އެކަކު މަދުކޮށް ކުޅުނު ރެއާލް ސޮސިއެޑާޑާ ވާދަކޮށް 4-0 އިން މޮޅުވެގެން ބާސެލޯނާ ސްޕެނިޝް ލީގު ތާވަލްގެ އެއް ވަނައިގައި މަގާމަށް އަރައިފި އެވެ.
އެކަކު މަދުކޮށް ކުޅުނު ރެއާލް ސޮސިއެޑާޑާ ވާދަކޮށް 4-0 އިން މޮޅުވެގެން ބާސެލޯނާ ސްޕެނިޝް ލީގު ތާވަލްގެ އެއް ވަނައިގައި މަގާމަށް އަރައިފި އެވެ.
މެޗުގެ 17 ވަނަ މިނެޓުގައި ލާސްޓް މޭން ގޮތުގައި ހުރެ ސޮސިއެޑާޑްގެ ޑިފެންޑަރު އަރިޓްޒް އެލުސްޓޮންޑޯ، ބާސާގެ ފޯވާޑް ޑެނީ އޮލްމޯ ވައްޓާލުމުން އޭނާއަށް ރެފްރީ ވަނީ ރަތް ކާޑު ދައްކައިފަ އެވެ.
އިދިކޮޅު ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ޑިފެންޑަރަށް ރަތް ކާޑު ދެއްކުމުން އެޑްވާންޓޭޖް ނަގައި ބާސާ ވަނީ 25 ވަނަ މިނިޓުގައި އޮލްމޯގެ އެސިސްޓަކުން ލީޑު ނަގައިފަ އެވެ. މި ގޯލު ޖަހައިދިނީ ޖެރާޑް މާޓިން އެވެ. އޭގެ ހަތަރު މިނިޓު ފަހުން މާކް ކަސާޑޯ ލީޑު ފުޅާ ކޮށްދިނީ ވެސް އޮލްމޯގެ އެސިސްޓަކުންނެވެ.
ދެ ވަނަ ހާފުގައި ތިންވަނަ ލަނޑު ޖަހައިދިނީ ރޮނާލްޑް އަރައުހޯ އެވެ. އަދި އޭނާގެ އެސިސްޓަކުން ބާސާގެ ހަތަރު ވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ރޮބާޓް ލެވަންޑޯސްކީ އެވެ.
"މިއީ އަހަރެމެން ކުޅެން ބޭނުންވާ ސްޓައިލަކީ. އެންމެ ފުރަތަމަ ވިސްނުމަކަށް ވާން ވާނީ އެޓޭކް ކުރުން. އަހަރެމެން ވަރަށް ބައިވަރު ޕާސް ކުރަން. ރަނގަޅަށް އެޓޭކް ކޮށްފަ އެންމެން ވެސް ތިބީ ގޯލު ޖަހާ ހިތުން،" މެޗުގެ ކުޅުމާ މެދު ހިތްހަމަ ޖެހިފައި ހުރި ބާސާގެ ކޯޗު ހަންސީ ފްލިކް ބުންޏެވެ.
"މި މެޗު ކާމިޔާބު ކުރެވުނީ ވަރަށް ބައިވަރު ކަންކަމުގެ އެހީއާ އެކު. އިދިކޮޅު ޓީމަށް ދެއްކި ރަތް ކާޑު އެއީ އެއް ކަންތައް. އެކަމަކު އަހަރެމެންގެ ކުޅުން ވެސް. ރަތް ކާޑަށް ފަހު އަހަރެމެން މެޗު ޑޮމިނޭޓް ކުރީ. މިއީ އަހަރެމެން ކުޅެން ބޭނުންވާ ގޮތަކީ."
މި ނަތީޖާއާ އެކު ބާސެލޯނާ އެއް ވަނައިގައި އޮތީ 26 މެޗުން 57 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 56 ޕޮއިންޓް ލިބިފައި ވާއިރު ރެއާލް މެޑްރިޑް ތިން ވަނައިގައި އޮތީ 54 ޕޮއިންޓާ އެކު އެވެ.
އެތުލެޓިކޯ އަށް ދެން އޮތީ ރެއާލާ ދެކޮޅަށް ކުޅޭ މެޗެކެވެ. ނަމަވެސް އަންގާރަ ދުވަހުގެ ރޭ ރެއާލްގެ ދަނޑުގައި ކުޅޭ އެ މެޗަކީ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ފުރަތަމަ ލެގު މެޗެވެ. ލީގުގައި ދެން ކުޅޭނީ އަންނަ އާދިއްތަ ދުވަހުގެ ރޭ ގެޓަފޭއާ ދެކޮޅަށެވެ.
ބުދަ ދުވަހުގެ ރޭ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި ބެންފީކާއާ ދެކޮޅަށް ޕޯޗުގަލްގައި ކުޅުމަށް ފަހު ލީގުގައި ބާސެލޯނާ އަންނަ ހޮނިހިރު ދުވަހުގެ ރޭ ނުކުންނާނީ އަމިއްލަ ދަނޑުގައި އޮސަސޫނާއާ ދެކޮޅަށެވެ.
ޑޮކްޓަރުގެ ކުއްލި މަރާ އެކު ބާސެލޯނާ ހިތާމައިގައި
މޮޑްރިޗަކީ ފުޓްބޯޅައިގެ އަގުހުރި ހަދިޔާއެއް: އަންޗެލޮޓީ
ބާސާގެ ނަތީޖާއިން ރެއާލް އާއި އެތުލެޓިކޯ ޕްރެޝަރަށް
"އޮލްމޯ ރަޖިސްޓަރީ ކުރެވޭނެކަމުގެ އުއްމީދު އެބައޮތް"
އެތުލެޓިކޯ އެއްވަނަ އަށް، ތައްޓަށް ވާދަކުރާނެ
ބާސާއަށް ނޮވެމްބަރު ގޯސް، ޑިސެމްބަރު ފެށީ ރަނގަޅަށް
މިލިމީޓަރެއްގެ އޮފްސައިޑުން ބާސާ އަށް ކެހި
އޮސަސޫނާ އިން ބާސާގެ ފުރިހަމަ ފެށުން ހަރާބުކޮށްލައިފި
ޔަމާލަށް ބޮޑު މުސާރައެއް ދޭން ސަޕޯޓަރުން ގޮވާލަނީ
ސީޒަން ފަށާއިރު ބާސާ ތަފާތު ވާނެ: ފްލިކް