Roadha Mihaaru
ތާޕްސީ ކްރިކެޓް ކުޅޭ ފިލްމުގެ ޓްރެއިލާ ނެރެފި

ތާޕްސީ ކްރިކެޓް ކުޅޭ ފިލްމުގެ ޓްރެއިލާ ނެރެފި

22 ޖޫން 2022

އިންޑިއާގެ އަންހެން ކްރިކެޓް ޓީމުގެ ކެޕްޓަން މިތާލީ ރާޖްގެ ހަޔާތަށް ހަދާ ފިލްމު "ޝާބާޝް މިތޫ"ގެ ޓްރެއިލާ އާންމުކޮށްފި އެވެ.

އިންޑިއާގެ އަންހެން ކްރިކެޓް ޓީމުގެ ކެޕްޓަން މިތާލީ ރާޖްގެ ހަޔާތަށް ހަދާ ފިލްމު "ޝާބާޝް މިތޫ"ގެ ޓްރެއިލާ އާންމުކޮށްފި އެވެ.

އެ ފިލްމުގައި މިތާލީގެ ރޯލުން ފެންނަނީ ތާޕްސީ ޕަންނު އެވެ.

ގާތްގަނޑަކަށް ދެ މިނެޓުގެ އެ ޓްރެއިލާގައި މިތާލީ އަށް ކުރިއަށް ދިއުމަށް ކުރިމަތިވާ ގޮންޖެހުންތައް ކުރުގޮތަކަށް ދައްކަ އެވެ.

އާންމުންގެ އިތުރުން އިންޑިއާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ، ސަޗިން ތެންޑުލްކާރު ވެސް ވަނީ ޓްރެއިލާ އަށް ފަހު، އެ ފިލްމުގެ ޓީމަށް ތައުރީފުކޮށްފަ އެެވެ.

ސަޗިން ބުނި ގޮތުގައި މިތާލީ އަކީ އެތައް މިލިއަން ބަޔަކު އެމީހުންގެ ހުވަފެން ހަގީގަތަކަށް ހެދުމަށް އިންސްޕަޔާ ކުރި މީހެކެވެ. އަދި ފިލްމު ބަލަން ކެތްމަދުވެފައިވާ ކަމަށް އޭނާ ބުންޏެވެ.

އެ ފިލްމު ރިލީޒްކުރާ ގޮތަށް އޮތީ އަންނަ މަހުގެ 15 ގަ އެވެ.

ސްރިޖިތު ގޮސްވާމީ ޑައިރެކްޓްކުރި އެ ފިލްމު ޕްރޮޑިއުސްކުރާނީ ވިއަކޮމް 18 ސްޓޫޑިއޯ އިންނެވެ.

އުމުރުން 39 އަހަރުގެ މިތާލީ އަކީ އިންޑިއާގައި އުފެދުނު އެންމެ މޮޅު އަންހެން ކްރިކެޓް ކުޅުންތެރިޔާ އެވެ. އޭނާގެ 23 އަހަރުގެ ކެރިއަރުގައި ވަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދައިފަ އެވެ.