އިޒްރޭލުގައި މިހާރު އެކުލަވާލާފައި އޮތް، ގުޅިފައިވާ ޕާޓީތަކުގެ ކޯލިޝަން ސަރުކާރާ މެދު، ގާނޫނު ހަދާ މަޖިލީހުގައި ކުރިމަތިވަމުންދާ ފާޑުކިޔުންތަކާއި، ކޯލިޝަންގެ ބައިވެރިންގެ މެދުގައި ހުރި ދެބަސްވުންތައް ހައްލުކުރުން ދަތިވެ، އެންމެ ފަހުން ގާނޫނު ހަދާ މަޖިލިސް އުވައިލުމަށް، ސަރުކާރުން ނިންމައިފި އެވެ.
އިޒްރޭލުގައި މިހާރު އެކުލަވާލާފައި އޮތް، ގުޅިފައިވާ ޕާޓީތަކުގެ ކޯލިޝަން ސަރުކާރާ މެދު، ގާނޫނު ހަދާ މަޖިލީހުގައި ކުރިމަތިވަމުންދާ ފާޑުކިޔުންތަކާއި، ކޯލިޝަންގެ ބައިވެރިންގެ މެދުގައި ހުރި ދެބަސްވުންތައް ހައްލުކުރުން ދަތިވެ، އެންމެ ފަހުން ގާނޫނު ހަދާ މަޖިލިސް އުވައިލުމަށް، ސަރުކާރުން ނިންމައިފި އެވެ.
ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ދެ ޕާޓީގެ ވެރިން ކަމަށްވާ ބޮޑުވަޒީރު ނަފްތާލީ ބެނެޓް އާއި ޚާރިޖީ ވަޒީރު ޔައީރް ލެޕިޑް، އިއްޔެ ވިދާޅުވި ގޮތުގައި ގާނޫނު ހަދާ މަޖިލިސް އުވާލައި އަވަސް އިންތިޚާބެއް ބޭއްވުމަށް އެ ދެ ބޭފުޅުން މިހާރުވަނީ އެއްބަސްވެވަޑައިގެންފަ އެވެ. ގާނޫނު ހަދާ މަޖިލިސް އުވައިލުމަށް، ސަރުކާރުގެ ފަރާތުން އިސްނަގައިގެން ހުށަހަޅާ ހުށަހެޅުން މިއަންނަ ހަފުތާގެ ތެރޭގައި، ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް، ބޮޑުވަޒީރު ވިދާޅުވި އެވެ.
ގާނޫނު ހަދާ މަޖިލިސް އުވައިލުމަށް އެ މަޖިލީހުން ފާސްކޮށްފި ނަމަ، މަޖިލީހަށް އާ މެންބަރުން އިންތިޚާބުކުރުން އޮންނާނީ މިއަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ. މަޖިލިސް އުވާލައި އާ އިންތިޚާބަކަށް މަގުފަހިވެއްޖެ ނަމަ، އެ އިންތިހާބު ވެގެން ދާނީ، ތިން އަހަރުގެ ތެރޭގައި އެ ގައުމުގައި ބާއްވާ ފަސް ވަނަ އާންމު އިންތިހާބަށެވެ.
ގާނޫނު ހަދާ މަޖިލިސް އުވާލައި އަވަސް އިންތިހާބެއް ބާއްވަން ފާސްކޮށްފި ނަމަ، މިހާރުގެ ބޮޑުވަޒީރު މަގާމުން ވަކިވެ، އާ އިންތިޚާބަށް ފަހު އާ ސަރުކާރެއް އެކުލަވައިލުމާ ހަމައަށް ވަގުތީ ގޮތުން ބޮޑުވަޒީރުކަމާ ހަވާލުވާނީ މިހާރުގެ ޚާރިޖީ ވަޒީރު ޔައީރް ލެޕިޑް އެވެ.
ކުރީގެ ބޮޑުވަޒީރު ބިންޔާމީން ނަތަންޔާހޫގެ 12 އަހަރުވީ ވެރިކަން ނިމުމަކަށް އައީ، އާ ސަރުކާރެއް އެކުލަވައިލުމަށް ދެ އަހަރު ވަންދެން އެތައް ފަހަރެއްގެ މަތިން މަސައްކަތް ކުރުމަށް ފަހު އެވެ. އާ ސަރުކަރު އެކުލަވައިލެވުނީ، މިނިވަން ޚިޔާލާތުގެ ޕާޓީތަކާއި ކަނާތު ފިޔައިގެ ހަރުކަށި ފިކުރުގެ ޕާޓީތަކުގެ އިތުރުން އަރަބި ޕާޓީތައް ގުޅިގެން ކޯލިޝަން ސަރުކާރެއް އުފެއްދުމަށް އެއްބަސްވުމުންނެވެ.
