ބާސެލޯނާ (ޖޫން 16) - މިދިޔަ އަހަރު ދެވަނަ ފަހަރަށް ސްޕެއިންގެ ބާސެލޯނާއާ ގުޅުނު ބްރެޒިލްގެ ކަނާތު ބެކް ޑެނީ އަލްވޭސް ކޮންޓްރެކްޓް ހަމަވުމުން ކުލަބް ދޫކޮށްލަން ނިންމާފައި ވާކަން ހާމަ ކޮށްފި އެވެ.
16 ޖޫން 2022
ބާސެލޯނާ (ޖޫން 16) - މިދިޔަ އަހަރު ދެވަނަ ފަހަރަށް ސްޕެއިންގެ ބާސެލޯނާއާ ގުޅުނު ބްރެޒިލްގެ ކަނާތު ބެކް ޑެނީ އަލްވޭސް ކޮންޓްރެކްޓް ހަމަވުމުން ކުލަބް ދޫކޮށްލަން ނިންމާފައި ވާކަން ހާމަ ކޮށްފި އެވެ.
އަލްވޭސް މިދިޔަ ނޮވެމްބަރު މަހު ދެވަނަ ފަހަރަށް ބާސެލޯނާއާ ގުޅުނީ، 2016 ވަނަ އަހަރު އޭނާ ބާސާ ދޫކޮށް އިޓަލީގެ ޔުވެންޓަސްއަށް ބަދަލުވިތާ ފަސް އަހަރު ފަހުން، ކުރު މުއްދަތުގެ އެއްބަސްވުމެއްގަ އެވެ. އޭނާ ވަނީ ބާސެލޯނާއަށް އަށް ނުވަ ސީޒަނުގައި 408 މެޗު ކުޅެދީ، ހަ ފަހަރު ލަ ލީގާ ކާމިޔާބު ކޮށްފަ އެވެ.
ރިޕޯޓްތައް ބުނާގޮތުން ނިމިދިޔަ ސީޒަނުގައި އަލްވޭސް ބާސެލޯނާ އަށް ކުޅުނީ ލަ ލީގާ ގައި ޕްރޮފެޝަނަލް ކުޅުންތެރިއަކަށް ދޭ އެންމެ ކުޑަ މުސާރަ؛ ސީޒަނަކަށް 155،000 ޔޫރޯގެ އަގަކަށެވެ. އުމުރުން 39 އަހަރުގެ ޑިފެންޑަރު މިއަހަރުގެ ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން ބާސެލޯނާއާ އެކު ކުރު މުއްދަތަކަށް އިތުރު އެއްބަސްވުމަކަށް އާދެވޭތޯ ބެލި ނަމަވެސް، ކުލަބުގެ މާލީ ހާލަތާ ހުރެ އޭނާގެ އެދުން ފުރިހަމަ ކޮށެއް ނުދެވުނެވެ. މިއާ އެކު މިމަހުގެ 30 ގައި އަލްވޭސްގެ ކޮންޓްރެކްޓް ހަމަވުމުން އޭނާ ކްލަބް ދޫކޮށްލާނެ އެވެ.
"އަހަރެންނަށް އަލުން މި (ބާސެލޯނާގެ) ޖޯޒީގައި ކުޅެން ފުރުސަތު ދިން ކަމަށްޓަކައި ކުލަބުގެ ހުރިހާ ސްޓާފުންނަށް ޝުކުރުވެރިވަން، މީހަކަށް އިހުސާސް ނުކުރެވޭނެ އަހަރެން އުފާވާ ވަރެއް،" އަލްވޭސް ސޯޝަލް މީޑިއާއަށް ދޫކޮށްލި އޭނާގެ ވަދާއީ ޕޯސްޓުގައި ލިޔެފައި ވެއެވެ.
