އަންނަ މަހު ފަށަން ތާވަލު ކޮށްފައިވާ، ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން، ފުޓްބޯޅައިގެ ކުރީގެ ގަދަ ބާރު ވިކްޓަރީ ސްޕޯޓްސް ކްލަބުން، ޅ. ހިންނަވަރުގައި ކޭމްޕް ކޮށްފި އެވެ.
އަންނަ މަހު ފަށަން ތާވަލު ކޮށްފައިވާ، ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން، ފުޓްބޯޅައިގެ ކުރީގެ ގަދަ ބާރު ވިކްޓަރީ ސްޕޯޓްސް ކްލަބުން، ޅ. ހިންނަވަރުގައި ކޭމްޕް ކޮށްފި އެވެ.
އެ ކްލަބުން ބުނީ 10 ދުވަސް ވަންދެން އެ ރަށުގައި ކޭމްޕް ކުރަން ހަމަޖެހިފައިވާ ކަމަށެވެ، ވިކްޓަރީގެ ޓެކްނިކަލް ޑައިރެކްޓާ މުހައްމަދު އާދަމް ބުނި ގޮތުގައި، ހިންނަވަރުގައި ކޭމްޕް ކުރަން ނިންމީ އެ ރަށުގައި ވަސީލަތްތައް ހުރުމުގެ އިތުރަށް އެ ރަށަކީ ވިކްޓަރީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ތިބި ރަށަކަށް ވުމުންނެވެ.
"އެ ރަށުގެ އާބާދީގެ 70 ޕަސެންޓް މީހުން ވިކްޓަރީ އަށް ސަޕޯޓް ކުރާނެ،" އާއިލީ ގޮތުން ހިންނަވަރާ ގުޅުން އޮންނަ މުހައްމަދު ކުރިން ބުނެފައި ވެއެވެ.
މިދިޔަ ތިން އަހަރު ވެންދެން ފުޓްބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑް ކޮށްފައި އޮތް، ވިކްޓަރީގެ ސަސްޕެންޝަން އެފްއޭއެމުން އުވާލީ މިދިޔަ އާދިއްތަ ދުވަހު ބޭއްވި ކޮންގްރެސްގަ އެވެ. ފުޓްބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑް ކޮށްފައިވާ އަނެއް ކްލަބަކީ، ވިކްޓަރީގެ ކުރީގެ ވާދަވެރިޔާ، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބެވެ. ނިއު ރޭޑިއަންޓުން ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރަ އަދާ ކުރުމުން، އެ ކްލަބްގެ ސަސްޕެންޝަން އުވާލުމުގެ ބާރު، އެކްސްކޯ އަށް ދިނުމަށް ކޮންގްރެސްގައި ވަނީ ފާސް ކޮށްފަ އެވެ.
މާލެއިން ފުރުމުގެ ކުރިން ވިކްޓަރީގެ ކުޅުންތެރިން ވެލާނާ އެއާޕޯޓްގެ ޑޮމެސްޓިކް ޓާމިނަލުގައި --- ފޮޓޯ: ވިކްޓަރީ
އެނގިފައިވާ ގޮތުގައި ނިއު ރޭޑިއަންޓުން ވެސް ވަނީ ދެވަނަ ޑިވިޝަނަށް ތައްޔާރުވާން ޓީމެއް އެކުލަވައިލައިފަ އެވެ. އެކަމަކު މަސައްކަތް ނުފަށައި އޮތީ މުސާރައިގެ މައްސަލަތަކުން މުޅިން ހައްލެއް ލިބެންދެންނެވެ. ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރުގެ ބެލުމުގެ ދަށުން ނިއު ރޭޑިއަންޓްގެ ކަންކަން ހައްލެއް ހޯދުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
ވިކްޓަރީން ސަސްޕެންޑް ކުރުމުން، މުބާރާތުގައި ވާދަ ކުރުމުގެ ފުރުސަތު ނުލިބުމުން އެޓީމު ވަނީ ދެ ވަނަ ޑިވިޝަނަށް ރެލިގޭޓް ވެފަ އެވެ. މުބާރަތަށް ތައްޔާރު ވުމަށް ވިކްޓަރީގެ ކޯޗަކަށް އެ ޓީމުން ހަމަޖެއްސީ، ލަންކާގެ ގައުމީ ޓީމުގެ ކުރީގެ ކޯޗު މުހައްމަދު ނިޒާމް ޕަކީރް އަލީ އެވެ. ބަންގްލަދޭޝްގެ ޝައިހް ޖަމާލް ޑީސީ ވެސް އެ ގައުމުގެ ޓޮޕް ޑިވިޝަނަށް ޕްރަމޯޓް ކޮށްދިން، ޕަކީރްގެ ބެލުމުގެ ދަށުން މާލޭގައި ވެސް ހަފުތާއެއް ވަންދެން ވިކްޓަރީން ޕްރެކްޓިސްތައް ކުރިއަށް ގެންދިޔަ އެވެ.
