01 އޯގަސްޓް 2022
ބޮޑު ހިޔާނާތެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ރ. ދުވާފަރު ކައުންސިލުން ވަޒީފާ އަށް ނުކުތަސް ނުފޫޒެއް ނުފޯރުވޭނެ ކަމަށާއި އެ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް އަންނަ ހަފްތާ ތެރޭގައި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ހުށަހަޅާނެ ކަމަށް އެ އޮތޯރިޓީގެ ސީއީއޯ ފާތިމަތު އަފްޝަން ލަތީފް ވިދާޅުވެއްޖެ އެވެ.
ބޮޑު ހިޔާނާތެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ރ. ދުވާފަރު ކައުންސިލުން ވަޒީފާ އަށް ނުކުތަސް ނުފޫޒެއް ނުފޯރުވޭނެ ކަމަށާއި އެ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް އަންނަ ހަފްތާ ތެރޭގައި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ހުށަހަޅާނެ ކަމަށް އެ އޮތޯރިޓީގެ ސީއީއޯ ފާތިމަތު އަފްޝަން ލަތީފް ވިދާޅުވެއްޖެ އެވެ.
މީގެ މަހެއްހާ ދުވަސް ކުރިން އެލްޖީއޭ އިން ހެދި މޮނިޓަރިން ރިޕޯޓަކުން ހާމަވި ގޮތުގައި ދުވާފަރު ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީން ވަނީ އެތައް ލައްކަ ރުފިޔާއެއް އެ މެމްބަރުންގެ އަމިއްލަ އެކައުންޓުތަކަށް ޖަމާކޮށްފަ އެވެ. އަދި މާލިއްޔަތު ގާނޫނުތަކާއި ސިވިލް ސާވިސް ގާނޫނާ ހިލާފަށް އެތައް ކަމެއް ކޮށް ބޮޑެތި ޖަރީމާތަކެއް ހިންގާފައިވާ ކަމަށް އެ ރިޕޯޓުން ހާމަވި އެވެ.
އެލްޖީއޭ އިން ވަނީ އެ މައްސަލަ ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފަ އެވެ. އަދި އެ އޮތޯރިޓީން ވެސް އެ މައްސަލައިގެ ހާއްސަ އިންކުއަރީއެއް އަންނަނީ ހަދަމުންނެވެ.
އެ މައްސަލަ އަށް މަހެއްހާ ދުވަސްވެފައިވާ އިރު އަދިވެސް ފިޔަވަޅެއް ނާޅާތީ ކީއްވެތޯ "މިހާރު" ން އެހުމުން އަފްޝަން ވިދާޅުވީ މޮނިޓަރިން ރިޕޯޓު ހެދި އިރު އިންކުއަރީ އަށް ބޭނުންވާ ހުރިހާ މައުލޫމާތަކާއި ބަޔާނެއް ނަގާފައިވާ ކަމަށާއި އިތުރު މައުލޫމާތެއް ހޯދަން ނުޖެހޭނެ ކަމަށެވެ. އެހެންކަމުން އެ މެމްބަރުން މަގާމުގައި ތިބެ ވަޒީފާ އަށް ނުކުތަސް އެއްވެސް ނުފޫޒެއް ނުފޯރުވޭނެ ކަމަށް އަފްޝަން ވިދާޅުވި އެވެ.
"ބޯޑުން ފާސް ކޮށްފައި އޮތީ ބަންދުވީމަ އަދި ގިނަ ބޯޑް މެމްބަރުން ރަށުން ބޭރުގައި ހުރީމަަ އަންނަ ހަފްތާގައި ބާއްވާ ބޯޑް މީޓިންއަށް އެޖެންޑާ ކުރަން. ސަސްޕެންޑް ކުރާނެތޯ ނުވަތަ ނޫންތޯ ނިންމާނީ ބޯޑުން،" އަފްޝަން ވިދާޅުވި އެވެ.
އެލްޖީއޭގެ ރިޕޯޓުން އެނގުނު ގޮތުގައި ކައުންސިލްގެ ދެ މިލިއަނެއްހާ ރުފިޔާ ވަނީ ކައުންސިލް މެމްބަރުންނާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުން އަދި ކައުންސިލްގެ ބައެއް މުއައްޒަފުންގެ އެކައުންޓަށް ޖަމާކޮށްފަ އެވެ. އަދި އެއްވެސް ލިޔެކިޔުމެއް ރަނގަޅަށް ނުބަލަހައްޓާއިރު ތަކެތި ހޯދުމާއި އެހެނިހެން މަސައްކަތްތައް ވެސް ކޮށްފައި ވަނީ ދައުލަތުގެ މާލިއްޔަތު ގާނޫނާ ހިލާފަށެވެ.
އޭގެ އިތުރުން އެއް މެމްބަރަކު ކައުންސިލްގެ ވަޒީފާގައި ހުރެ ދިޔައީ ފުލްޓައިމް ކޮށް އެހެން ރިސޯޓެއްގައި މަސައްކަތް ކުރަމުންނެވެ. އަދި އެކަށީގެންވާ ސަބަބެއް ނެތި ވިދިވިދިގެން ހަތް ދުވަހު މެމްބަރުން ކައުންސިލަށް ހާޒިރު ނުވެއްޖެ ނަމަ މަގާމުން ވަކިވާނެ ކަމަށް ގާނޫނުގައި ބުނި ނަމަވެސް ބައެއް މެމްބަރުން 50 އަށް ވުރެ ގިނަ ދުވަހު ނާދެ އެވެ. އެކަމަކު އެއްވެސް ސުލޫކީ މައްސަލައެއް ބަލައި ފިޔަވަޅު އަޅައިފައެއް ނުވެ އެވެ.
ދުވާފަރު ބޮޑު ހިޔާނާތަށް ދެ މަސް: ފިޔަވަޅެއް ނޭޅި!
ހިޔާނާތުގެ ތުހުމަތުވާ ދެ ކައުންސިލަރަކު ވަޒީފާއަށް
ކައުންސިލްތަކުގެ ފައިސާއަށް ފަރުވާކުޑަކުރުން އިންތިހާއަށް
ދުވާފަރު ކައުންސިލްގެ ހިޔާނާތު މައްސަލަ ބަލަނީ
ދުވާފަރު ކައުންސިލްގެ އިންކުއަރީއެއް ހަދަނީ
ޒަކާތާ ގުޅޭ ގޮތުން އެލްޖީއޭއިން ބުނާ ވާހަކަ ދޮގުކޮށްފި
ދުވާފަރު ކައުންސިލް: މުޅި ނިޒާމަށް ވެސް ބޮޑު ޝޮކެއް!
ދުވާފަރު ކައުންސިލްގެ ބޮޑު ހިޔާނާތެއް ފަޅާއަރައިފި
"ދުވާފަރު ކައުންސިލަރުންނާ މެދު އިސްކުރީ އޯގާތެރިކަން"
އެލްޖީއޭގެ ސީއީއޯ އަފްޝަން އިސްތިއުފާ ދެއްވަނީ