15 ޖޫން 2022
ކޮވިޑް-19ގެ ފަރުވާއަށް ދުބާއީގެ އެގްޒެކިއުޓާސްއާ ހަވާލުކޮށްގެން 75 ވެންޓިލޭޓަރު 34 މިލިއަން ރުފިޔާއަށް ހޯދަން ހަވާލުކުރި މައްސަލައިގައި ތަހުގީގު ފުރިހަމަކޮށް ދައުވާކުރުމުގެ ކުރިން މަޝްވަރާއަށް ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް އަނެއްކާވެސް އޭސީސީން ފޮނުވައިފި އެވެ.
ކޮވިޑް-19ގެ ފަރުވާއަށް ދުބާއީގެ އެގްޒެކިއުޓާސްއާ ހަވާލުކޮށްގެން 75 ވެންޓިލޭޓަރު 34 މިލިއަން ރުފިޔާއަށް ހޯދަން ހަވާލުކުރި މައްސަލައިގައި ތަހުގީގު ފުރިހަމަކޮށް ދައުވާކުރުމުގެ ކުރިން މަޝްވަރާއަށް ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް އަނެއްކާވެސް އޭސީސީން ފޮނުވައިފި އެވެ.
މިއީ، މި މައްސަލައިގެ ތަހުގީގު ނިންމި ފަހުން ދައުވާ ކުރުމުގެ މަރުހަލާގައި އޭސީސީން ޕީޖީއަށް ފޮނުވާ ހަތަރު ވަނަ ފަހަރެވެ.
ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓަ އަދި މީޑިއާ އޮފިޝަލް އަހްމަދު ޝަފީއު ވިދާޅުވީ މަޝްވަރާއަށް އެ މައްސަލަ މިދިޔަ އާދީއްތަދުވަހު އޭސީސީން ފޮނުވާފައިވާ ކަމަށެވެ. ޕީޖީ އޮފީހުން އެންމެ ފަހުން އެދިފައި ވަނީ މައްސަލައިގައި ދައުވާކުރުމާ ގުޅޭ މުހިއްމު ލިއުންތައް ފޮނުވައިދީ، އިސްލާހުކުރަން ހުރި ކަންކަން އިސްލާހުކޮށްދިނުމަށެވެ.
"އަލުން ފޮނުވިއިރު ބައެއް ކަންކަން ފުރިހަމަކޮށްފައި ހުރީ،" ޝަފީއު ވިދާޅުވި އެވެ.
ޑިއުޓީ ޕްރޮސިކިއުޝަނަކީ ދައުވާކުރުމުގެ ކުރިން އޭސީސީ އާއި ޕީޖީއާ މެދު މަޝްވަރާކޮށްގެން، ދައުވާ ކުރުމާ މެދު ގޮތެއް ނިންމުމުގެ މަރުހަލާ އެވެ.
ވެންޓިލޭޓަރު މައްސަލައިގައި އޭސީސީގެ ކުރީގެ ކޮމިޝަނުން ދައުވާކުރަން ފޮނުވީ އޭރުގެ ހެލްތު މިނިސްޓަރު އަބްދުالله އަމީން އާއި މިނިސްޓްރީގެ 10 މުވައްޒަފެއްގެ މައްޗަށެވެ. އޭރު ޕީޖީ ނިންމެވީ ދައުވާ ނުކުރުމަށެވެ.
އެ މައްސަލައިގައި ދައުވާ ނުކުރަން ޕީޖީ އޮފީހުން ނިންމީ އޭރު އޭސީސީން ހުށަހަޅާފައިވާ މައުލޫމާތުތަކުގައި ކޯޓެއްގައި ސާބިތުކުރެވޭ ވަރުގެ ހެކި ނެތުމުން ކަމަށް އެ އޮފީހުން ބުންޏެވެ. ތަފާތު 12 ތުހުމަތެއް އޭސީސީން ކޮށްފައިވާއިރު، އޭގައި ހުރީ ޕީޖީ ސިފަކުރެއްވި ގޮތުގައި، އިދާރީ މައްސަލަތަކެވެ.
އެކަމަކު މައްސަލަ ފޮނުވީ އެކަށީގެންވާ ހެއްކާއި ގަރީނާތަކާ އެކުގައި ކަމަށް އޭސީސީން ބުނެފައިވެ އެވެ.
ޕީޖީ ހުސެއިން ޝަމީމް ވިދާޅުވެފައިވާ ގޮތުގައި ތުހުމަތުކުރި ކުށް ސާބިތުކުރެވޭނެ ހެއްކާ އެކު ހުށަހެޅި ނަމަ އެންމެންގެ މައްޗަށް ވެސް ދައުވާ އުފުއްލަވާނެ އެވެ. އެކަމަކު އޭސީސީގެ މުޅި ތަހުގީގުން ފާހަގަވެފައި އޮތީ، ޕީޖީ ވިދާޅުވި ގޮތުގައި، އަމަލުކުރި ގޮތުން އަރާފައި ހުރި އޮޅުންތައް ނުވަތަ މައްސަލަތަކެކެވެ. ކޮރަޕްޝަންގެ ދައުވާ އުފުލިއިރު، އެއްވެސް މީހަކަށް މާލީ މަންފާއެއް ލިބުނުކަން ސާބިތުކޮށްދެވޭނެ އެއްވެސް ހެއްކެއް ނެތް ކަމަށް ޕީޖީ ވިދާޅުވެފައިވެ އެވެ.
