މިސްރުގައި ބަނދެގެން ރާއްޖެ އަށް ގެނައުމުގެ މަތީގައި، މޫސުން ގޯސްވެގެން އެފްރިކާގެ އެރިތުރިއާގައި ބަނދަރުކުރި ތަނުން އެ ގައުމުގައި ހިފަހައްޓާފައިވާ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ދެ ޓަގް ބޯޓު ރާއްޖެ ގެނައުމަށް އެރިތުރިއާއާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
12 ޖޫން 2023
މިސްރުގައި ބަނދެގެން ރާއްޖެ އަށް ގެނައުމުގެ މަތީގައި، މޫސުން ގޯސްވެގެން އެފްރިކާގެ އެރިތުރިއާގައި ބަނދަރުކުރި ތަނުން އެ ގައުމުގައި ހިފަހައްޓާފައިވާ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ދެ ޓަގް ބޯޓު ރާއްޖެ ގެނައުމަށް އެރިތުރިއާއާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
އެ ދެ ބޯޓު އެ ގައުމުގައި ބަނދަރުކުރީ އޭޕްރީލް 26 ވަނަ ދުވަހު އެވެ. އެރިތުރިއާގެ ސިފައިން އެ ދެ ބޯޓު ހިފެހެއްޓީ ހުއްދަ ނުހޯދައި އެ ގައުމަށް އެތެރެވި ކަމަށް ބުނެ އެވެ.
ބޯޓުގައި ތިބި ފަޅުވެރިން ވަނީ ރާއްޖެ ގެނެސްފަ އެވެ. ނަމަވެސް އެ ދެ ބޯޓު ގެނެވޭނެ ގޮތެއް ނެތް ކަމަށާއި އެފްއެސްއެމްގެ އޮފިޝަލުންނަށް އެ ގައުމަށް ދެވޭނެ ގޮތެއް ވެސް ނެތް ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
އެކަމާ ގުޅޭގޮތުން، ރާއްޖޭގެ ފޮރިން މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ޑިޕްލޮމެޓިކް ޗެނަލްތައް މެދުވެރިކޮށް އެރިތުރިއާއާ އެއްކޮށް މަޝްވަރާތައް ކުރަމުން ކަމަށެވެ.
އެރިތުރިއާގައި ހިފަހައްޓާފައިވަނީ 2019 ވަނަ އަހަރު އެފްއެސްއެމަށް ހަތަރު ބޯޓު ބޭނުންވެގެން ބަންނަން އޯޑަރު ދިން ހަތަރު ބޯޓުގެ ތެރެއިން ދެ ބޯޓެވެ.
އެ ދެ ބޯޓުން ކޮންމެ ބޯޓެއް ބަނުމަށް ހޭދަކޮށްފައިވާ އަގަކީ 753،000 ޑޮލަރެވެ. އެއީ 180،000 ލީޓަރުގެ ޑީސަލް އަދި 40،000 އާއި 60،000 ލީޓަރުގެ ޕެޓްރޯލް ރައްކާކުރެވޭނެ ކެޕޭސިޓީ ހުރި ބޯޓުތަކެއް ކަމަށް އެފްއެސްއެމް އިން ބުނެފައިވެ އެވެ.
އެރިޓްރިއާގައި ހިފެހެއްޓީ 23 މިލިއަންގެ ދެ ބޯޓް
ބޯޓު ގެނެވޭނެކަމުގެ ޔަގީންކަން މިނިސްޓްރީން ދޭ: ގަސަމް
އެފްރިކާގައި ހިފެހެއްޓި ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި
އެފްރިކާގައި ހިފެހެއްޓި ދެ ބޯޓު ގެނެވޭ ގޮތެއް ނުވޭ
ތަކެތި ނައްތާލުމާ ގުޅޭ ގޮތުން ޕީސީބީގެ އިންޒާރެއް
ފޮރުވަންޖެހޭ ނާޖާއިޒު މަންފާއެއް ނެތް: ގަސަމް
ލިޔުންތައް ނައްތާލާ ވީޑިއޯކުރި މުވައްޒަފު ސަސްޕެންޑް
ހިފެހެއްޓި ދެ ބޯޓު ރާއްޖެ ގެންނަން މަސައްކަތް ކުރަނީ
މިފްކޯ ރޭޓުގައި ހުޅުމާލޭން މަސްވެރިންނަށް ތެޔޮ ލިބޭނެ
އެފްއެސްއެމްގެ ޕެޓްރޯލް ޝެޑަށް އެމް-ފައިސާގެ ހިދުމަތް