26 ޖޫން 2022
ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކްލަބް ގްރީން ސްޓްރީޓްސް އިން 1-0 އިން ޓީސީ ސްޕޯޓްސް ކުލަބް ބަލިކޮށް، މޮޅަކާ އެކު ދެ ވަނަ ބުރު ނިންމާލައިފި އެވެ.
ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކްލަބް ގްރީން ސްޓްރީޓްސް އިން 1-0 އިން ޓީސީ ސްޕޯޓްސް ކުލަބް ބަލިކޮށް، މޮޅަކާ އެކު ދެ ވަނަ ބުރު ނިންމާލައިފި އެވެ.
ލީގު ފުރަތަމަ ބުރުގައި ޓީސީން ވަނީ ހަމަ މި ނަތީޖާއިން ގްރީން ބަލިކޮށްފަ އެވެ. މިއަދުގެ މޮޅާ އެކު ގްރީން ވަނީ ހަތަރު ވަނައިގައި އޮތް ޓީސީ ސްޕޯޓްސްއާ އެއްވަރުކޮށް؛ 17 ޕޮއިންޓް ހަމަކޮށް ފަސްވަނައަށް ޖެހިލައިފަ އެވެ. ޓީސީ ކުރީގައި އޮތީ ފައިދާ ގޯލުގެ ތަފާތުންނެވެ.
ގްރީންގެ ހަމައެކަނި ލަނޑު މެޗުގެ ފުރަތަމަ ހާފުގައި ލިބުނު ޕެނަލްޓީއަކުން ޖަހައިދިނީ ކެޕްޓަން ރިލްވާން ވަހީދު (ރިލޭ) އެވެ. މެޗުގެ 23 ވަނަ މިނިޓުގައި ރިލޭ ކާމިޔާބުކުރި މި ޕެނަލްޓީއަކީ ގްރީންގެ ފޯވާޑް، ހުއާން ކާލޯސް އަށް ޓީސީގެ އަހުމަދު ރިލްވާން (ބެން) ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.
ރިލޭ ވަނީ މިދިޔަ ހަފްތާގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ކޮޅަށް ވެސް ހިތްގައިމު ލަނޑެއް ޖަހައިދީފަ އެވެ.
ރިލޭ ގްރީން އަށް ލީޑު ނަގައިދިންތާ ހަތް މިނިޓު ފަހުން ޓީސީ އަށް ވެސް ނަތީޖާ އެއްވަރުކުރަން ވަނީ ޕެނަލްޓީއެއް ލިބިފަ އެވެ. ނަމަވެސް ޓީސީގެ މިސްރު ފޯވާޑް އޮމަރު ސަލާހު ފޮނުވާލި ޕެނަލްޓީ ގްރީންގެ ޕާކިސްތާނު ކީޕަރު ސާގިބް ހަނީފް ވަނީ ހުށިޔާރު ކަމާއެކު ދިފާއު ކޮށްފަ އެވެ.
މެޗުގެ ވަރަށް ކުރީކޮޅު ގްރީންގެ ހަސަން ނަޒީމް (ޗޯޓު) ވަނީ ނުރައްކާތެރި ހަމަލާއެއް ޓީސީގެ ގޯލާ އަމާޒުކޮށް ފޮނުވާލައިފަ އެވެ. ނަމަވެސް ޓީސީގެ ލަންކާ ކީޕަރު ސުޖަން ޕެރޭރާ އަތުގައި ޖެހިފައި އެ ބޯޅލަ އަމާޒުވީ ގޯލު ދަނޑިއަށެވެ.
މެޗު ނިމެން 15 މިނިޓަށް ވެފައި ވަނިކޮށް ޓީސީން ވަނީ އޭރިއާ ކައިރިން ލިބުނު ހިލޭޖެހުމަކުން ގްރީންގެ ގޯލަށް ނުރައްކާ ކޮށްފަ އެވެ. އެޓީމުގެ ހަމްދޫން އަބްދުއްލަތީފް ފޮނުވާލި ހިލޭޖެހުން އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ގްރީން އަށް ޕެނަލްޓީ ހޯދައިދިން ހުއާން ކާލޯސް އެވެ.
މިއީ ގްރީން ސްޓްރީޓްސް ލީގު ދެވަނަ ބުރުގައި ހޯދި ހަތަރުވަނަ މޮޅެވެ. އޭޝިއަން ކަޕް ކޮލިފައިން އަށް މިދިޔަ މެއި މަހު ލީގު މެދުކަނޑާލުމުގެ ކުރިން ގްރީން ވަނީ އެންމެ ފަހުން ޖެހިޖެހިގެން ކުޅުނު ދެ މެޗުން؛ އީގަލްސް އަދި މާޒިޔާ އަތުން ބަލި ވެފަ އެވެ. ނަމަވެސް ބްރޭކަަށް ފަހު ދެވަނަ ބުރުގެ ބާކީ ދެ މެޗު ވެސް ކާމިޔާބުކޮށް ގްރީން އިން މިވަނީ ލީގުގައި އިތުރު ހިތްވަރެއް ހޯދައިފަ އެވެ.
ލީގުގައި މިރޭ ބައްދަލުކުރާނީ ސަސް އާއި، ފަސް ޕޮއިންޓުގެ ލީޑަކާ އެކު ލީގު އެއްވަނައިގައި އޮތް މާޒިޔާއާ އެވެ. މާޒިޔާ ލީގުގައި މިހާތަނަށް ބަލިވެފައި ވަނީ ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި އީގަލްސް އަތުންނެވެ.
ލީގު މެދުކަނޑާލިތާ 79 ދުވަސް ފަހުން މާދަމާ ފަށަނީ
ގޯތީގެ ގުރަށްފަހު ގަލޮޅު ދަނޑުގައި އަލުން ލީގު ފަށަނީ
ރޯގާއާހުރެ ގްރީން އަށް ވެސް ނުކުޅެވުނު، މެޗު ޓީސީއަށް
ގްރީން ސްޓްރީޓްސް ބަލިކޮށް ޓީސީ ކުރިއަށް ޖެހިލައިފި
ސަޕޯޓަރުން ނެތި ފުޓްބޯޅައިގައި އުފަލެއް ނެތް: މިލޯ
ބިދޭސީ ހަ ކުޅުންތެރިންނަށް ޖާގަ ދޭން ވިސްނަނީ
ޓީސީ ބަލިކޮށް ގްރީންއިން ގަދަ ހަތަރެއް ޔަގީންކޮށްފި
ކްލަބްތަކުން ކުރި މަސައްކަތް އަގުވަޒަނެއް ނުކުރެވޭ
މާޒިޔާ އިން ޓީސީ ބަލިކޮށް، ފަހު މެޗު ގަދަ ހިފުމަކަށް
ތިންވަނަ މަގާމާ އެކު ސަސް އަށް ލީގު ނިމިއްޖެ