Roadha Mihaaru
މުހައްމަދު އިސްމާއިލް ބަންދުކުރި މައްސަލަ ހައިކޯޓަށް

މުހައްމަދު އިސްމާއިލް ބަންދުކުރި މައްސަލަ ހައިކޯޓަށް

21 ޖުލައި 2022

ގަލޮޅު ދަނޑުގައި ޔޯގާއާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ބަންދުކުރި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފަށް ހުށަހަޅައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ގަލޮޅު ދަނޑުގައި ޔޯގާއާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ބަންދުކުރި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފަށް ހުށަހަޅައިފި އެވެ.

މިދިޔަ މަހު ޔޯގާ ހަރަކާތެއް ހިންގަނިކޮށް ގަލޮޅު ދަނޑަށް ވަދެ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި މުހައްމަދު އިސްމާއިލްގެ ބަންދުގެ މުއްދަތު އެކިފަހަރު މަތިން ކޯޓުން ވަނީ އިތުރުކޮށްފަ އެވެ. އެންމެ ފަހުން އޭނާގެ ބަންދަށް 30 ދުވަސް ވަނީ އިތުރުކޮށްފަ އެވެ.

އެ މައްސަލަ އިސްތިއުނާފް ކުރަން އޭނާގެ ފަރާތުން ހައި ކޯޓަށް މިއަދު ހުށަހެޅިޔަސް، އެ މައްސަލަ ބަލައިގަތުމާ މެދު ގޮތެއް ނުނިންމަ އެވެ.

ޔޯގާ ހަމަނުޖެހުމާ ގުޅިގެން ގިނަ ބަޔަކު ހައްޔަރުކުރި އެވެ. އޭގެ ތެރެއިން ބައެއް މީހުން މިހާރު ވަނީ ދޫކޮށްލައިފަ އެވެ.

އެ މައްސަލާގައި ހައްޔަރުކުރި ޝޭހް ފަޒްލޫން މުހައްމަދު ވެސް މިއަދު ވަނީ ބަންދުން ދޫކޮށްލައިފަ އެވެ. އެކަމަކު ޝޭހް އާދަމް ނިޝާން އަދިވެސް ހުރީ ބަންދުގަ އެވެ. އެ ދެ ބޭފުޅުންގެ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ވެސް ވަނީ ސަސްޕެންޑްކޮށްފަ އެވެ.