Roadha Mihaaru
އުމްރާ އާއި މަސްޖިދުއް ނަބަވީއަށް 70 މިލިއަން ހުއްދަ

މިދިޔަ އަހަރު އުމްރާ އާއި މަސްޖިދުއް ނަބަވީގެ އަޅުކަމަށް 70 މިލިއަން ހުއްދަ ދޫކުރި

31 ޖުލައި 2022

އުމްރާގެ އަޅުކަމަށް މަސްޖިދުލް ހަރާމް އަށް ޒިޔާރަތްކުރުމަށައީ މަސްޖިދުއް ނަބަވީގެ ރައުދާ ޝަރީފްގައި އަޅުކަން ކުރުމަށް 1443 ވަނަ އަހަރު 70 މިލިއަން ހުއްދަ ދޫކުރި ކަމަށް ސައޫދީގެ ހައްޖު އެންޑް އުމްރާ މިނިސްޓްރީގެ ތަރުޖަމާނު ހިޝާމް ސައީދު ވިދާޅުވެއްޖެ އެވެ.

އަލް އިޚްބާރާއަށް ދެއްވި އިންޓަވިއުއެއްގައި ހިޝާމް ވިދާޅުވީ މި ފެށުނު 1444 ވަނަ އަހަރަކީ އުމްރާގައި ކޮވިޑްގެ ބަލިމަޑުކަމުގެ ކުރިން އޮތް އާންމު ހާލަތާ އެއްގޮތަކަށް ކަން ހިނގާނެ އަހަރެއް ކަމަށް ގަބޫލުކުރެއްވޭ ކަމަށެވެ. އެހެންވެ މިދިޔަ ދެ އަހަރު ކޮވިޑާ ހެދި އަޅާފައިވާ ފިޔަވަޅުތަކަށް އަދިވެސް އިތުރު ލުއިތައް ސައޫދީން ދީފާނެ ކަމަށް ވަނީ ބެލެވިފަ އެވެ.

އޭނާ ވިދާޅުވީ އުމްރާގެ އަޅުކަން އަދާކުރުމަށް ގައުމުތަކަށް ކޯޓާ ކަނޑައަޅާފައި ނުވާ ކަމަށާއި އަމިއްލައަށް ވިސާ އަށް އެޕްލައިކޮށްގެން ވިސާ ހޯދައިގެން ސައޫދީ އަށް އެތެރެވެވޭނެ ކަމަށެވެ.

ހިޖުރީ އާ އަހަރާ އެކު އުމްރާގެ އާ ސީޒަނެއް ފެށުނީ ކަމަށާއި މި އަހަރަށް ވިސާ ދޫކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށް ހިޝާމް ވިދާޅުވި އެވެ.