Roadha Mihaaru
ތައުލީމީ ދާއިރާގެ ދަތިތައް ދެނެގަންނަނީ

ތައުލީމީ ދާއިރާގެ ދަތިތައް ދެނެގަންނަނީ

18 މެއި 2022

ތައުލީމީ ދާއިރާގައި ހުރި ދަތިތައް ދެނެގަންނާނެ ބައިނަލްއަގްވާމީ ރިސާޗު ޕްރޮޖެކްޓެއް ވިލާ ކޮލެޖުން ފަށައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ތައުލީމީ ދާއިރާގައި ހުރި ދަތިތައް ދެނެގަންނާނެ ބައިނަލްއަގްވާމީ ރިސާޗު ޕްރޮޖެކްޓެއް ވިލާ ކޮލެޖުން ފަށައިފި އެވެ.

"އަ މަލްޓި އެޕްރޯޗް ޓު ޓީޗާ ޕްރޮފެޝަނަލް ޑިވޮލޮޕްމެންޓް ޓު އެޑްރެސް އިވޯލްވިން އެޑިޔުކޭޝަނަލް ޗޭންޖަސް އިން ލޯ ރިސޯސް ސެޓިން" ގެ ނަމުގައި އެ ޕްރޮޖެކްޓް ފެށީ ޓާޓާ އިންސްޓިޓިއުޓް އޮފް ސޯޝަލް ސައިންސާއި ސްވިޑިޝް ކޮމިޓީ ފޯ އަފްޣާނިސްތާނާ ގުޅިގެންނެވެ.

މިދިޔަ ހޯމަ ދުވަހު މި ޕްރޮޖެކްޓް ރަސްމީކޮށް އިފުތިތާހުކޮށް، ފުރަތަމަ މަސައްކަތު ބައްދަލުވުން ވަނީ ބާއްވައިފަ އެވެ.

ކުރިމަގަށް ރާވާ ހަރަކާތްތަކާއި ޓީޗަރުން ތަމްރީނު ކުރުމުގެ ނިޒާމު ރާވައި ހިންގާނެ ގޮތާއި ޕްރޮފެޝަނަލް ޑިވެލޮޕްމެންޓާ ގުޅޭ ގޮތުން އެ މަސައްކަތު ބައްދަލުވުމުގައި މަޝްވަރާކުރި އެވެ.

ރާއްޖެ އާއި އަފްޣާނިސްތާނާއި ނޭޕާލުގެ ތައުލީމާއި ތަމްރީނު ދިނުމުގައި ޕްރޮފެޝަނަލް ގޮތުން ޓީޗަރުންނަށް ދިމާވާ ދަތިތަކާއި ގޮންޖެހުންތަކަށް އެ ޕްރޮޖެކްޓްގެ ތެރެއިން ދެނެގަންނާނެ އެވެ. އަދި ސަގާފީ، ޖިއޮގްރަފީގެ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ހުރި ތަފާތުތަކާއި ޖިންސީ ތަފާތުކުރުންތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރާނެ ކަމަށް ވިލާ ކޮލެޖުން ބުނެ އެވެ.

އެއީ ކެނެޑާގެ އިންޓަނޭޝަނަލް ޑިވޮލޮޕްމެންޓް ރިސާޗް ސެންޓަރުން ފަންޑުކުރާ ޕްރޮޖެކްޓެކެވެ.