Roadha Mihaaru
ފަތިސް 05:05
އިރުއަރާ 06:19
މެންދުރު 12:23
އަސްރު 15:42
މަގްރިބް 18:19
ޢިޝާ 19:34
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
ރެކޯޑު އަދަދެއްގެ ކޮމެންޓުން ވަރުގަދަ ރައްދުތަކެއް!

ރެކޯޑު އަދަދެއްގެ ކޮމެންޓުން ވަރުގަދަ ރައްދުތަކެއް!

24 މެއި 2022

ދައުލަތުގެ ބަޖެޓުން ކުރާ ހޭދަ ކުޑަކުރުމުގެ މަސައްކަތް ހިނގާތީ، ބަޖެޓުގެ ބޭއިންސާފުުގެ ވާހަކަ ވެސް ދައްކަން ޖެހެ އެވެ. ފުލުހުންނާއި ސިފައިންގެ ސިއްހީ ސްކީމަށް ހިނގާ ބޮޑު ހޭދަ، މައްސަލައެއްގެ ގޮތުގައި ނެގީ ހައްލު ހޯދަން ހުރި ކަންކަމުގެ މިސާލެއްގެ ގޮތުންނެވެ؛

ދައުލަތުގެ ބަޖެޓުން ކުރާ ހޭދަ ކުޑަކުރުމުގެ މަސައްކަތް ހިނގާތީ، ބަޖެޓުގެ ބޭއިންސާފުުގެ ވާހަކަ ވެސް ދައްކަން ޖެހެ އެވެ. ފުލުހުންނާއި ސިފައިންގެ ސިއްހީ ސްކީމަށް ހިނގާ ބޮޑު ހޭދަ، މައްސަލައެއްގެ ގޮތުގައި ނެގީ ހައްލު ހޯދަން ހުރި ކަންކަމުގެ މިސާލެއްގެ ގޮތުންނެވެ؛

ސިފައިންނާއި ފުލުހުންނަށް ގައުމީ އިންޝުއަރެންސްގެ ނިޒާމް އާސަންދަ، އޮތީ ހުޅުވިފަ އެވެ. އެއާއެކު ސިއްހީ އިތުރު މަންފާތައް އިމެއް ނެތި ހުޅުވިފައި އޮތް ވާހަކަ "މިހާރު"ގެ ލިޔުންތެރިޔާ ފާތުމަތު ޝަނާ މުހަންމަދު ރިޕޯޓްކުރީ އޭގައި ހުރި ކަންބޮޑުވުންތަކާ އެކު ހައްލު ހޯދުމުގެ ވިސްނުންތަކެއްގެ މައްޗަށެވެ. މާލީ ދާއިރާ އާއި ސަރުކާރުގެ ކަމާގުޅުން ހުރި ބޭފުޅުންގެ ވާހަކަތަކާ އެކުގަ އެވެ.

އެކަމަކު، މިދިޔަ ހޯމަދުވަހު ޝާއިއުކުރި ރިޕޯޓުވީ ހީކުރި ވަރަށް ވުރެ ވެސް މާ ބޮޑު ބަހުސަކަށެވެ. މިހާތަނަށް ރެކޯޑު އަދަދަކަށް ކޮމެންޓްކުރި އެ އާޓިކަލްގައި، ކިޔުންތެރިންގެ ދެކޭ ގޮތް ހާމަކޮށްފައިވެ އެވެ. މި މައްސަލައިގައި ހިޔާލުފާޅުކުރުން އަދިވެސް ނުނިމެ އެވެ. ކޮންމެ ގަޑިއިރަކުން އެތައް ކޮމެންޓެއް ލިބެމުން ދެ އެވެ.

ކޮމެންޓްކުރުމުގެ މިންގަނޑަށް ނުފެތޭތީ އެތައް ސަތޭކަ ކޮމެންޓެއް ޕަބްލިޝް ވެސް ނުކުރެވުނެވެ.

އެއް ބަޔަކު ކޮމެންޓްކުރީ ދައުލަތުގެ ބަޖެޓުން ބޮޑު އިސްރާފަކަށް ވާ ގޮތަށް ސްކީމެއް ހިންގުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށް ބުނެ އެވެ. ވަގުތުން ހުއްޓާލަން ޖެހެ އެވެ. އެ ހޭދަ، ނިކަމެތި ނުވަތަ ބޭސްފަރުވާ އަށް ސަލާން ޖަހާ މީހުންނަށް ލިބޭނެ އިންތިޒާމެއް ހަމަޖައްސަން ޖެހެ އެވެ. މުޅި އާސަންދަ ނިޒާމު އޯވަހޯލްކުރަން ޖެހެ އެވެ.

