Roadha Mihaaru
އެހީ ހޯދަން ނަޝީދު ހަމަޖެއްސުމުން ރައީސްގެ މަރުހަބާ

ލަންކާއަށް އެހީ ހޯދަން ނަޝީދު ހަމަޖެއްސުމުން ރައީސްގެ މަރުހަބާ

19 މެއި 2022

ސްރީ ލަންކާއަށް ބޭރުގެ އެހީ ހޯދުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުުގެ ރައީސް މުހައްމަދު ނަޝީދާ އެ ގައުމުން ހަވާލު ކުރުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެކަމަށް މަރުހަބާ ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސްރީ ލަންކާއަށް ބޭރުގެ އެހީ ހޯދުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުުގެ ރައީސް މުހައްމަދު ނަޝީދާ އެ ގައުމުން ހަވާލު ކުރުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެކަމަށް މަރުހަބާ ވިދާޅުވެއްޖެ އެވެ.

ލަންކާއަށް ކުރިމަތިވެފައިވާ އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެ ގައުމަށް ބޭރު އެހީ ހޯދުމުގެ ޒިންމާ ނަޝީދާ ހަވާލު ކުރެއްވީ އެ ގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އެވެ. އެއީ ނަޝީދާ އެކު ރަނިލް ބޭއްވި ބައްދަލުވުމެއްގައި އެކަމަށް ނަޝީދު އެދިވަޑައިގަތުމުންނެވެ.

އެކަމަށް މަރުހަބާ ވިދާޅުވެ، ރައީސް މިރޭ ކުރެއްވި ޓުވީޓެއްގައިވަނީ ލަންކާއަށް ކުރިމަތިވާ ދަތިތަކުން އަރައިގަތުމުގައި އެހީވެވެން އޮތް ކޮންމެ ގޮތަކަށް ރާއްޖެއިން އެހީވާނެ ކަމަށެވެ.

ރައީސްގެ ޓްވީޓް

ލަންކާގެ އިގްތިސާދީ ހާލު ދަށްވެ، ބޭރު ފައިސާ ލިބުން ހުއްޓުމުން ގައުމު ބަނގުރޫޓްވުމާ ގާތަށް މިހާރު ވަނީ ގޮސްފަ އެވެ. މުވައްޒަފުންނަށް މުސާރަ ދޭނެ ގޮތެއް ނެތިގެން ފައިސާ ޗާޕް ކުރަން ޖެހިފައިވާއިރު، ތެލާއި އެހެނިހެން ޒަރޫރީ ތަކެތި ވެސް ވަނީ ހުސްވެފަ އެވެ.

އެކަމާ ހިތްހަމަނުޖެހިގެން ރައްޔިތުން ނިކުމެ ކުރި މުޒާހަރާތަކާއި ހިންގި ހަމަނުޖެހުންތަކަށްފަހު ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އިސްތިއުފާ ދެއްވީ މިދިޔަ ހަފުތާގަ އެވެ. އެކިފަހަރު މަތިން ބޮޑުވަޒީރުކަން ކުރެއްވި ރަނިލް އަލުން މަގާމަށް ވަޑައިގަތީ އެ ހިސާބުންނެވެ.