01 ޖުލައި 2022
އެމްޑީޕީގެ ބައެއް ބޭފުޅުން ހިތްހަމަޖެހިވަޑައިނުގަތަސް ދައުލަތުގެ މާލީ މައްސަލަތައް ނުބަލައި މިނިސްޓަރުގެ އަތް މައްޗަށް ދޫކޮށްލައިގެން ނުހުންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ބައެއް ބޭފުޅުން ހިތްހަމަޖެހިވަޑައިނުގަތަސް ދައުލަތުގެ މާލީ މައްސަލަތައް ނުބަލައި މިނިސްޓަރުގެ އަތް މައްޗަށް ދޫކޮށްލައިގެން ނުހުންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
މަޖިލީހުގައި ނަޝީދު ވިދާޅުވީ ރާއްޖެ އާއި ސްރީ ލަންކާގެ ތެލުގެ ރިޒާވް ބަލައި އޮޅުންފިލުވައިގެން ނޫނީ އެ މަނިކުފާނު ރިޔާސަތުގައި ނީންނަވާނެ ކަމަށެވެ.
އަބަދުވެސް ގެންދަވާނީ ރާއްޖޭގެ މާލީ ހާލަތު ކައިރިން ބަލަމުން ކަމަށާއި "ލޯމަރާލައިގެން" މިނިސްޓަރަށް ދޫކޮށްލައިގެން ނުހުންނަވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"ރާއްޖޭގައި ބޭނުން ކުރެވެން ހުރި ރިޒާވާއި ގްރޮސް ރިޒާވާއި ދަރަނި އަނބުރާ އަދާކުރުމުގެ ގާބިލްކަން ހުރި މިންވަރާއި ދިވެހިންނަށް ކާޑު ލިބޭނެތޯ ނުވަތަ ނުލިބޭނެތޯ އެއްގޮތަކަށް ވެސް ދެކިވަޑައިނުގަންނަވާތި އެއީ ވަޒީރު ބޭފުޅެއްގެ އަތްމައްޗަށް ނުވަތަ އެހެންވެސް ބޭފުޅެއްގެ އަތް މައްޗަށް ދޫކޮށްލައި އަޅުގަނޑު ލޯމަރާލައިގެން ހުންނާނެ ބާވަތުގެ ކަމެއް ކަމަށް،" ނަޝީދު ވިދާޅުވި އެވެ.
އެފަދަ ވާހަކަ ދެއްކެވުމަކީ އެމަނިކުފާނުގެ ރަހުމަތްތެރިންނާއި ޕާޓީ މެމްބަރުން އަދި ތާއީދު ކުރައްވާ ބައެއް ބޭފުޅުން ވެސް ހިތްހަމަނުޖެހޭ ކަމަކަށް ވީ ނަމަވެސް އެ ވާހަކަ ދައްކަވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގައި މާލިއްޔަތު ކޮމިޓީ އާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާ ގުޅޭ ކޮމިޓީއެއް އޮންނައިރު ބޭނުންވާ ފުން މިނެއްގައި ކަންކަން ބެލުމުގެ ގާނޫނީ ބާރުވެރިކަން އެ ކޮމިޓީތަކަށް ލިބިގެންވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ނަމަވެސް އެކަންކަން ބެލުމުން ސަރުކާރަށް އުނދަގޫވެދާނެތީ އަދި އެ މައްސަލަތައް ބަލައިފި ނަމަ ސަރުކާރުގެ ނުރުހުން މެމްބަރަކަށް ރައްދުވެދާނެތީ އެކަންކަން ދޫކޮށްލާފައި އޮންނަ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"ބައެއް ފަހަރަށް މެމްބަރުން ވިދާޅުވެ އެކަމާ ގުޅިގެން އެ ބޭފުޅުންގެ އެހެން ސިޔާސީ ކަންކަމަށް ބުރޫއަަރާ ކަމަށް. އެއީ ދެރަ ކަމެއް އަޅުގަނޑުމެން އެހެން ގައުމުތަކުން ވެސް މި މަންޒަރު ދެއްކިއްޖެއާމުން،" ނަޝީދު ވިދާޅުވި އެވެ.
ރާއްޖޭގެ ކާޑާއި ތެލާއި ބޭހުގެ ރިޒާވާ ގުޅޭ ގޮތުން މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީން ވަނީ ފަސް މަސް ދުވަހުގެ ރިޒާވް ހުރި ކަމަށް ބެލެވޭ ކަމަށް ވިދާޅުވެފަ އެވެ.
އެ މައުލޫމާތަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި ހުންނާނެ މައުލޫމާތެއް ކަމަށާއި އެއީ ހާމަ ކުރެވޭ މައުލޫމާތެއް ނޫން ކަމަށް ވެސް އަމީރު ވިދާޅުވި އެވެ.
އެ މައްސަލާގައި ނަޝީދު ވަނީ އެ ޖަވާބު ބަލައި ނުގަނެ އަލުން ޖަވާބު ފޮނުވުމަށް ފިނޭންސް މިނިސްޓަރަށް އަންގައިފަ އެވެ.
އަމީރު ވަނީ ގާނޫނުއަސާސީއާ ހިލާފުވެފައި: ޑިމޮކްރެޓްސް
ފައިސާ ޗާޕްކުރުމުގެ ހުއްދައާ މެދު ގޮތެއް ނުނިމުނު؟!
ބަޖެޓަކީ ޅޮސް ލަކުޑި ކަމަށް ނަޝީދު ސިފަކުރައްވައިފި
އަޅުގަނޑަކީ ސަރުކާރުގެ ބައިވެރިއެއް ނޫން: ނަޝީދު
ކޮރަޕްޝަން ނުހިންގާ ކަމުގެ ޔަގީންކަން ދެން: ފައްޔާޒު
އެމްއެމްއޭއިން ފައިސާ ނަގަން ސަރުކާރަށް ހުއްދަދީފި
ނަޝީދުގެ މައްސަލަ ނުފެށި ކޮމިޓީގައި 2 އަހަރު!
"ރުހުން ނުދިނުމާ ގުޅެނީ ނަޝީދަށް މަގާމު ގެއްލުން"
ޑިމޮކްރެޓުންގެ ހަޅޭކުގެ ތެރޭ ދެ ބަޖެޓު ހުށަހަޅައިފި
ނަޝީދު ވަކިކުރާ ގަރާރު ގޯސްކަމަށް ބުނެ ބޭރުކޮށްލައިފި