25 ޖޫން 2022
ރައްޔިތުން މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ކަމަށް ބެލެވޭ މީހެއްގެ ބަރަހަނާ މަންޒަރު ފެންނަ ފޮޓޯއެއްގެ މައްސަލަ ފުލުހުން މިއަދު ބަލަން ފަށައިފި އެވެ.
ރައްޔިތުން މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ކަމަށް ބެލެވޭ މީހެއްގެ ބަރަހަނާ މަންޒަރު ފެންނަ ފޮޓޯއެއްގެ މައްސަލަ ފުލުހުން މިއަދު ބަލަން ފަށައިފި އެވެ.
ހުސެއިންގެ ބަރަހަނާ ފޮޓޯއެއްގެ މައްސަލަ ބަލަމުންދޭތޯ ފުލުހުންގެ މީޑިއާގެ ވަޓްސްއެޕް ގްރޫޕުގައި ނޫސްވެރިއަކު ސުވާލުކުރުމުން ފުލުހުން ބުނީ އެ މައްސަލަ އެ އިދާރާގެ ސަމާލުކަމަށް އައިސްފައި ވާތީ، އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
އެ މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން ނުދެ އެވެ.
ސޯޝަލް މީޑިއާގައި އިއްޔެ އާންމުވި އެ ފޮޓޯގައި ފެންނަނީ އަނދުން ހުސެއިން ކަމަށް ބެލެވޭ މީހަކާއި އަންހެނަކާއި އިތުރު ފިރިހެނަކު ބަރަހަނާ ހާލުގައި އެނދެއްގެ މަތީގައި ތިއްބަ އެވެ.
އެ މައްސަލަ ބަލަމުން އަންނައިރު، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު، ގާނޫނީ ވަކީލު ނާޒިމް ސައްތާރު އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް އާންމުވި މައްސަލަ ވެސް ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ. އެ މައްސަލައިގައި ނާޒިމްގެ ޕާސްޕޯޓް ވެސް މިއަދު ވަނީ ހިފަހައްޓައިފަ އެވެ.
އެ ވީޑިއޯ އާންމުވުމާ އެކު ފުލުހުން ބުނީ، އެ ވީޑިއޯގެ މައްސަލަ އާއި އެފަދަ ވީޑިއޯތަކެއް ބޭނުންކޮށްގެން ގިނަ ބަޔަކު ބްލެކްމެއިލް ކުރާ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
ޗެނަލްތަކަށް ވަތް މީހުންނަށް ފިޔަވަޅު އަޅާނެ: ފުލުހުން
ބަރަހަނާ މަންޒަރުތައް އާންމުކުރީ ވަނަވަރު އެނގޭ ގޮތަށް
ބަރަހަނާ ފޮޓޯ/ވީޑިއޯ ލައްކައިން، ކުޑަކުދިން ހިމެނޭ
ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ވިއްކާ ބަޔަކު ހައްޔަރުކޮށްފި
ޗައިލްޑް ޕޮނޮގްރަފީ ބެލުން ރާއްޖޭގައި އާންމުވެއްޖެ!
އަނިޔާކުރީ ސަސްޕެންޑްކޮށްފައި ހުރި ޓީޗަރަކަށް
ބަރަހަނާ ވީޑިއޯތައް 10 މިލިއަނަށް ވިއްކަން އުޅުނު!
ބަރަހަނާ ވީޑިއޯ ލީކުކުރި ބަޔަކު ދެނެގަނެވިއްޖެ: ޕޮލިސް
ބައްދަލުވުމެއްގައި ބަރަހަނާ މަންޒަރު ދެއްކި މައްސަލައެއް
ހަރުކަށި އަމަލުތަކުގެ ކުއްލި މައްސަލައެއް މަޖިލީހަށް