އެއާއެކު ދިފާއުގައި، ވެސް ވަރަށް ގިނަ ބަޔަކު ނުކުތެވެ. ފުލުހުންނާއި ސިފައިން ކަމަށް ބެލެވޭ ގިނަ މީހުންނާއި އާއިލާތަކުން ވެސް ކޮމެންޓްކޮށްފައިވެ އެވެ.

އާޓިކަލް އަށް އެކަނި 400 އަށް ވުރެން ގިނަ ކޮމެންޓް ފޮނުވި އިރު، ބައެއް މީހުން ދެކޭ ގޮތުގައި އާސަންދަ ލިބިފައި، ދެ މުއައްސަސާގެ މެޑިކަލް ސްކީމްގެ ތެރެއިން އެންމެ އަގު ބޮޑު ސިއްހީ ހިދުމަތަށް ފަހިވެފައި އޮތުމަކީ ވަރަށް ބޮޑު ބޭއިންސާފެކެވެ.

ފުލުހުންނާއި އެމްއެންޑީއެފްގައި މަސައްކަތް ކުރާ މީހުންނަށް ސިއްހީ ހިދުމަތް ލިބޭ ސްކީމަކީ ދައުލަތުގެ ބައެއް އެހެން އިންޝުއަރެންސް ނިޒާމުތަކާ ހިލާފަށް "ފުލް ކަވަރޭޖް" އެއް ލިބޭ ސްކީމެކެވެ.

އަނެއް ބަޔަކު މި ހޭދަ ގުޅުވީ ނިކަމެތިން ބޭސްފަރުވާ ހޯދަން އުޅޭ ނިކަމެތި ހާލަތާ އެވެ. ގައުމުގައި މިފަދަ ހާލަތެއް އޮވެމެ، ފުލުހުންނާއި ސިފައިންގެ ބޭސްފަރުވާއަށް ބޭކާރު ހަރަދުކުރުމަކީ ކުރަންވާ ހެޔޮ ވަރުގެ ކަމެއް ނޫން ކަމަށް ގިނަ އަދަދެއްގެ ކޮމެންޓް ލިބިފައިވެ އެވެ.

"މަ ހާދަ ދެރަވޭ ފޭސްބުކްގައި އާދައިގެ ރައްޔިތުން ބޮޑެތި ކަންކަމުގައި ބޭސްފަރުވާ ކުރަން އެހީ އަށް އެދި ސަލާންޖަހާފައި ހުއްޓާ ފެނުނީމަ. ފުލުހުންނާ ސިފައިން ދެރަ ނުވޭތަ؟ ގައިމު ފުލުހުންނާއި ސިފައިންނާ ސިޔާސީ މީހުންނާ މަޖްލިސް މެންބަރުންނަށް ދައުލަތުން މުސާރަދޭ. އެކަމަކު އާއްމު ރައްޔިތުން އެންމެން ނޫޅޭނެ ސަރުކާރު ވަޒީފާތަކަކު. އެހެންވީމަ އަސްލު އެބަ ޖެހޭ ސަރުކަރު ވަޒީފާތަކުން ވެސް އިންކަމް ޓެކްސް ނަގާފަ އާއްމު ރައްޔިތު މީހާއަށް ބޭސްފަރުވާ ކުރެވޭނެ ގޮތް ހަމަޖައްސަން،" އެކަކު ލިއެފައިވެ އެވެ.

"ދިވެހި ފުލުހުންނާއި ސިފައިންނަށް ފެނޭބާ އާއްމު ރައްޔިތުންގެ ތެރެއިން ގޮތް ހުސްވެފައި ތިބި އެތައް ބަޔަކު ބޮޑެތި އޮޕަރޭޝަންތައް ކުރެވޭނެ ގޮތް ނެތިގެން، ރާއްޖޭން ބޭރަށް ދެވޭނެ ގޮތް ނެތިގެން، އޭޑީކޭއިން ނޫނީ ޓްރީޓޮޕުން ވެސް އޮޕަރޭޝަން ކުރާނެ ފައިސާނެތިގެން އެހީއަށް އެދި އާދޭސްކޮށް ސަލާން ޖަހާފައި ހުންނަ ޕޯސްޓްތައް؟ ދެން ކީއްތޯވާނީ އެއަހުންނާ އުހުތުންނަށްޓަކާ ވެސް ތި ބޭފުޅުންގެ އާއިލާތަކަށް އަގު ބޮޑު ހޮސްޕިޓަލްތަކުން ސަރުކާރުން އެކުރާ ހަރަދު ހުއްޓާލަން ބުނަން؟"