"އަހަރެން އުންމީދުކުރަން ކުލަބުގައި ތިބޭ އެންމެން ވެސް (މިހާރު އޮތް ހާލަތުން އަރައިގަނެ)، ކުލަބުގެ ތާރީހު އަލުން ބަދަލު ކޮށްލާނެ ކަމަށް، މިއީ އަހަރެނގެ ހިތުގެ އެންމެ ފުންމިނުން އެދޭ ކަމެއް."
އަލްވޭސް ބާސެލޯނާ އަށް ފުރަތަމަ ބަދަލުވީ ސެވިއްޔާ އިން، 2008 ގަ އެވެ. އޭނާ ޔުވެންޓަސް އަށް ބަދަލުވުމުގެ ކުރިން ވަނީ ބާސެލޯނާގައި ހޭދަކުރި އަށް ސީޒަނުގައި ލަ ލީގާގެ އިތުރުން، ތިން ފަހަރު ޔޫއެފާ ޗެމްޕިއަންސް ލީގާއި ފީފާ ކްލަބް ވޯލްޑް ކަޕް ތަށި އުފުލާލައިފަ އެވެ.
ޔުވެންޓަސް އާއެކު އިޓަލިއަން ލީގު ކާމިޔާބު ކުރުމަށް ފަހު ޖެހިގެން އައި ދެ ސީޒަނުގައި އަލްވޭސް ވަނީ ޕީއެސްޖީ އާއެކު ފްރާންސް ލީގު ވެސް ކާމިޔާބު ކޮށްފަ އެވެ. އަދި އޭނާ ދެވަނަ ފަހަރަށް ބާސެލޯނާއާ ގުޅުނީ ބްރެޒިލްގެ ސައޯ ޕައޮލޯ އަށް ތިން ސީޒަން ކުޅުމަށް ފަހު އެވެ.
މިދިޔަ އަހަރު ކޮޕާ އެމެރިކާ މުބާރާތުގެ ފައިނަލަށް ދަތުރުކުރި ބްރެޒިލް ޓީމުގައި ވެސް ހިމެނުނު އަލްވޭސް ވަނީ ބްރެޒިލް އިން މި މަހު ދެކުނު ކޮރެއާ އާއި ޖަޕާނާ ދެކޮޅަށް ކުޅުނު ރަހުމަތްރެތިކަމުގެ ދެ މެޗުގައި ވެސް ކުޅެފަ އެވެ. އަދި އޭނާ ހުރީ ނޮވެމްބަރު މަހު ގަތަރުގައި ފަށާ ވޯލްޑް ކަޕުގައި ކުޅުމުގެ އުންމީދުގަ އެވެ.
ހަރަދުކުރާނެ ފައިސާ ނެތުމުން ބާސާއިން ގެނައީ އަލްވޭސް
މިހާރު އޮތީ ކުރީގެ ޔުވެންޓަސްއެއް ނޫން: އެންރީކޭ
ބާސެލޯނާ ދޫކޮށް އަލްވެސް ޔުވެންޓަސްއާ ދިމާލަށް
ބާސާ އަށް ހުރިހާ ތައްޓެއް ހޯދޭނެ: ރަފީނިއާ
ޑޮކްޓަރުގެ ކުއްލި މަރާ އެކު ބާސެލޯނާ ހިތާމައިގައި
އުނދަގޫ ހާލަތެއްގައި އޮވެ ލިވަޕޫލާއި ބާސާ މޮޅުވެއްޖެ
އިތުބާރާއެކު މޮޅުވެ ބާސެލޯނާ އެއްވަނައިގައި
ބާސާއަށް ދައްކައިދިނީ އެތުލެޓިކޯގެ ތަފާތުކަން: ސިމިއޯނީ
މޮޑްރިޗަކީ ފުޓްބޯޅައިގެ އަގުހުރި ހަދިޔާއެއް: އަންޗެލޮޓީ
ބާސެލޯނާ އަލުން ލީގުގެ އެއް ވަނަ މަގާމަށް