Roadha Mihaaru
ބޮމުގެ ހަމަލާ: ގާޒީ އާދަމް މުހައްމަދު ތަނާޒުލުވެއްޖެ

މެއި 6ގެ ހަމަލާ: ރިޔާސަތު ބަލަހައްޓަވާ ގާޒީއަށް އިސްހާގުގެ ދަރިއަކު އިންޒާރު ދިނުމުން ތަނާޒުލްވެވަޑައިގެންފި

12 ޖޫން 2022

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅޭ މައްސަލަ ބައްލަވާ ގާޒީންގެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ ގާޒީ އާދަމް މުހައްމަދަށް، މައްސަލާގައި ދައުވާ ލިބޭ މީހެއްގެ ދަރިއަކު އިންޒާރު ދިނުމުން މައްސަލައިން ތަނާޒުލުވެ ވަޑައިގެންފި އެވެ.

އާލިމް އަބްދުއްލަތީފް އާލިމް އަބްދުއްލަތީފް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅޭ މައްސަލަ ބައްލަވާ ގާޒީންގެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ ގާޒީ އާދަމް މުހައްމަދަށް، މައްސަލާގައި ދައުވާ ލިބޭ މީހެއްގެ ދަރިއަކު އިންޒާރު ދިނުމުން މައްސަލައިން ތަނާޒުލުވެ ވަޑައިގެންފި އެވެ.

އެ މައްސަލަ ބައްލަވަނީ ތިން ގާޒީންގެ ބެންޗަކުންނެވެ. އާދަމް މުހައްމަދުގެ އިތުރުން ދެން ބެންޗުގައި ތިއްބަވަނީ ގާޒީ ސޮފްވަތު ހަބީބާއި ގާޒީ މުހައްމަދު މިސްބާހެވެ.

ނަޝީދު އަވަހާރަކޮށްލަން މިދިޔަ އަހަރުގޭ މޭ ހަ ވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާއާ ގުޅިގެން ދައުލަތުން ދައުވާކުރަނީ މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދާއި ނ. މަނަދޫ ނޫރީގޭ އަލީ ހައިޝަމާއި ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީގެ އިތުރުން މ، ކުދެހިގޭ އިސްހާގާއި އއ. މާޅޮހު، އަސަރީގޭ މުހައްމަދު ނާޒިމްގެ މައްޗަށެވެ.

ބޮން ގޮއްވާލުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވި އަހުމަދު އަދުހަމްގެ މައްޗަށް 23 އަހަރުގެ ޖަލު ހުކުމެއް ކުރިން އޮތީ އިއްވައިފަ އެވެ.

ގާޒީ އާދަމް މުހައްމަދު މި މައްސަލައިން ތަނާޒުލުވާން ނިންމެވީ ބޮމުގެ ހަމަލާއާ ގުޅިގެން ދައުލަތުން ދައުވާކުރާ މ. ކުދެހިގެ އިސްހާގުގެ ފަރާތުން ފޮނުވި ސިޓީއަކާ ގުޅިގެންނެވެ.

މީގެ ފަސް އަހަރު ކުރިން އަނިޔާވެރިކޮށް ވަޅިން ހަމަލާދީ ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލައިގައި ޔާމީނަށް ފާރަލައި އޭނާ މަރާލުމުގައި ބައިވެރިވުމުގެ ދައުވާ މ.ކުދެހިގެ ހަސަން ޝިފާޒްގެ މައްޗަށް ކުރި އެވެ. ނަމަވެސް، އޭނާގެ މައްޗަށް ކުށް ސާބިތެއް ނުވެ އެވެ.

އިސްހާގުގެ ސިޓީގައި ބުނެފައިވާ ގޮތުގައި ޝިފާޒަކީ އިސްހާގުގެ ދަރީގެ ބޮޑުބޭބެ އެވެ. އަދި ބްލޮގަރު ޔާމީންގެ މަރުގެ މައްސަލައިގައި އިސްހާގުގެ ދަރިއަކު ވަނީ ގާޒީ އާދަމް މުހައްމަދަށާއި އޭނާގެ އަނބިކަނބަލުންނަށް ބިރުދައްކައި މަރުގެ އިންޒާރު ދީފަ އެވެ.

މިއަދުގެ އަޑުއެހުމުގައި ގާޒީ އާދަމް މުހައްމަދު ވިދާޅުވީ އިސްހާގު މި ސިޓީ ފޮނުވުމުގެ ކުރިން މިއީ މައްސަލަ ބައްލަވާ ބެންޗުގެ އެއްވެސް ގާޒީއަކަށް އެނގިވަޑައިގަންނަވާ ކަމެއް ނޫން ކަމަށެވެ. އަދި މި ސިޓީއާ ގުޅިގެން މި މައްސަލައިން ތަނާޒުލުވެ ވަޑައިގަތުމަށް ނިންމެވީ ކަމަށް ވިދާޅުވެފައިވެ އެވެ.

ގާޒީ އާދަމް މުހައްމަދަށް އިންޒާރު ދިން މައްސަލަ ބަލާތާ ހަތަރު މަސް ވިޔަސް، އެ މައްސަލައިގައި މީހަކު އަދި ހައްޔަރު ކޮށްފައެއް ނުވެ އެވެ.

ނަޝީދު އަވަހާރަކޮށްލަން މިދިޔަ އަހަރުގޭ މޭ ހަ ވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާއާ ގުޅިގެން ދައުލަތުން ދައުވާކުރަނީ މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދާއި ނ. މަނަދޫ ނޫރީގޭ އަލީ ހައިޝަމާއި ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީގެ އިތުރުން މ، ކުދެހިގޭ އިސްހާގާއި އއ. މާޅޮހު، އަސަރީގޭ މުހައްމަދު ނާޒިމްގެ މައްޗަށެވެ. ބޮން ގޮއްވާލުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވި އަހުމަދު އަދުހަމްގެ މައްޗަށް 23 އަހަރުގެ ޖަލު ހުކުމެއް ކުރިން އޮތީ އިއްވައިފަ އެވެ

މި މައްސަލައިގައި މިއަދުގެ އަޑުއެހުމުގައި އޮތީ އިބްތިދާއީ ބަޔާން އިއްވުން ކަމުގައި ވިޔަސް، ގާޒީ އާދަމް މުހައްމަދު ތަނާޒުލުވާން ނިންމުމުން އަޑުއެހުން ވަނީ ނިންމާލައިފަ އެވެ.