"މިދިޔަ ހަފުތާގައި މަށާ އެއް ކުލާހެއްގައި ކިޔެވި އަންހެން ކުއްޖެއް، މިހާރު ޕޮލިސް މީހެއްގެ ވައިފް. 2 ދަރިން ގޮވައިގެން ގޮސް އިނީ ޓްރީޓޮޕްގައި. ހަމަ ތެދެއް މި ބުނީ އޭނަ އަމިއްލައަށް މަގޭ ކައިރީ ބުނީ މިހާރު ފްރީ މެޑިކަލް ލިބޭތީ ހަމަ ޗެކްއަޕް ހަދާލާ ޓެސްޓްތައް ހަދާލަންށޭ މިއައީ. މިއަކު ނެތޭ އަސްލު ވެސް އެއްވެސް ހިފެހެއްޓުމެއް. ދެން މިތާ ކިތަންމެ ވަރަކަށް ކޮމެންޓް ކުރިއަސް އެމީހުން އަމިއްލައަށޭ އެވާހަކަ އެ ދައްކަނީ މާމޮޅު ކަމަކަށްވެގެން ދެން ކޮން ވާހަކައެއް،" ފްރީ މެޑިކަލް ކޮރަޕްޝަންގެ ނަމުގައި ކޮމެންޓްކުރި މީހަކު ލިއެފައިވެ އެވެ.

ދިފާއު: ގުރުބާނީއާ އަޅައެއް ނުކިޔޭނެ

އާޓިކަލްގައި ހުރި ވާހަކަތަކާ މެދު ހިތްހަމަނުޖެހުން ފާޅުކުރި މީހުންނަށް ރައްދުގައި އެއް ބަޔަކު ދެއްކީ، ގައުމަށްޓަކައި ފުލުހުންނާއި ސިފައިންކޮށްދޭ ހިދުމަތެވެ. އެ ދެ މުއައްސަސާގެ ހިދުމަތާއި ގުރުބާނީ ސްކީމުން ލިބޭ ފައިދާއާ އަަޅައެއް ނުކިޔޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އެކަކު ބުނީ ސިފައިންނާއި ފުލުހުން ހިލޭ ސާބަހަށް ވާ ގުރުބާނީ ފެނުމުން އެއީ އިންސާފެއްހޭ ލިއުންތެރިޔާ ވެސް އަހާނެ ކަަމަށެވެ.

"... ހަގީގަތަކީ ސިފައިންނަށް ވުރެ ކަރެކްޝަންސް މުވައްޒަފުންގެ ބޭސްފަރުވާ ވެސް ބޮޑުކަން. އަދި ޖުޑިޝަރީ އާއި މަޖިލިސް މެމްބަރުންގެ ވެސް ބޮޑުކަން. ދައުލަތުގެ ބަޖެޓްގެ ބޮޑުބައި ހޭދަކުރަނީ ސިޔާސީ ވެރިންނަށް. މަޖިލިސް އެންމެ ދައުރެއް ނިމުމުން އެ މީހަކަށް ޕެންޝަން ފައިސާ ލިބޭ. މިއީ އިންސާފުތޯ،" ކުމާރު ޖޫނިއާ ސުވާލުކޮށްފައިވެ އެވެ.

ބައެއް މީހުން ރުޅި ބޭލީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށެވެ.

"މަޖިލިސްގައި ތިބި މަހުޖަނުންގެ ރިސޯޓްތަކުގެ ކުލި ކުޑަކުރުމުން ލިބޭ ގެއްލުމުގެ 500 މިލިއަން ޑޮލަރު ފޫބެއްދުމަށް ސިފައިންނާއި ފުލުހުން ގެ މެޑިކަލް ކަނޑާލުމަށް ވުރެ މަޖިލިސް މެމްބަރުންގެ ބޮޑު މުސާރަ އާއި އާއިލާ އިންޝުއަރެންސް ކެއުން ވީއައިޕީ ލައުންޖް ހިދުމަށް ކަނޑާލުން ރަގަޅޭ ދެންނެވޭނީ." ޑޮކްޓަރު ބަނާނާގެ ކޮމެންޓުގައިވެ އެވެ.

މި މައްސަލަ ރިޕޯޓްކުރީތީ ހިތްހަމަނުޖެހުންފާޅުކޮށް، ނޫސްވެރިޔާއާ ޒާތީގޮތުން ދިމާކޮށްލައި، އަބުރާ ބެހި ފައިސާ ނެގި ކަމުގެ ހަގީގަތާ ހިލާފު ބޮޑެތި ތުހުމަތުތައް ވެސް އަޅުވައި ކޮމެންޓްކޮށްފައިވެ އެވެ.

