Roadha Mihaaru

ފިންލެންޑް އިންޓަނޭޝަނަލްގެ "ފޮ ފިޔުޗާ" ސޭލުން އެތައް ފިލާވަޅެއް!

09 ޖުލައި 2022

ފިންލެންޑް އިންޓަނޭޝަނަލް ސްކޫލަކީ ކިޔަވައިދޭ މަންހަޖުގެ ތެރެއިން ދަރިވަރުންނަށް އަމަލީ ގިނަ ފިލާވަޅުތަކެއް ދަސްކޮށްދެމުން އަންނަ ސްކޫލެކެވެ. ދަސްކުރާ ފިލާވަޅުގެ އެންމެ މުހިންމު އެއް ބަޔަކީ އެ ދަސްކުރާ އެއްޗެއް އަމިއްލަ އެކި ހާލަތްތަކުގައި ބޭނުންކުރަން އެނގުމެވެ. ދާދި ފަހުން އެ ސްކޫލުގެ ސޯޝަލް ސްޓަޑީޒްގެ ފިލާވަޅެއްގެ އަމަލީ ޕްރޮޖެކްޓެއްގެ ތެރެއިން ދަރިވަރުން ވަނީ މުހިންމު ކަންތައްތަކެއް ދަސްކޮށްފަ އެވެ. އަދި އެހާމެ ބޮޑު ކާމިމޔާބީއެއް ހޯދައި، އެ ކާމިޔާބީގެ ފައިދާ އެތައް ބަޔަކާ ވަނީ ހިއްސާކޮށްފަ އެވެ.

ދާދި ފަހުން އެ ސްކޫލުގެ "ސްޓަޑީ ކައުންސިލް އޮންޓްރޮޕްރޮނާ ޕްރޮޖެކްޓް" ގެ ދަށުން ކުރިއަށް ގެންދިޔަ ބޭކްސޭލާއި ޖަމްބަލް ސޭލަކީ ގިނަ ބަޔަކު ހައިރާން ކުރުވި ހަރަކާތެކެވެ.

ގްރޭޑު ހަތެއްގެ ދަރިވަރުންނަށް އެ ޕްރޮޖެކްޓުގެ ދަށުން، ކުލާހުގައި ދަސްކުރި ފިލާވަޅުތައް ބޭނުންކުރާނެ ފުރުސަތު ލިބިގެން ދިޔަ އެވެ އަމިއްލަ އުފެއްދުންތެރިކަން ހޯދައި، އަމިއްލަ ފިކުރުގައި ވިޔަފާރިއެއް ފަށައި ހިންގާނެ ގޮތުގެ ތަޖުރިބާ ލިބިގެން ދިޔަ އެވެ. އެ ޕްރޮޖެކްޓުގެ ދަށުން ދަރިވަރުންނަށް ހަވާލުކުރީ ބިޒްނަސް އައިޑިއާއެއް އެކުލަވާލައި އެ ހިޔާލުގެ މައްޗަށް ހަވާލުކުރި ސްޓޯލުގައި ވިޔަފާރިއެއް ކުރުމަށެވެ. އެއާ އެކު ދަރިވަރުން ވަނީ ރާއްޖޭގައި ކުރާ ކުދި ވިޔަފާރިތައް ދިރާސާކޮށް، އެ ފަދަ ވިޔަފާރި ހިޔާލުތަކުގެ މައްޗަށް ބިނާކޮށް ސްޓޯލްތައް ތައްޔާރުކޮށްފަ އެވެ.

ފިންލެންޑު އިންޓަނޭޝަނަލްގެ ބޭކް ސޭލްގެ ތެރެއިން. ފޮޓޯ: ފިންލެންޑު އިންޓަނޭޝަނަލް ސްކޫލް

ފިންލެންޑު އިންޓަނޭޝަނަލްގެ ބޭކް ސޭލްގެ ތެރެއިން. ފޮޓޯ: ފިންލެންޑު އިންޓަނޭޝަނަލް ސްކޫލް

