14 ޖޫން 2022
ހާއްސަ ބަލިތަކުގެ ޑޮކްޓަރުން ތިބޭ، މާލޭން ދެކުނު އަތޮޅެއްގެ ފުރަތަމަ ސިއްހީ މަރުކަޒަކަށް ގދ. ގައްދޫ ސިއްހީ މަރުކަޒު ވެއްޖެ އެވެ.
ހާއްސަ ބަލިތަކުގެ ޑޮކްޓަރުން ތިބޭ، މާލޭން ދެކުނު އަތޮޅެއްގެ ފުރަތަމަ ސިއްހީ މަރުކަޒަކަށް ގދ. ގައްދޫ ސިއްހީ މަރުކަޒު ވެއްޖެ އެވެ.
ގދ. ތިނަދޫގައި ހުންނަ އެ އަތޮޅުގެ މައި ހޮސްޕިޓަލް، ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މާދަމާ އިން ފެށިގެން ގައްދޫ ސިއްހީ މަރުކަޒުގައި ހާއްސަ ބަލިތަކުގެ ޑޮކްޓަރުން ހިދުމަތް ދޭނެ ކަމަށެވެ. އެ ޑޮކްޓަރުން މިއަދު ވަނީ އެ ރަށަށް ގޮސްފަ އެވެ.
ދެކުނުގެ އަތޮޅެއްގެ ސިއްހީ މަރުކަޒެއްގައި ފުރަތަމަ ފަހަރަށް ހާއްސަ ބަލިތަކުގެ ޑޮކްޓަރުން ފަރުވާދޭން ތިބުމުގެ ތާރީހީ ބަދަލާ އެކު އެ ހިސާބުގެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.
"ހިދުމަތް ހޯދުމަށްޓަކައި އަތޮޅުގެ މައި ހޮސްޕިޓަލަށް ކުރަންޖެހޭ ދަތުރުގެ ހަރަދާއި ވަގުތު ވަރަށް ބޮޑަށް ކުޑަވެގެންދާނެ އެވެ،" އެ ބަޔާނުގައިވެ އެވެ.
ގައްދޫ ސިއްހީ މަރުކަޒުގައި ހާއްސަ ބަލިތަކުގެ ތިން ޑޮކްޓަރުން ތިބޭނެ އެވެ. އެއީ؛
● އަންހެނުންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރެއް
● ކުޑަކުދިންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރެއް
● މެޑިކަލް އޮފިސަރެއް
ގދ. ގައްދޫ ސިއްހީ މަރުކަޒަށް ގެންދިޔަ ހާއްސަ ބަލިތަކުގެ ޑޮކްޓަރުންނަށް މަރުހަބާ ކިޔުމަށް މިއަދު އެ ރަށުގެ ބަނދަރުގައި ބޭއްވި ހަފުލާ -- ފޮޓޯ: ތިނަދޫ ހޮސްޕިޓަލް
ގައްދޫ ސިއްހީ މަރުކަޒުގައި 24 ގަަޑިއިރު ހިދުމަތްދޭއިރު، މިހާރު އެތަނުގައި ހުންނަނީ އެންމެ މެޑިކަލް އޮފިސަރެކެވެ. އެ މަރުކަޒުން އާންމު ގިނަ ބަލިތަކަށް ތަހުލީލުކުރުމަށް ބޭނުންވާ ލެބޯޓްރީ ޓެސްޓުތައް ވެސް ހެދެ އެވެ. އަދި އެ މަރުކަޒުން ހެދެން ނެތް ޓެސްޓުތައް ތިނަދޫ ހޮސްޕިޓަލަށް ފޮނުވައިގެން ޓެސްޓްކުރެވޭނެ އިންތިޒާމު ވެސް ހަމަޖައްސާފައިވެ އެވެ.
ތިނަދޫ ހޮސްޕިޓަލުގެ ޑެޕިއުޓީ ސީސީއޯ އަބްދުލް އަޒީޒް ރިފާއު ވިދާޅުވީ، އެކި ސަބަބުތަކާ ހުރެ މިދިޔަ އަހަރު އެ ހޮސްޕިޓަލުގައި މަސައްކަތްކުރާނެ ޑޮކްޓަރުން ލިބުން ދަތިވެ، އެ އަތޮޅުގެ ބައެއް ރަށްރަށުގެ ސިއްހީ މަރުކަޒުތައް ވެސް ހިންގަން ދަތިވުމުން، އެ ހޮސްޕިޓަލުގެ އާ ގަވަނިން ބޯޑުގެ އެންމެ ބޮޑު އަމާޒަކަށްވީ އެކި ޑިޕާޓްމަންޓްތަކަށް މަދުވާ ޑޮކްޓަރުން ހަމަކުރުން ކަމަށެވެ.
"އެ މަސައްކަތް ކުރިއަށް ގެންދިޔައީ ވަކި ޓައިމްލައިނެއް ކަނޑައަޅައިގެން. ކުރެވުނު މަސައްކަތުން މިހާރު މިވަނީ އެ ޓާގެޓުގެ 90 ޕަސެންޓް ރީޗް ކުރެވިފައި،" އޭނާ ވިދާޅުވި އެވެ.
"ގައްދޫ އަށް މިއަދު ގެނެވުނު ޑޮކްޓަރުންނަކީ ވެސް މި ދެންނެވުނު މަގުން ކުރެވުނު މަސައްކަތުގެ ނަތީޖާ."
ރާއްޖޭގެ އެކި ސަރަހައްދުން ފަސް ރަށެއްގެ ސިއްހީ މަރުކަޒު ހޮސްޕިޓަލް ފެންވަރަށް ތަރައްގީ ކުރަން މޮ ސަރުކާރުން ނިންމާފައިވާއިރު، އޭގެ ތެރޭގައި ގައްދޫ ސިއްހީ މަރުކަޒު ވެސް ހިމެނެ އެވެ. އެ މަރުކަޒު، ހޮސްޕިޓަލަކަށް ބަދަލުކުރަން އަޅަން ޖެހޭ އިމާރާތް ޑިޒައިންކޮށް އަދި ބީއޯކިއު ހަދައިދޭނެ ބަޔަކު ހޯދަން ހެލްތު މިނިސްޓްރީން އިއުލާންކޮށްފައިވެ އެވެ.
އައިވީ މައްސަލައިގައި ހަތަރު މުވައްޒަފަކު ސަސްޕެންޑް
މުއްދަތު ހަމަވެފައިވާ އައިވީ ދީގެން މުޒާހަރާކުރަނީ
ތިނަދޫގައި ކީމޯ ތެރަޕީގެ ހިދުމަތް ފަށައިފި
ފަސް ހޮސްޕިޓަލް އަމިއްލައަށް ހިންގާ ގޮތަށް ބަދަލުކުރަނީ
"ދަރިފުޅު މަރުވީ ހޮސްޕިޓަލުގެ 100 ޕަސެންޓު އިހުމާލުން"
ތިނަދޫ ހޮސްޕިޓަލްގައި ކަށީގެ ބޮޑު، ތާރީހީ އޮޕަރޭޝަނެއް
ޓީބީ ބަލި ދެނެގަނެވޭނެ ނިޒާމެއް ތިނަދޫ ހޮސްޕިޓަލްގައި
ގައްދޫގަ ހިނގި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް
ތިނަދޫން ސްވައިން ފްލޫއަށް ޝައްކުވާ ބަޔަކު ޓެސްޓުކުރަނީ
އާސަންދައިގެ ހޭދައިގެ 90 ޕަސެންޓު އައުޓްޕޭޝަންޓަށް