ކޮންމެ މަހަކު މަދުވެގެން 83،000ރ. ދައްކައި ލޯނު ހަލާސްކުރަން ސިވިލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

ބޭންކުން އެދިފައިވަނީ މި މަހުގެ ހަތަރު ވަނަ ދުވަހާ ހަމައަށް ނުދައްކާ އޮތް 5.2 މިލިއަން ރުފިޔާ އާއި އަރަމުންދާ އިންޓްރެސްޓާއި ޖޫރިމަނާއާ އެކު ކޮންމެ މަހަކު މަދުވެގެން 83،000ރ. އަށް ވުރެ މަދު ނޫން އަދަދެއް ދައްކަމުން ގޮސް މެއި 31، 2036 ގެ ނިޔަލަށް ދަރަނި ހަލާސްކުރުމަށެވެ.

ލޯނު ނެގުމަށް ރަހުނު ކޮށްފައި އޮތް ހ. ފުރާތު ވިއްކާލުމުގެ ހުއްދައަށް ބޭންކުން އެދުނަސް، ދަރަނީގެ ފައިސާ ދެއްކުމަށް މުހަންމާ އެއްބަސްވާތީ އެ ފުރުސަތު ދިނުމަށް ބޭންކުން ޝަރީއަތުގައި އެދުމުން ކޯޓުން ވަނީ އެގޮތަށް ހަމަޖައްސައިފަ އެވެ.

ހުކުމުގައި ބުނެފައިވާ ގޮތުގައި މުހަންމާ ވެސް ވަނީ ބޭންކުން އެދުނު ގޮތަށް މަހުން މަހަށް ފައިސާ ދައްކާ ހަލާސްކުރާ ގޮތަށް މައްސަލަ ނިންމައިދިނުމަށް އެދިފަ އެވެ.

ދެ ފަރާތުން އެދިގެން މި މައްސަލައިގެ ހުކުމް ކޮށްފައިވަނީ ދެ ފަރާތުގެ ވެސް ޣައިރު ހާޒިރުގަ އެވެ.

އިހަވަންދޫ ދާއިރާގެ މަޖިލިސް މެންބަރު ކަން ވެސް ކުރައްވާފައިވާ މުހަންމާ ބްރޯޑްކާސްޓިން ކޮމިޝަނަށް އައްޔަން ކުރީ މިދިޔަ މަހު ތެރޭގަ އެވެ.