26 ޖޫން 2022
އިންޓަނޭޝަނަލް ޑޭ އޮފް ޔޯގާ ފާހަގަނުކުރުމަށް، އިސްލާމިކް މިނިސްޓްރީން އަދި ދައުލަތުގެ އެއްވެސް އިދާރާއަކުން އަންގާފައި ނެތް ކަމަށް ޔޫތު މިނިސްޓްރީން ބުނެފި އެވެ،
އިންޓަނޭޝަނަލް ޑޭ އޮފް ޔޯގާ ފާހަގަނުކުރުމަށް، އިސްލާމިކް މިނިސްޓްރީން އަދި ދައުލަތުގެ އެއްވެސް އިދާރާއަކުން އަންގާފައި ނެތް ކަމަށް ޔޫތު މިނިސްޓްރީން ބުނެފި އެވެ،
އެ މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް ޔޯގާ ޑޭ ފާހަގަކޮށްފައިވަނީ ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނާއި ޔޫތު މިނިސްޓްރީއާ ގުޅިގެން ކަމަށެވެ. އަދި އެ ހަރަކާތް ކުރިއަށް ގެންދިޔައީ 2014 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް އެ ދުވަސް ފާހަގަކުރާ އުސޫލުގެ ދަށުން ކަމަށެވެ.
އެ ބަޔާނުގައި ބުނެފައިވަނީ 2014 އިން ފަށައިގެން އެ މިނިސްޓްރީން ޔޯގާ ޑޭގެ ހަރަކާތުގައި ބައިވެރިވަމުން އަންނަނީ ޔޯގާއަކީ ކުޅިވަރާއި ކަސްރަތުގެ ތެރޭގައި ހިމަނާފައިވާ ކަމަކަށް ވާތީ އެހެން ހުރިހާ ގައުމުތަކުގައި ވެސް ކުޅިވަރު މިނިސްޓްރީން ބައިވެރިވެފައިވާ އުސޫލުން ކަމަށެވެ.
"އިންޓަނޭޝަނަލް ޑޭ އޮފް ޔޯގާ ފާހަގަނުކުރުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އަދި ދައުލަތުގެ އެއްވެސް އިދާރާއަކުން މި މިނިސްޓްރީއަށް އަންގާފައެއް ނުވެއެވެ،" ބަޔާނުގައިވެ އެވެ. "ކަނޑައެޅިގެން އިސްލާމްދީނުގައި ހަރާމްކުރައްވާފައިވާ ކަންކަމާއި ދިވެހިރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފުވާނެ އެއްވެސް ކަމެއް މި މިނިސްޓްރީގެ ފަރާތުން ނުހިންގާނެ ކަމުގެ ޔަގީންކަން އަރުވަމެވެ،"
ބަޔާނުގައި ބުނެފައިވަނީ ބައެއް މައްސަލަތަކަކީ އިލްމުވެރިންގެ މެދުގައި ހިލާފު އުފެދިފައިވާ ކަންތައްތަކެއް ކަމުން ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން މި ފަދަ މައްސަލަތަކާ ގުޅޭގޮތުން ކަމާގުޅޭ އިދާރާތަކުން ސާފުކޮށް ރައުޔު ކަނޑައެޅުމަކީ މުހިންމު ކަމެއް ކަމުގައި ދެކޭ ކަމަށެވެ.
ޔޯގާ އިވެންޓާ ދެކޮޅު ހެދުމަށް އެއްވެ ތިބި މީހުން ގަލޮޅު ދަނޑުކުރިމަތީގައި -- ފޮޓޯ
ޔޫތު މިނިސްޓްރީން މިހެން ބުނި ނަމަވެސް ޔޯގާ ހެދުން އިސްލާމީ ޝަރީއަތާ ހިލާފު ކަމަށާއި އެ ކަން ކުރާ ފަރާތްތައް ދެނެގަނެ ފިޔަވަޅު އެޅުމަށް އިސްލާމިކް މިނިސްޓްރީން ފުލުހުންނަށް އަންގާފައިވާކަން ވަނީ ހާމަވެފަ އެވެ.
މިދިޔަ އަންގާރަ ދުވަހުގެ ހެނދުނު 6:30 ހާއިރު ޔޯގާ ހަރަކާތް ކުރިއަށް ދަނިކޮށް ބަޔަކު ވަދެ އިންޒާރު ދީ ތަކެއްޗަށް ގެއްލުންދީފައިވެ އެވެ. އެ މައްސަލާގައި މިހާތަނަށް 11 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
އިސްލާމިކް މިނިސްޓްރީގެ ސިޓީއާ ގުޅިގެން ފުލުހުން ވެސް މާ ބޮޑު ފިޔަވަޅެއް އަޅާފައި ނުވާއިރު ޔޯގާ ހަރަކާތް ހުއްޓުވުމަށް އެ މުއައްސަސާގެ އިހުމާލު އޮތް ކަމަށް ވެސް ތުހުމަތުކުރެ އެވެ. އެކަމާ ގުޅިގެން އިންޓާނަލް ރިވިއުއެއް ހަދާނެކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ޔޯގާގެ މައްސަލަ މިހާ ގޯސްވާނެކަމަށް އަންދާޒާ ނުކުރެވުނު
ޔޯގާ ހަމަނުޖެހުން: މިނިސްޓްރީ އާއި ފުލުހުން މަޖިލީހަށް
ފަތުވާ މަޖިލިސް ހަރަކާތްތެރިކުރުވަން ޝަހީމް ގޮވާލައިފި
ޔޯގާ ހަރާމް ކަމަށް ބުނެ ޝޭހުންތަކެއް ފަތުވާ ނެރެފި
ޔޯގާއަކީ ކުފުރެއް، އެކަން ހުއްޓުވައިދޭން އަދާލަތުން އެދިއްޖެ
"ޔޯގާ ހަރާން ކަމަށް ސާފުކޮށް ބުނެފިނަމަ ނުކުރާނަން"
ޔޯގާގެ ސެކިއުރިޓީގެ މައުލޫމާތު ދިނިން: މަހްލޫފު
ޔޯގާއާ ބެހޭ ފަތުވާ ނެރުނީ އުސޫލާ ހިލާފަށް: މިނިސްޓްރީ
ޔޯގާއަކީ ދީނާ ހިލާފު ކަމެއް: އިސްލާމިކް މިނިސްޓްރީ
ޝޭހް ފަޒްލޫނާއި ނިޝާންގެ ހުއްދަ ހިފަހައްޓައިފި