ބޮލީވުޑްގެ ތަރި ސޮނާކްޝީ ސިންހާގެ ކުރިއަށް އޮތް ފިލްމަކީ އޭނާގެ ބޭބެ ޑައިރެކްޓްކުރާ ފިލްމު "ނިކިތާ ރޯއި އެންޑް ދަ ބުކް އޮފް ޑާކްނެސް" ކަމަށް ބުނެފި އެވެ.
ބޮލީވުޑްގެ ތަރި ސޮނާކްޝީ ސިންހާގެ ކުރިއަށް އޮތް ފިލްމަކީ އޭނާގެ ބޭބެ ޑައިރެކްޓްކުރާ ފިލްމު "ނިކިތާ ރޯއި އެންޑް ދަ ބުކް އޮފް ޑާކްނެސް" ކަމަށް ބުނެފި އެވެ.
ސޮނާކްޝީ، އޭނާގެ އިންސްޓަގްރާމުގައި ފިލްމުގެ ފުރަތަމަ ޕޯސްޓަރު އާންމުކޮށްފައިވާއިރު އެ އިން ފެންނަނީ ވަރަށް "މިސްޓީރިއަސް" ބެކްޑްރޮޕެކެވެ. އެ ފިލްމާ ގުޅޭ މާ ގިނަ މައުލޫމާތެއް ސޮނާކްޝީ އާންމެއް ނުކުރެ އެވެ.
އެކަމަކު އޭނާއާއެކު މަޝްހޫރު އެކްޓަރު ޕަރޭޝް ރާވަލް އާއި ސުހައިލް ނައްޔާރު ވެސް ފެންނާނެ އެވެ. އެ ފިލްމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ސޮނާކްޝީ ބުންޏެވެ.
ފިލްމާ ގުޅޭ ގޮތުން ސޮނާކްޝީގެ ބޭބެ، ޑައިރެކްޓަރު ކުޝް ބުނީ ސޮނާކްޝީއަކީ ވަރަށް ހުނަރުވެރި އެކްޓަރެއް ކަމަށާއި އޭނާގެ ހުރިހާ ފިލްމެއް ވެސް ވަރަށް ކަމުދާ ކަމަށެވެ. އަދި މިއީީ ޓީމެއްގެ ގޮތުގައި މަސައްކަތް ކުރަން ލިބިފައިވާ ވަރަށް ރަނގަޅު ސްކްރިޕްޓެއް ކަމަށް އޭނާ ދެކެ އެވެ.
މިއީ ސޮނާކްޝީ އާއި އޭނާގެ ބޭބެ އެކުގައި މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ.
އެ ފިލްމު ޕްރޮޑިއުސް ކުރާނީ ނިކީ ވިކީ ބަގްނާނީ ފިލްމްސް އާއި ނިކިތާ ޕައި ފިލްމްސް އިންނެވެ.
ސޮނާކްޝީއާ ގުޅުވާ މުކޭޝް ދެއްކި ވާހަކައެއް ހޫނުވެއްޖެ
ޒަހީރު އާއި ސޮނާކްޝީ ކައިވެނިކޮށްފި
ސޮނާކްޝީގެ ކައިވެނި މި މަހު 23 ގައި
ބަންސާލީގެ "ހީރާމަންޑީ" އާދައިގެ ސީރީޒަކަށް ނުވާނެ
ސޮނާކްޝީ ޗުއްޓީއަށް ޕަޓީނާ މޯލްޑިވްސްގައި
ސޮނާކްޝީގެ އިސްތަށިގަނޑަށް ބޮޑު ބަދަލެއް
ސޮނާކްޝީ އާއި ޒަހީރު ރައްޓެހިވެގެން އުޅޭ ކަމަށް ބުނެފި
ސޮނާކްޝީ އަދިވެސް އޮތީ ރާއްޖޭގެ "ކަނޑުއަޑީގައި"
ހައްޔަރެއް ނުކުރެވޭނެ، ކުރަނީ ދޮގު ތުހުމަތެއް
އިވެންޓަކަށް ނުދިއުމުން ސޮނާކްޝީ ހައްޔަރުކުރަނީ