14 ޖޫން 2022
ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޭންޖެހޭނެ ކަމަށް ގާނޫނުގައި ބުނާ މާއްދާ އުވާލަން މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން އިސްލާހެއް ހުށަހަޅައިފި އެވެ.
ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޭންޖެހޭނެ ކަމަށް ގާނޫނުގައި ބުނާ މާއްދާ އުވާލަން މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން އިސްލާހެއް ހުށަހަޅައިފި އެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހެއް ހުށަހަޅުއްވާފައި ވަނީ އެމްއެންޕީގެ ނައިބު ރައީސް އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދުު އުޝާމް އެވެ.
އެ އިސްލާހު ހުށަހެޅުއްވި ސަބަބެއް ގޮތުގައި ބުނެފައި ވަނީ ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދިނުމަކީ އެންމެ އިންސާފުވެރި އަދި ހަމަޖެހޭ ކަމެއްގެ ގޮތުގައި ގަބޫލު ނުކުރެވޭތީ އެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި މިހާރު އޮންނަ ގޮތުން ދައުލަތުގެ އަހަރީ ބަޖެޓުން 0.1-0.2 ޕަސަންޓުގެ އަދަދަކަށް ސިޔާސީ ޕާޓީތަކަށް ފައިސާ ދޭން ޖެހެ އެވެ.
އުޝާމް ހުށަހަޅުއްވާފައި ވަނީ އެ މާއްދާ އުވާލުމަށެވެ. އަދި 10،000 މެމްބަރުން ހަމަވާ ޕާޓީތަކަށް ފައިސާ ދޭން ޖެހޭނެ ކަމަށް ބުނާ މާއްދާ ވެސް އުވާލަން އޭނާ ހުށަހެޅުއްވި އެވެ.
އޭގެ އިތުރުން ސިޔާސީ ޕާޓީއެއްގައި 3،000 މެމްބަރުން ހަމަވާން ޖެހޭނެ ކަމަށާއި އެ އަދަދަށް މެމްބަރުން ހަމަ ނުވާ ޕާޓީތައް އުވާލަން ޖެހޭނެ ކަމަށް ބުނާ މާއްދާތައް ވެސް އުވާލަން އުޝާމް ހުށަހެޅުއްވި އެވެ.
ނަޝީދު ވަކިކުރާ ސަކަރާތުގައި އެމްއެންޕީ ބައިވެރިނުވާނެ
މަޖިލީހުގެ ހައިޖާނުގެ ތެރެއިން ޗާގޯސް ސުވާލުތައް އޮޔާ!
ކުރީގެ މެމްބަރުންނަށް ދޭ އިނާޔަތް ކަނޑާލަން ބިލެއް
މިވަރުގެ ވާދައެއް، ފޯރިއެއް މި ރަށް ނުދެކޭ!
މުހުސިނާއި ނަޝީދު އެމްއެންޕީއާ ދުރަށް!
ޕާޓީތަކަށް ދޭ ފައިސާ މަދުކުރާ ބިލް ބަލައިގެންފި
ޖޫރިމަނާގެ ފައިސާ ނުދައްކާ ބޯޓުތައް ފުރައިގެންދަނީ
ގަވާއިދާހިލާފުވާ ޕާޓީތަކަށް އަޅާ ފިޔަވަޅު ވަރުގަދަކުރަނީ
އޭޖީ ނުހިމަނާ ބާ ކައުންސިލް އެކުލަވާލަން ފާސްކޮށްފި
މެންބަރުންގެ އަދަދު ލިމިޓްކުރަން ތަފާތު ހިޔާލުތަކެއް!