"މިތަނުގައި ފުލުހުންނާއި ސިފައިން ކޮށްފައި ހުރި ކޮމެންޓުތައް ކިޔާފައި ވަރަށް ދެރަވެއްޖެ. މިފަދަ އާޓިކަލްތަކުގެ ބޭނުމަކީ ދައުލަތުގެ ހަރަދު ބޮޑުވާތީ އެ ވާހަކަ ލިޔުން. އެއީކީ ޒާތީވެގެން ބަޔަކާ ޖައްސާލައިގެން ކުރާކަމެއް ނޫން. މިނޫނަސް މިކަހަލަ އާޓިކަލްތައް ނޫސްތަކުގައި ހުރޭ އެހެން އޮފީސްތަކާ ގުޅޭ ވެސް. އެކަމަކު ތިގޮތަށް ސިޔާސީވެ ޒާތީވެގެން އެހާވަރަށް ކޮމެންޓް ކޮށްފައެއް ނުހުރޭ. ތިބޭފުޅުން ސިޔާސީވުން ހުއްޓޭނީ ކޮންދުވަހަކުންތޯ؟" މަރިޔަމްދީދީ ކިޔާ މީހަކު ސުވާލުކޮށްފައިވެ އެވެ.

ފުލުހުންނާއި ސިފައިންގެ ދިފާއުގެ ކޮމެންޓްތައް ފުލުފުލުގައި އަންނަން ފެށުމުން އެކަކު ހިޔާލުފާޅުކުރި އެވެ.

"ބޭކާރު މާ ގިނަ ވާހަކަ ދައްކާނެ ކަމެއް ނެތް، ފުލުހުންނާ ސިފައިންގެ (އާއިލާ މެމްބަރުންނަށް) އޭޑީކޭ އާ ޓްރީޓޮޕުން ހިލޭސާބަހަށް ބޭސްފަރުވާ ކުރުން ހުއްޓާލަންވީ. ސެނެހިޔާ އާ އަޖީއެމްއެޗް ހުންނާނެ ހިލޭ ބޭސްކުރަން. ޓޮޕިކާ ނުގުޅޭ ވާހަކަ ދައްކައިގެން ސިފައިންނާ ފުލުހުން ވަގުތު ބޭކާރު ކުރާނެ ކަމެއް ނެތް. މަގޭ އާއިލާގައި ވެސް އެބަތިބި ސިފައިންނާ ފުލުހުން. އެ މީހުންގެ އާއިލާ މެންބަރުންނަށް ހިތަކަށް ބޭހުގެ ޚަރަދު ކުރެވެން އޮތުން މައްސަލައަކަށް ވެގެން މިއުޅެނީ،" އައިމީ ބުންޏެވެ.

"މަށަކީ ފުލުހެއް އެކަމަކު ވެސް އިންޝުއަރެންސް ޕެކޭޖު މާ ފުޅާ ކަމަށް އެއްބަސްވަން... ކޮންމެވެސް ކޮންޓްރޯލެއް އޮންނަން ވާނެ.. އެ ލިބެންޖެހޭ ކަން ގަބޫލުކުރަން."

"މައުލޫ އޮޅުވާނުލައްވާ! ފޯކަސް! ދައުލަތުގެ ބަޖެޓުން ބޮޑު ވޭސްޓެކޭ މީ އާއްމު ރައްޔިތުންނަށް ނުލިބޭ ކަމެއް ދައުލަތުން މުސާރަ ދީފަ ތިބޭ މީހުންނަށް ލިބިގެން ނުވާނެ. މުސާރަ ދީފައި އިނާޔަތްދީފައި އަދި ވީ ޕްރައިވެޓް އަގުބޮޑު ހޮސްޕިޓަލްތަކުން ތިމާ އާއި، ތިމާގެ ދަރިންނާއި އަނބިންނާއި ފިރިންނާ މައިންބަފައިންނަށް ހިލޭ ބޭސްފަރުވާ ކޮށްދޭން؟ މިއީ ކޮން އުސޫލެއްހޭ. އަހަރުމެން ރައްޔިތުން ތިކަމާ އަބަދުވެސް ދެކޮޅު!"

އެހެން މީހަކު ބުނީ ފުލުހުންނާއި ސިފައިން ކަމެއް ނެތިފައި ތިބޭ ކަމަށް ބުނާ ވާހަކައިގައި ހަގީގަތް އެކުލެވޭލަން އެނގެނީ އާޓިކަލް އަށް ކޮށްފައި ހުރި ކޮމެންޓްތަކުންނެވެ.

މިއީ، އެންމެ މައްސަލައެއްގައި، ކިއުންތެރިންގެ ކަންބޮޑުވުމާއި ހައްލު ހޯދަން ހިޔާލު ހުށަހެޅި ވަރެވެ. މިފަދަ ބޮޑެތި މައްސަލަތަކުގައި، "މިހާރު"ން ބަލަނީ މިންގަނޑަށް ފެތޭ ނަމަ ހުރިހާ ކޮމެންޓެއް ޕަބްލިޝްކޮށް، ވީހާ ވެސް ބޮޑަށް ކިއުންތެރިންގެ ބައިވެރިވުން ބޮޑުކޮށް ހިޔާލުފާޅުކުރުމުގެ ފުރުސަތު ދިނުމަށެވެ.