Roadha Mihaaru
ޓޯކިޔޯއިން މީހުން މަދުކުރަން ޖަޕާނުން ފިޔަވަޅު އަޅައިފި

ޓޯކިޔޯއިން މީހުން މަދުކުރަން ޖަޕާނުން އާއިލާތަކަށް ފައިސާ ދެނީ

03 ޖެނުއަރީ 2023

ޓޯކިޔޯ (ޖެނުއަރީ 3) - ޓޯކިޔޯ އަށް މީހުން ގިނަވަމުންދާތީ އެ ސިޓީ ދޫކޮށް އެހެން ސަރަހައްދުތަކަށް އާއިލާތައް ހިޖުރަކުރުމަށް ބާރު އެޅުމުގެ ގޮތުން ޖަޕާންގެ ސަރުކާރުން ފިޔަވަޅުތަކެއް އަޅައިފި އެވެ.

ޓޯކިޔޯ (ޖެނުއަރީ 3) - ޓޯކިޔޯ އަށް މީހުން ގިނަވަމުންދާތީ އެ ސިޓީ ދޫކޮށް އެހެން ސަރަހައްދުތަކަށް އާއިލާތައް ހިޖުރަކުރުމަށް ބާރު އެޅުމުގެ ގޮތުން ޖަޕާންގެ ސަރުކާރުން ފިޔަވަޅުތަކެއް އަޅައިފި އެވެ.

ޓޯކިޔޯ ދޫކޮށް އެ ގައުމުގެ އެހެން ސަރަހައްދުތަކަށް ބަދަލުވާ އާއިލާގެ ކޮންމެ ކުޑަ ކުއްޖެއްގެ ބޮލަށް އެއް މިލިއަން ޔެން (7،500 ޑޮލަރު) ދޭން އެ ގައުމުގެ ސަރުކާރުން ވަނީ ނިންމައިފަ އެވެ.

މިދިޔަ އަހަރު ޓޯކިޔޯގެ އާބާދީ ދަށަށް ދިޔަ އެވެ. އެއީ ކޮވިޑް-19 އާ ގުޅިގެން ގަިނަ ބަޔަކު އެ ސިޓީ ދޫކޮށް އެހެން ސިޓީތަކަށް ބަދަލުވުމުންނެވެ. ޓޯކިޔޯގެ އާބާދީ އަދިވެސް މަދު ކުރަން ޖެހޭ ކަމަށް ސަރުކާރުން ނިންމައި، ޓޯކިޔޯގައި މީހުން ގިނަ ހިސާބުތަކުން އެހެން ސިޓީތަކަށް ބަދަލުވާ އާއިލާތަކަށް ފައިސާ ދިނުމަށް ވަނީ ނިންމައިފަ އެވެ.

ޖަޕާންގައި އަލަށް އުފަންވާ ކުދިންގެ ރޭޓް މަދުވަމުން ދާތީ އެކަމަށް ބާރު އެޅުމުގެ ގޮތުން ވެސް މި ޕެކޭޖުގައި ފިޔަވަޅުތައް އެޅުމަށް ވަނީ ނިންމައިފަ އެވެ. އެގޮތުން ޓޯކިޔޯގައި މީހުން ގިނަ ހިސާބުތަކުން ކުޑަ ދެ ކުދިން ތިބޭ އާއިލާތަކުން އެހެން ހިސާބުތަކަށް ބަދަލުވާނަމަ އެ އާއިލާތަކަށް ތިން މިލިއަން ޔެން (23،000 ޑޮލަރު) ދިނުމަށް ވެސް ވަނީ ނިންމައިފަ އެވެ.

އޮންލައިންކޮށް ވަޒީފާ އަދާ ކުރެވެން ނެތް ފަރާތްތަކަށް ބަދަލުވާ ސަރަހައްދުން މެދުފަންތީގެ ކުންފުނިތަކުގައި ވާޒީފާ އަދާ ކުރާނަމަ ނުވަތަ އަމިއްލަ މަސައްކަތެއް ފެށުމަށް ވެސް އިތުރު އެލެވެންސްތައް ދިނުމަށް ވަނީ ނިންމައިފަ އެވެ.

ޖަޕާންގެ އެހެން ސަރަހައްދުތަކުގައި މީހުން ނުޅޭ ގިނަ ގެ ތަކާއި ފްލެޓްތައް ވެސް ހުރުމުން ސަރުކާރުގެ ބޭނުމަކީ އެ ސަރަހައްދުތަކުގައި ވެސް މީހުން ވަޒަންވެރިކުރުވުމެވެ.