އެމްއެންޑީއެފްގެ ޓްރެއިނިންތައް ހިންގާ ކ. ގިރިފުށީގެ ބަނދަރުގެ މަސައްކަތް އެމްޓީސީސީން ނިންމައިފި އެވެ.
05 ޖޫން 2022
އެމްއެންޑީއެފްގެ ޓްރެއިނިންތައް ހިންގާ ކ. ގިރިފުށީގެ ބަނދަރުގެ މަސައްކަތް އެމްޓީސީސީން ނިންމައިފި އެވެ.
މި މަޝްރޫއަކީ އެމްއެންޑީއެފުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.
މި މަޝްރޫއުގެ ދަށުން އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ހަދައި 314 މީޓަރު ސަރަހައްދެއްގައި ބޭރު ތޮށި ލާފައިވެ އެވެ.
މިދިޔަ އަހަރުގެ ޖޫން މަހު 15 ވަނަ ދުވަހު އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫއުގެ އަގަކީ 18.3 މިލިއަން ރުފިޔާ އެވެ.
އެ މަޝްރޫއުގެ އެއްބަސްވުމުގައިވާ ގޮތުން، މި މަސައްކަތަކީ ފަސް މަސްދުވަސް ތެރޭ ނިންމަން ޖެހޭ މަސައްކަތެކެވެ. އެމްޓީސީސީން މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފާވަނީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގަަ އެވެ.
އެމްޓީސީސީން އަންނަނީ އެކި ރަށްރަށުގެ ބަނދަރު ހެދުމާއި، ބިން ހިއްކުން އަދި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ގިނަ މަސައްކަތްތަކެއް ނިންމަމުންނެވެ.
ގިރިފުށި ބަނދަރު ތަރައްގީކުރަން އެމްޓީސީސީއަށް
އެމްއެންޑީއެފްގެ ތަމްރީނުތަކެއް އަންނަ ހަފުތާގައި
ގިރިފުށީގައި 35 މީހަކަށް ކޮވިޑް ޖެހިއްޖެ
ގުޅީފަޅުގައި 665 މީހުންގެ ކަރަންޓީން ފެސިލިޓީއެއް
ގިރިފުށީގައި ވަޒަން ބޭނުން ކުރުން ހުއްޓާލައިފި
ގިރިފުށީގައި ޖެހި ބަޑިއަކުން ޓޫރިސްޓަކު ޒަހަމްވެއްޖެ
ތަމްރީން ހަދަމުން ދިޔަ ސިފައިންގެ މީހަކު މަރުވެއްޖެ
އުނގޫފާރު ނެރަށް އެރި އެމްޓީސީސީ ކޮޅުވެއްޓި ފުންކޮށްފި
ހިންމަފުށްޓަށް ވަޒަން، އެކަމަކު ވެސް ބިރެއް ނެތް!
ގިރިފުށިން ހިންމަފުއްޓަށް ވަޒަނެއް ނުފޯރާނެ: މިނިސްޓަރު