ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ތެޔޮ އުފުލާ ފްލީޓަށް އިތުރު ދެ ބާޖު ގެނެސްފި އެވެ.
26 މެއި 2022
ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ތެޔޮ އުފުލާ ފްލީޓަށް އިތުރު ދެ ބާޖު ގެނެސްފި އެވެ.
ޖުމްލަ ހަތަރު ބާޖަކަށް އޯޑަރު ދީފަ ވާނެ ކަމަށާއި މިހާރު ރާއްޖެ ގެނެސްފައި ވަނީ އޭގެތެރެއިން ދެ ބާޖު ކަމަށް އެފްއެސްއެމް އިން ބުންޏެވެ. 'އެމްވީ ހުނިކެ' އަދި 'އެމްވީ ބުރެކި' ނަމަކަށް ކިޔާ މި ދެ ބާޖު މިހާރު ވަނީ ތިލަފުށީގައި ބަނދަރު ކޮށްފަ އެވެ.
އެއް ޑިޒައިނަކަށް ހަދާފައި ހުރި އެ ބާޖުތަކަކީ 260،000 ލީޓަރު ތެޔޮ އެޅޭ ބާޖުތަކެކެވެ. އޭގެ ބާޖެއްގެ އަގަކީ 11 މިލިއަން ރުފިޔާ އެވެ.
އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް ވިދާޅުވީ، މިސްރުގެ ކުންފުންޏަކުން ތައްޔާރު ބަނދެފައިވާ އެ ބާޖުތަކުގެ ހުރިހާ މަސައްކަތެއް ނިމިފައިވާ ކަމަށާއި، ބާކީހުރި ބާޖުތައް ކުރިއަށް އޮތް 40 ދުވަސް ތެރޭ ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެފްއެސްއެމްގެ ބައެއް މުވައްޒަފުން 'އެމްވީ ހުނިކެ' ތެޔޮ ބާޖުގައި ހަރަކާތްތެރިވަނީ ---ފޮޓޯ: އެފްއެސްއެމް
ގަސަމް ވިދާޅުވިގޮތުގައި، އެފްއެސްއެމް އިން ތެޔޮ ފޯރުކޮށްދޭ ސަރަހައްދުތައް އެ ބާޖުތަކާ އެކު ރަނގަޅަށް ކަވަރު ކުރެވޭނެ އެވެ. އަދި އޭގެ ފައިދާ އެފްއެސްއެމް އިން އައުޓް ސޯސް ނުވަތަ އެހެން ބަޔަކާއި ހަވާލުކޮށްގެން ހިންގާ ވިޔަފާރިތަކަށް ވެސް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ފެނަކަ އިންޖީނުގެތަކާއި އެފަދަ އައުޓްސޯސްކޮށް ހިންގާ ކުންފުނިތަކަށް، އަޅުގަނޑުމެންގެ ބާޖު ސީދާ ދަތުރު ނުކުރާތީ އޭގެ ގެއްލުން ވަރަށް ބޮޑަށް އެ ސަރަހައްދުގެ ވިޔަފާރިވެރިންނަށް ކުރޭ،" ގަސަމް ވިދާޅުވި އެވެ.
އެފްއެސްއެމްގެ 'އެމްވީ ހުނިކެ' ތެޔޮ ބާޖު ---ފޮޓޯ: އެފްއެސްއެމް
އެ ބާޖުތައް ވެސް ބޭނުންކުރާނީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޭނުންވާ ޕެޓްރޯލް އަދި ޑީސެލް ފޯރުކޮށްދިނުމަށެވެ.
ކޮވިޑްގެ ސަބަބުން ދިމާވި ދަތިތަކާ ގުޅިގެން ބާޖުތައް ގެނައުން ލަސްވި ކަމަށާއި ނަމަވެސް، ގިނަ ދުވަސްތަކެއް ނުވެ އާ ބާޖުތަކުގެ ހިދުމަތް ލިބޭނެ ކަމަށް ގަސަމް ވިދާޅުވި އެވެ.
އަލަށް ގެންނަ ހަތަރު ބާޖާ އެކު އެފްއެސްއެމްގެ ތެޔޮ އުފުލާ ބާޖުތަކުގެ އަދަދު 17 އަށް އަރާނެ އެވެ.
ތަކެތި ނައްތާލުމާ ގުޅޭ ގޮތުން ޕީސީބީގެ އިންޒާރެއް
ފޮރުވަންޖެހޭ ނާޖާއިޒު މަންފާއެއް ނެތް: ގަސަމް
ލިޔުންތައް ނައްތާލާ ވީޑިއޯކުރި މުވައްޒަފު ސަސްޕެންޑް
ބޯޓު ގެނައުމަށް އެރިތުރިއާއާ އެކު މަޝްވަރާ ކުރަނީ
އެރިޓްރިއާގައި ހިފެހެއްޓީ 23 މިލިއަންގެ ދެ ބޯޓް
ހިފެހެއްޓި ދެ ބޯޓު ރާއްޖެ ގެންނަން މަސައްކަތް ކުރަނީ
މިފްކޯ ރޭޓުގައި ހުޅުމާލޭން މަސްވެރިންނަށް ތެޔޮ ލިބޭނެ
އެފްއެސްއެމްގެ ޕެޓްރޯލް ޝެޑަށް އެމް-ފައިސާގެ ހިދުމަތް
ކުނޑި ހުރި ތެޔޮ އެޅުމުން ޝަކުވާ ބޮޑުވެއްޖެ
އެފްއެސްއެމްގެ ހުޅުމާލެ ޝެޑް 24 ގަޑިއިރު ހުޅުވަނީ