ބެލްޖިއަމްގައި ދިރިއުޅޭ އަންހެނަކު ޖަޕާނުގެ ވެރިރަށް ޓޯކިޔޯގެ އަވަށެއްގެ މޭޔަރަކަށް ހޮވައިފި އެވެ.
ބެލްޖިއަމްގައި ދިރިއުޅޭ އަންހެނަކު ޖަޕާނުގެ ވެރިރަށް ޓޯކިޔޯގެ އަވަށެއްގެ މޭޔަރަކަށް ހޮވައިފި އެވެ.
ސަޓޯކޯ ކިޝިމޯޓޯ ކިޔާ އުމުރުން 41 އަހަރުގެ އެ އަންހެން މީހާ ބެލްޖިއަމްގައި ދިރިއުޅޭތާ 10 އަހަރު ވެއްޖެ އެވެ. ބެލްޖިއަމްގެ ލޫވެން ސިޓީގައި ސަޓޯކޯ ދިރިއުޅެނީ އޭނާގެ ފިރިމީހާ އާއި ދެ ކުދިންނާ އެކު އެވެ.
ޓޯކިޔޯގެ އަވަށެއް ކަމަށްވާ ސުގިނާމީގެ މޭޔަރަކަށް އޭނާ އިންތިހާބުކުރީ ކޮވިޑް-19ގެ ދުވަސްތަކުން ފެށިގެން ސޯޝަލް މީޑިއާގައި ހިންގި ބޮޑު ކެމްޕެއިނަކަށް ފަހު އެވެ. އޭނާ އެ އިންތިހާބު ކާމިޔާބުކުރީ، ކުރިން އެ މަގާމުގައި ހުރި މީހާއާ ވާދަކޮށް، 200 ވޯޓުގެ ތަފާތަކުންނެވެ.
"ކޮވިޑް-19ގެ ދުވަސްވަރު ހުރިހާ ކަމެއް އޮންލައިންކޮށް ކުރަން ޖެހުނު ދުވަސްވަރު ސަޓޯކޯ ލޫވެންގައި ހުރެ ޖަޕާނުގެ ވަރަށް ގިނަ އޮންލައިން ބަހުސްތަކުގައި ބައިވެރިވި،" އޭނާގެ ފިރިމީހާ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.
އޭނާ އަކީ ސިޔާސީ ކަންކަމަށް ވަރަށް ޝައުގުވެރިކަން ހުންނަ އަދި އެމްސްޓަޑާމްގައި ސިޔާސީ ކަންކަން ދިރާސާ ތިންކް ޓޭންކެއް ކަމަށްވާ ޓްރާންސްނޭޝަނަލް އިންސްޓިޓޫޓްގައި މަސައްކަތްކޮށްފައި ހުރި މީހަކަށް ވުމުން ސިޔާސީ ކަންކަމާ ގުޅޭ ގޮތުން ތަޖުރިބާ ހުރި މީހެއް ކަމަށް ވެސް ބުންޏެވެ.
"މޭޔަރު ކަމުގެ އިންތިހާބުގައި ވާދަކުރަން އޭނާ ނިންމީ އެ ބަހުސްތަކުން އޭނާގެ މަގުބޫލުކަން އިތުރުވެ، އެ އަވަށުގެ މޭޔަރަކަށް ވާދަކުރަން އާންމުން އެދުމުން،" އޭނާ ބުންޏެވެ.
ސަޓޯކޯ ވަނީ މީގެ ކުރިން 25 އަހަރު ވަންދެން ޖަޕާނުގައި ދިރިއުޅެފަ އެވެ. އެހެންވެ، އެތަނުގެ މީހުންގެ ހިޔާލައި ފިކުރު ހުންނަ ގޮތް އޭނާ ދަނެ އެވެ. އަދި އޭނާގެ ހިތުގައި އެ ގައުމަށް ހާއްސަ ލޯތްބެއް ވެސް އޮވެ އެވެ. އޭނާ ބެލްޖިއަމްގައި ދިރިއުޅެން ފެށުމުގެ ކުރިން ނެދަލޭންޑްސްގައި ވެސް ދިރިއުޅުނެވެ.
ގުޅުން ބަދަހިކުރުމަށް ދެކުނު ކޮރެއާގެ ރައީސް ޖަޕާނަށް
އެމެރިކާ އާއި ޖަޕާންގެ އަސްކަރީ ގުޅުން ވަރުގަދަކޮށްފި
ޓޯކިޔޯއިން މީހުން މަދުކުރަން ޖަޕާނުން ފިޔަވަޅު އަޅައިފި
ޓޯކިޔޯގައި ކަރަންޓް މަދުން ބޭނުންކުރަން އަންގައިފި
ޔޫކްރޭން ހަނގުރާމައާ އެކު ދުނިޔެ ބަނަވެއްޖެ: ބައިޑެން
ލަންކާގެ ސަފީރު އަބްދުއްރައްޒާގު އީޔޫ އަށް ބަދަލުކުރަނީ
ޖަޕާނުގެ އާ ބޮޑުވަޒީރުގެ އިމްތިހާނީ އިންތިހާބު ކުރިއަށް
ޖަޕާނުގެ 100 ވަނަ ބޮޑުވަޒީރު ކަމަށް، ފުމިއޯ ކިޝީޑާ
ޖަޕާނުގެ ބޮޑުވަޒީރަކަށް ދެން ވާނީ ފުމިއޯ ކިޝީޑާ
އެންމެ މަގުބޫލު ސިޓީ އަކީ ސެން ފްރާންސިސްކޯ