Roadha Mihaaru
ކޯޓްނީ ކާޑޭޝިއަން ކައިވެނިކޮށްފި

ކޯޓްނީ ކާޑޭޝިއަން ކައިވެނިކޮށްފި

19 މެއި 2022

ސޯޝަލް މީޑިއާގެ މޯގުލް އާއިލާ ކާޑޭޝިއަން އާއިލާގެ ކޯޓްނީ ކާޑޭޝިއަން ކައިވެނިކޮށްފި އެވެ.

އަހްމަދު ޖައިޝަން އަހްމަދު ޖައިޝަން

ސޯޝަލް މީޑިއާގެ މޯގުލް އާއިލާ ކާޑޭޝިއަން އާއިލާގެ ކޯޓްނީ ކާޑޭޝިއަން ކައިވެނިކޮށްފި އެވެ.

ރިއެލިޓީ ޓީވީ އިން މަގުބޫލުކަން ހޯދި އާއިލާގެ ސަޕޯޓާ އެކު "ޕޫޗް" ނަމަށް ކިޔާ ކުންފުންޏެއް ހިންގާ ކޯޓްނީ ކައިވެނިކޮށްފައި ވަނީ އޭނާ ރައްޓެހިވެގެން އުޅުނު ޓްރެވިސް ބާކާއާ އެވެ.

ލަވަކިޔުންތެރިޔާ ޓްރެވިސް އާއި ކޯޓްނީ ރައްޓެހިވެފައި ވަނީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. އަދި އެއަށް ފަހު، ކައިވެނި ކުރުމަށް ޓްރެވިސް ޕްރޮޕޯސް ކޮށްފައި ވަނީ މި އަހަރުގެ ކުރީކޮޅުގަ އެވެ.

އެ ދެމީހުން އެންމެ ފުރަތަމަ ދިމާވީ ކޯޓްނީގެ ރައްޓެއްސެއްގެ ފަރާތުންނެވެ.

އެ ދެމީހުން ކައިވެނިކޮށްފައިވާއިރު، އެއީ ކޯޓްނީގެ ފުރަތަމަ ކައިވެންޏެވެ. އޭނާގެ ކުރީގެ ލޯބިވެރިޔާ ސްކޮޓް ޑިސިކްއާ އެކު އޮތް ގުޅުމަށް ތިން ކުދިން ތިބެ އެވެ.

ޓްރެވިސްގެ އެއީ ތިންވަނަ ކައިވެންޏެވެ. ކުރީގެ ކައިވެންޏަކަށް އޭނާގެ އަންހެން ދަރިއަކު ހުރެ އެވެ.