ކުރިން ވިކްޓަރީ އަށް ކުޅުނު ދެ ކުޅުންތެރިން ކަމަށްވާ އިސްމާއީލް އަނިލް އާއި އިސްމާއީލް ޝަރީފް، ޕަކީރްގެ އެސިސްޓެންޓް ކޯޗުންގެ ގޮތުގައި މަސައްކަތްކުރާނެ އެވެ. ފަކީރް ބުނި ގޮތުގައި އޭނާ އާއެކު މަސައްކަތް ކުރާ ދިވެހި ކޯޗުންނަށް ވެސް އޭނާގެ ކިބައިން ކަންކަން ދަސްކޮށްދިނުމަކީ ވެސް އޭނާގެ އަމާޒެކެވެ. އަނިލް ދަނީ އެފްއޭއެމްގެ އަންހެން ފުޓްބޯޅަ އެކެޑަމީގައި މަސައްކަތް ކުރަމުންނެވެ. އިސްމާއީލް ޝަރީފް އަކީ ފުޓްސަލް ކޯޗެކެވެ. އެންމެ ފަހުގެ ކްލަބް މޯލްޑިވްސްގައި އޭނާ ވަނީ އެޗްޑީސީގެ ޓީމަށް ކޯޗުކޮށްދީފަ އެވެ.
ކުރިން ރާއްޖޭގެ ޔޫތު ސްޕޯޓްސް ކްލަބް އަދި ކްލަބް ވެލެންސިއާ އަށް ވެސް ކުޅުނު ޕަކީރް ބުނެފައި ވަނީ އޭނާ ރާއްޖޭގައި ކުޅުނު ދުވަސް ވަރު، ވިކްޓަރީ އަކީ ގިނަ އަދަދެއްގެ ކުޅުންތެރިން އުފައްދައިގެން ގައުމީ ޓީމާ ހަމައަށް ގެންދިޔަ ކްލަބެއް ކަމަށެވެ. އަލުން އެކަން ތަކުރާރު ކުރުމަށް އޭނާ ބޭނުންވާ ކަމަށް ކުރީގެ ޑިފެންޑަރު ބުންޏެވެ.
ހުރިހާ މެޗަކުން މޮޅުވެ މަސްއޮޑިން ތަށި އުފުލާލައިފި
މެޗުގެ ހަމަނުޖެހުމާ ހެދި އަނަޓޮލީ ރާއްޖޭން ހިނގައްޖެ
ވިކްޓަރީއަށް ހިދުމަތެއް ކޮށްދެވުނުކަމުގެ އިހްސާސް ކުރެވޭ
ބޮޑު މެޗު މާދަމާ؛ ފައިނަލް މެޗުގެ ކުރިން ފައިނަލެއް
ކުޑަހެންވޭރުން ކުޅެން ބޭނުމެއް ނޫން، ވިކްޓަރީ ސެމީއަށް
މެޗުގައި ހަމަނުޖެހުން ހިންގައި ސޮބާއަށް ހަމަލާދީފި
މެޗު ދޫކޮށްލުން ގިނަވެ ފުޓްބޯޅައިގެ ސީރިއަސްކަން ނެތެނީ
ބަޖެޓް އޮވެ ވިކްޓްރީ މިހެދީ ކިހިނެއް؟
ޓީނޭޖް އަތުން ބަލިވެ ވިކްޓަރީގެ ބާރު ކެނޑިއްޖެ
ސޮބާ ބުނަނީ މިރޭ އޮތީ އެންމެ ފޯރިފަދަ މެޗު ކަމަށް