މިސްރުގައި ބަނދެގެން ރާއްޖެ އަށް ގެނައުމުގެ މަތީގައި، މޫސުން ގޯސްވެގެން އެފްރިކާގެ އެރިތުރިއާގައި ބަނދަރުކުރިތަނުން އެ ގައުމުގައި ހިފަހައްޓާފައިވާ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ދެ ޓަގު ބޯޓު ގެނެވޭނެ މަގެއް އަދި ފެނިފައި ނުވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
11 ޖޫން 2023
މިސްރުގައި ބަނދެގެން ރާއްޖެ އަށް ގެނައުމުގެ މަތީގައި، މޫސުން ގޯސްވެގެން އެފްރިކާގެ އެރިތުރިއާގައި ބަނދަރުކުރިތަނުން އެ ގައުމުގައި ހިފަހައްޓާފައިވާ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ދެ ޓަގު ބޯޓު ގެނެވޭނެ މަގެއް އަދި ފެނިފައި ނުވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
އެ ދެ ބޯޓު އެރިތުރިއާގައި ބަނދަރުކުރީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ. އެ ގައުމުގެ ސިފައިން އެ ދެ ބޯޓު ހިފެހެއްޓީ ހުއްދަ ނުހޯދައި އެރިތުރިއާ އަށް އެތެރެވި ކަމަށް ބުނެ އެވެ.
އެއީ އެފްއެސްއެމް އަށް ހަތަރު ބޯޓު ބޭނުންވެގެން، 2019 ވަނަ އަހަރު ބަންނަން އޯޑަރު ދިން ހަތަރު ބޯޓުގެ ތެރެއިން ދެ ބޯޓެވެ. އޭގެ ތެރެއިން އަނެއް ދެ ބޯޓު މީގެކުރިން ވަނީ ރާއްޖެ ގެނެސްފަ އެވެ.
އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް ވިދާޅުވީ ކޮންމެ ބޯޓެއް ބަނދެފައި ވަނީ 753،000 ޑޮލަރަށް ކަމަށެވެ. ދެ ބޯޓުގެ އަގު 1.5 މިލިއަން ޑޮލަރު [23 ވަރަކަށް މިލިއަން ރުފިޔާ] އަށް އަރަ އެވެ.
ދެ ބޯޓު ބަނދެގެން ރާއްޖެ ގެނައުމަށް ކުރި ދަތުރުގައި އެ ދެ ބޯޓުގައި ހަތަރު ދިވެހިންނާއި މިސްރުގެ ހަތަރު ފަޅުވެރިއަކު ތިއްބެވެ. އޭގައި ތިބި ދިވެހި ފަޅުވެރިން ރާއްޖެ އަށް އަދި މިސްރުގެ ފަޅުވެރިން އެ ގައުމަށް ފޮނުވާލާފައި ވަނީ މި މަހުގެ ދެވަނަ ދުވަހު އެވެ.
ގަސަމް ވިދާޅުވި ގޮތުގައި ރާއްޖޭގެ ފޮރިން މިނިސްޓްރީއާ ގުޅިގެން ބޯޓު ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ނަމަވެސް މިހާތަނަށް ގެނެވޭނެ ގޮތެއް ނުފެނެ އެވެ.
އަދި ދެ ބޯޓު ހިފަހައްޓާފައި އޮތް މައްސަލައިގައި ފޮރިން މިނިސްޓްރީގެ އޮފިޝަލަކާއި އެފްއެސްއެމްގެ އޮޕިޝަލަކު އެރިޓްރިއާގެ ސަރުކާރާ މަޝްވަރާ ކުރުމަށް އެ ގައުމަށް ދިއުމަށް މަސައްކަތް ކުރާ ނަމަވެސް އެ އޮފިޝަލުންނަށް ދެވޭނެ މަގެއް ވެސް ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރާއްޖޭގެ ފޮރިން މިނިސްޓްރީ މެދުވެރިކޮށް ވެސް އަޅުގަނޑުމެން އެބަ ބަލަން. އެބަ މަސައްކަތް ކުރަން އިންޑިއާގެ، ދިއްލީ އެމްބަސީ މެދުވެރިކޮށް ވެސް ބޯޓު ގެނައުމަށް. ނަމަވެސް އެކަމަށް ވެސް އެއްބާރުލުމެއް ނުލިބޭ،" އޭނާ ވިދާޅުވި އެވެ.
ބޯޓު ގެނައުމުގެ މަސައްކަތް ގޮސްފައިވާ ގޮތާ ގުޅޭގޮތުން ފޮރިން މިނިސްޓްރީގެ ބަހެއް ނުލިބުނެވެ.
އެ ގައުމުގައި ހިފަހައްޓައިގެން އުޅޭ ދެ ބޯޓަކީ 180،000 ލީޓަރުގެ ޑީސަލް އަދި 40،000 އާއި 60،000 ލީޓަރުގެ ޕެޓްރޯލް ރައްކާކުރެވޭނެ ކެޕޭސިޓީ ހުރި ބޯޓެއް ކަމަށް އެފްއެސްއެމްއިން ބުނެފައިވެ އެވެ. އެފްއެސްއެމްގެ ފްލީޓްގައި މިހާރު 20 ބާޖު އޮވެ އެވެ.
ބޯޓު ގެނައުމަށް އެރިތުރިއާއާ އެކު މަޝްވަރާ ކުރަނީ
ބޯޓު ގެނެވޭނެކަމުގެ ޔަގީންކަން މިނިސްޓްރީން ދޭ: ގަސަމް
އެފްރިކާގައި ހިފެހެއްޓި ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި
އެފްރިކާގައި ހިފެހެއްޓި ދެ ބޯޓު ގެނެވޭ ގޮތެއް ނުވޭ
ތަކެތި ނައްތާލުމާ ގުޅޭ ގޮތުން ޕީސީބީގެ އިންޒާރެއް
ފޮރުވަންޖެހޭ ނާޖާއިޒު މަންފާއެއް ނެތް: ގަސަމް
ލިޔުންތައް ނައްތާލާ ވީޑިއޯކުރި މުވައްޒަފު ސަސްޕެންޑް
ހިފެހެއްޓި ދެ ބޯޓު ރާއްޖެ ގެންނަން މަސައްކަތް ކުރަނީ
މިފްކޯ ރޭޓުގައި ހުޅުމާލޭން މަސްވެރިންނަށް ތެޔޮ ލިބޭނެ
އެފްއެސްއެމްގެ ޕެޓްރޯލް ޝެޑަށް އެމް-ފައިސާގެ ހިދުމަތް