އެ ހަރަކާތަށް ދަރިވަރުން ތައްޔާރުވުމުގެ ގޮތުން އެ ކުދިންގެ ހިޔާލުތައް މައިންބަފައިންނަށް ހުށަހެޅި އެވެ. އެ ހަރަކާތުގައި ދަރިވަރުން ތައްޔާރުކޮށްފައި ވަނީ އާއްމުކޮށް އޮންލައިން ގިނަ ވިޔަފާރިތަކުން ފެންނަ އެކި އުފެއްދުންތަކެވެ. އޭގެ ތެރޭގައި، އެކި ކަހަލަ ފޮނި ކާތަކެއްޗާއި، ފަންނީ އެކި ތަކެތި ވަނީ ތައްޔާރުކޮށްފަ އެވެ. އެގޮތުން، "ކޭކްސިކަލްސް"، ކޭކު، ކަޕްކޭކު ފަދަ އެކި "ބޭކްޑް ގުޑްސް" އާއި ޕްލަޝީޒް އާއި އަތުގަ އަޅާ އެކި ގަހަނާ ފަދަ ކަވި މަސައްކަތްތަކެއް ކޮށްފައިވާ ފަންނީ އުފެއްދުންތަކެއް ވެސް ހިމެނެ އެވެ. އެ ހަރަކާތަށް ދަރިވަރުން ހެދި ކާ ތަކެތި ތައްޔާރުކޮށްފައި ވަނީ ސްކޫލުގަ އެވެ. އެ ތަކެތި ބޭކް ކުރުމަށް ސްކޫލުން ވަނީ ބޭނުންވާ ހުރިހާ އިންތިޒާމެއް ހަމަޖައްސައި އެ ކުދިންނަށް ބޭނުން ކުރެވޭނެ ފެންވަރުގެ ބަދިގެއެއް ހަދައިފަ އެވެ.

ފިންލެންޑް އިންޓަނޭޝަނަލް ސްކޫލުން ބޮޑު އިވެންޓެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ ޖަމްބަލް ސޭލާއި ބޭކް ސޭލް އަކީ މުހިންމު އިތުރު ފިލާވަޅެއް ވެސް ދަރިވަރުންނަށް ދަސްކޮށް ދިން ހަރަކާތެކެވެ. "ފޮ ފިޔުޗާ" ގެ ނަމުގައި ކުރިއަށް ގެންދިޔަ އެ ސޭލުން ފައިދާގެ ގޮތުގައި ލިބުނު 20،000 ރުފިޔާ ވަނީ ރާއްޖޭގެ އެކި އެންޖީއޯތަކަށް ހަދިޔާ ކޮށްފައެވެ. އެ އެންޖީއޯތަކުގެ ތެރޭގައި ހިމެނެނީ ރެޑް ކްރެސެންޓް މޯލްޑިވްސް އާއި ސޭވް ދަ ބީޗް މޯލްޑިވްސް އާއި މޯލްޑިވްސް ސްޓްރީޓް ކެޓް ފަންޑާއި އާކް އެވެ.

ފިންލެންޑު އިންޓަނޭޝަނަލްގެ ބޭކ ސޭލުގުެ ތެރެއިން. ފޮޓޯ: ފިންލެންޑު އިންޓަނޭޝަނަލް ސްކޫލް

ފިންލެންޑު އިންޓަނޭޝަނަލްގެ ބޭކ ސޭލުގުެ ތެރެއިން. ފޮޓޯ: ފިންލެންޑު އިންޓަނޭޝަނަލް ސްކޫލް

ފިންލެންޑް އިންޓަނޭޝަނަލް ސްކޫލަކީ ފިންލެންޑުގެ މަންހަޖުގައި ކިޔަވައިދެމުން އަންނަ ސްކޫލެއް ނަމަވެސް، އެ ސްކޫލަކީ ރާއްޖޭގެ މާހައުލާއި މުޖުތަމައަށް އަހުލުވެރި، އެ ވެއްޓަށް އަޅާލަ ދަރިވަރުންތަކެއް ބިނާކުރަމުން އަންނަ ސްކޫލެކެވެ. އެ ސްކޫލުން މި ފަދަ އިތުރު ހަރަކާތްތަކެއް އަންނަ ދިރާސީ އަހަރަށް ތާވަލުކޮށްފައި ވާއިރު، އެ ހަރަކާތްތަކުން މުހިންމު ކަންތައްތަކެއް ދަރިވަރުންނަށް ދަސްވެގެން ދާނެ އެވެ.

ނޯޓު: މިއީ ފިންލެންޑު އިންޓަނޭޝަނަލް ސްކޫލުގެ ޕްރޮމޯޝަނަލް އާޓިކަލެކެވެ.