ބޮޑުވަޒީރު ނަފްތާލީ ބެނެޓްގެ ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ގެއްލޭ ހިސާބަށް ކަންތައް ދިއުމާއެކު، އިދިކޮޅު ލީޑަރު ބިންޔާމީން ނަތަންޔާހޫ އާއި އޭނާއާ ގުޅިފައިވާ ޕާޓީތަކުން މިހާރުވަނީ، ގާނޫނު ހަދާ މަޖިލިސް އުވައިލުމަށް ހުށަހަޅަން ނިންމައިފަ އެވެ. އަދި އެކަން މާދަމާ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ވެސް ނަތަންޔާހޫ ވިދާޅުވި އެވެ.
ސޯޝަލް މީޑިއާގައި އާންމުކުރެއްވި ވީޑިއޯއެއްގައި ނަތަންޔާހޫ އިއްޔެ ވިދާޅުވީ ވެރިކަން ކުރާ ކޯލިޝަން ސަރުކާރު ވެއްޓޭ ވާހަކައަކީ، އިޒްރޭލުގެ އެތައް މިލިއަން ރައްޔިތުންނަށް ލިބުނު އުފާވެރި ޚަބަރެއް ކަމަށެވެ.
"ކަނީސަތުގެ ތެރޭގައި ވަރަށް ވަރުގަދަ އަޒުމަކާއި ހިތްވަރާއެކު އިދިކޮޅު ޕާޓީތަކުން އަހަރެއް ވަންދެން ކުރި ހިތްވަރުގެ ސަބަބުންނާއި، އިޒްރޭލުގެ ޢާންމު ރައްޔިތުން އުފުލަންޖެހުނު ތަކުލީފުތަކުގެ ސަބަބުން، އިޒްރޭލުގެ ތާރީޚުގައި ވެސް އުފެދުނު އެންމެ ކަމުނުދާ ސަރުކާރު ނިމުމަކަށް އަތުވެއްޖެކަން މިހާރު އެންމެނަށް ވެސް ސާފުކޮށް އެނގިއްޖެ."
ނަތަންޔާހޫ ވިދާޅުވީ އާ އިންތިޚާބު ބޭއްވުމަށް ފަހު، ލީކޫޑް ޕާޓީ އިސްވެ އޮވެ، އެއްވެސް ތަފާތުކުރުމެއް ނެތި، އިޒްރޭލުގެ ހުރިހާ ރައްޔިތުންނާ މެދު ހަމަހަމަ ގޮތެއްގައި މުއާމަލާތުކުރާ ސަރުކާރެއް ވަރަށް އަވަހަށް އެކުލަވައިލައްވާނެ ކަމަށެވެ.
ނަތަންޔާހޫ އަނެއްކާ ވެސް އިޒްރޭލުގެ ވެރިކަމަށް
ނަތަންޔާހޫގެ އިސްލާހީ އެޖެންޑާ ފަސްކޮށްލައިފި
އިޒްރޭލުގެ ދިފާއީވަޒީރު ވަކިކުރުމުން މުޒާހަރާ ހޫނުވެއްޖެ
އިޒްރޭލުގެ ދިފާއީ ވަޒީރު ވެސް ނަތަންޔާހޫއާ ދެކޮޅަށް
އިޒްރޭލު ރައްޔިތުން ދެކޮޅު ހަދާ ބިލުތައް ބަލައިގެންފި
ނަތަންޔާހޫއާ ދެކޮޅު މުޒާހަރާގައި ބައި މިލިއަން
އިޒްރޭލުގެ ވައިގެ ސިފައިން ވެސް ނަތަންޔާހޫއާ ދެކޮޅަށް
ނަތަންޔާހޫގެ ސަރުކާރާ ދެކޮޅު މުޒާހަރާ ފުޅާވަނީ
އިޒްރޭލު ސަރުކާރާ ދެކޮޅު މުޒާހަރާ 5 ވަނަ ހަފުތާއަށް
ބްލިންކެންގެ ދަތުރު ހުސް އަތާ ނިންމާލައިފި