Roadha Mihaaru
ޝައިހް ފަޒްލޫނާއި ނިޝާން ބަންދުކުރި މައްސަލަ ހައިކޯޓަށް

ޝައިހް ފަޒްލޫނާއި ނިޝާން ބަންދުކުރި މައްސަލަ ހައި ކޯޓަށް

18 ޖުލައި 2022

ޔޯގާއާ ދެކޮޅަށް ގަލޮޅު ދަނޑުގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކޮށްފައިވާ ޝައިހް އާދަމް ނިޝާނާއި ޝައިހް ފަޒްލޫން މުހައްމަދު ބަންދުކުރި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޔޯގާއާ ދެކޮޅަށް ގަލޮޅު ދަނޑުގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކޮށްފައިވާ ޝައިހް އާދަމް ނިޝާނާއި ޝައިހް ފަޒްލޫން މުހައްމަދު ބަންދުކުރި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.

ޔޯގާ ދުވަސް ފާހަގަކުރަން ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކަށް ހިތްވަރު ދިން ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ނިޝާނާއި ފަޒްލޫންގެ ބަންދުގެ މުއްދަތު އެކިފަހަރު އިތުރު ކުރުމަށްފަހު އެންމެ ފަހުން އިތުރުކުރީ ފަޒްލޫންގެ ބަންދަށް 16 ދުވަސް އަދި ނިޝާންގެ ބަންދަށް 13 ދުވަހެވެ.

އެ މައްސަލަ އިސްތިއުނާފް ކުރަން އެ ދެ ބޭފުޅުންގެ ފަރާތުން ހައި ކޯޓަށް ހުށަހަޅާފައި ވިޔަސް، އެ މައްސަލަ ބަލައިގަތުމާ މެދު ހައި ކޯޓުން އަދި ގޮތެއް ނުނިންމަ އެވެ.

އެ މައްސަލާގައި ފަޒްލޫނާއި ނިޝާންގެ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ވެސް އިސްލާމިކް މިނިސްޓްރީން އޮތީ ސަސްޕެންޑްކޮށްފަ އެވެ.

އެ ދެ ބޭފުޅުންގެ އިތުރުން އިތުރު ގިނަ ބަޔަކު ވެސް އެ މައްސަލާގައި ހައްޔަރުކުރި އެވެ. އޭގެ ތެރޭގައި އިދިކޮޅު ޕީޕީއެމްގެ ބޭފުޅުން ވެސް ހިމެނެ އެވެ.