ޑްރަގްސް ހުރި ކަމަށް ޝައްކުކުރެވިގެން މިދިޔަ ބުރާފަސްތި ދުވަހު ބަލައި ފާސްކުރި ކޮންޓެއިނަރުގެ ތެރެއިން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހަޝިޝް އޮއިލްގެ 15 ކިލޯ ފެނުނު ކަމަށް ކަސްޓަމްސް އިން މިއަދު ބުނެފި އެވެ.
14 ޖޫން 2022
ޑްރަގްސް ހުރި ކަމަށް ޝައްކުކުރެވިގެން މިދިޔަ ބުރާފަސްތި ދުވަހު ބަލައި ފާސްކުރި ކޮންޓެއިނަރުގެ ތެރެއިން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހަޝިޝް އޮއިލްގެ 15 ކިލޯ ފެނުނު ކަމަށް ކަސްޓަމްސް އިން މިއަދު ބުނެފި އެވެ.
ކަސްޓަމަސް އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެއީ މިދިޔަ މަހު 29 ގައި އިންޑިއާގެ ޓުޓިކޮރިން އިން ކަނޑުމަގުން ރާއްޖެ ގެނައި ކޮންޓެއިނަރެއް ކަމަށެވެ.
އެ ކޮންޓެއިނަރުގައި ޑްރަގްސް ހުރި ކަމަށް ޝައްކުކުރެވިގެން، އެ ބަލައި ފާސްކުރުމަށް މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން، ހޮނިހިރު ދުވަހާ ހަމަ އަށް އެ އިދާރާ އާއި ފުލުހުން ގުޅިގެން ހާއްސަ އޮޕަރޭޝަނެއް ހިންގި ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ކަސްޓަމްސް އިން ބުނީ ކޮންޓެއިނަރުން ފެނުނު ހަޝިޝް އޮއިލްގެ މަގުމަތީ އަގު ގާތްގަނޑަކަށް ހަތަރު މިލިއަން ރުފިޔާ އަށް އަރާ ކަމަށެވެ.
ކަސްޓަމްސް އިން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް މިހާރު އެ ތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.
އެ ކޮންޓެއިނަރަކީ އެސްޓީއޯގެ ބޯޓަކުން ގެނައި އެއްޗެއް ކަމަށް ބުނެ މީޑިއާގައި ޚަބަރު ފެތުރުމުން މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން މިއަދު ވަނީ އެ ވާހަކަ ދޮގުކޮށްފަ އެވެ.
ކޮންޓެއިނަރަކުން ގިނަ އަދަދެއްގެ ޑްރަގްސް އަތުލައިގެންފި
ރާއްޖެ އެތެރެކުރި 11 ކިލޯގެ ޑްރަގް އަތުލައިގެންފި
ވައިގެމަގުން ގެނައި ރެކޯޑް އަދަދެއްގެ ޑްރަގް އަތުލައިފި
ރާއްޖެ އެތެރެކުރި 8 ކިލޯގެ ޑްރަގްސް އަތުލައިގެންފި
ޑްރަގު އެތެރެކޮށްފައި ބުނީ ފޮށީގައި ހުރިކަން ނޭނގެއޭ
10 ކިލޯގެ ޑްރަގް ގެނައި މީހާގެ ބަންދަށް އެއް ދުވަސް
ޓެގްގައި ނަން އޮތަސް ޑްރަގް ފެނުނު ލަގެޖާ ހަވާލެއްނުވި
900،000ރ. ގެ މަސްތުވާތަކެތި އަތުލައިގެންފި
7 މިލިއަންގެ ޑްރަގް ބަލައި ދިޔަ އެކަކު ދޫކޮށްލައިފި
ޑްރަގް އަތުލާފައި މި ފޮނުވާލަނީ ކޮންބައެއް؟