އޭސީސީން ބުނެފައިވާ ގޮތުގައި، ދައުވާކުރަން ފޮނުވީ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފުވެ، ވަކި ފަރާތަކަށް ނާޖާއިޒު މަންފާއެއް ހޯދައިދިން ކަމަށް އެކަށީގެންވާ މިންވަރަށް ހެއްކާއި ގަރީނާ ހުރި ކަމަށް ތަހުގީގަށް ސާބިތުވާތީ އެވެ. ވެންޓިލޭޓަރު މައްސަލައިގައި، އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައި ހުރި ގޯސްތައް ހިނގި ކަން ފުލުހުންނާއި އޭސީސީ ގުޅިގެން ހިންގި ތަހުގީގަށް ފަހު ނެރުނު ރިޕޯޓުގައި ވެސް ހިމަނާފައިވެ އެވެ.
ދިވެހި ސަރުކާރުން ގަންނަން އެގްޒިކިއުޓާސްއަށް ހަވާލުކުރި 75 ވެންޓިލޭޓަރުގެ ތެރެއިން މިހާތަނަށް ލިބުނީ 15 ވެންޓިލޭޓަރެވެ. ބޮޑު ބައި ނުލިބި ލަސްވެގެން ދާތީ ސަރުކާރުން ވަނީ އެންމެ ފަހުން ދުބާއި ކުންފުންޏާ އެކު ހެދި އެއްބަސްވުން ބާތިލްކޮށްފަ އެވެ.
ބަދަލުގެ ގޮތުގައި 31 މިލިއަން ރުފިޔާ ދޭން އެދުނު މުއްދަތުގައި ނުދިނުމުން، ސަރުކާރުގެ ނިންމުމަކީ މައްސަލަ އާބިޓްރޭޝަނަށް ހުށަހެޅުމެވެ.
ވެންޓިލޭޓަރުތައް ހޯދަން 34 މިލިއަން ރުފިޔާ ދައުލަތުން ދޫކޮށްގެން މައްސަލަ ބޮޑުވެ ބެލިއިރު އެއީ، ހަމުގެ ފަރުވާއާ ގުޅޭ ކްލިނިކެކެވެ. ދުބާއީގެ އެގްޒެކިއުޓާސް އިން ކްލިނިކެއް ހިންގުން ފިޔަވައި އިތުރު ވިޔަފާރިތަކެއް ފުޅާދާއިރާއެއްގައި ހިންގާ ކަމުގެ އެއްވެސް މައުލޫމާތެއް އޭރު އާއްމުކޮށްފައެއް ނުވެ އެވެ.
އެކަމަކު ވެންޓިލޭޓަރުތައް ހޯދަން ހަވާލުކުރި ކުންފުނިން މިހާރު ވަނީ ވިޔަފާރި ފުޅާކޮށްފަ އެވެ.
ކުރިން އަޑު ނީވޭ ވިޔަފާރިތަކެއް އެގްޒެކިއުޓާސް އިން ހިންގާ ކަމަށް ވެބްސައިޓުގައި ލިއެފައިވެ އެވެ. ކުރިން ވެބްސައިޓު ވެސް ޑައުންކޮށްފައިވާ ކުންފުނިން މައުލޫމާތު އާއްމުކުރަން ފެށީ ވަރަށް ފަހުންނެވެ. އެކަމަކު ވެންޓިލޭޓަރު ފަދަ ސިއްހީ ސާމާނު ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ ކަމުގެ ރެކޯޑެއް ނެތެވެ. އޮތީ ކޮވިޑް ޓެސްޓް ކިޓުތަކާއި މާސްކް ފޯރުކޮށްދޭ ކަމަށެވެ.
ވެންޓިލޭޓަރުގެ މައްސަލާގައި ތިން މީހަކަށް ދައުވާ
ވެންޓިލޭޓަރުގެ މައްސަލައިގައި ދައުވާކޮށްދޭން އެދިއްޖެ
ހެލްތުގެ ޚިޔާނާތް: އޭސީސީން ޕީޖީ އޮފީހާ މަޝްވަރާކޮށްފި
ޕީޖީގެ އާ ހުށަހެޅުންތަކެއް، މައްސަލަ އަލުން ބަލަނީ
ވެންޓިލޭޓަރު މައްސަލަ: އޭސީސީ އާއި ޕޮލިސް މަޖިލީހަށް
ވެންޓިލޭޓަރުތަކުގެ މައްސަލަ: އޭސީސީގެ ނިންމުން ފޮނުވަނީ
ވެންޓިލޭޓަރުމައްސަލަ މުރާޖައާކުރަން މަޖިލީހުން އަންގައިފި
ނާޖާއިޒު މަންފާ ހޯދައިދިން ކަމުގެ ހެކި ހުރި: އޭސީސީ
ވެންޓިލޭޓަރު ކޭސްގައި ޕީޖީން ދައްކަނީ ބަހަނާ: އިދިކޮޅު
ހެލްތު މިނިސްޓްރީގެ ކުރީގެ އިސްވެރިންތަކަކަށް ދައުވާ