ނޫސްވެރިޔާ އަހްމަދު ރިލްވާން ރަހީނުކޮށް މަރާލުމާއި ބްލޮގަރު ޔާމީން ރަޝީދުގެ ގައިގެ އެކި ތަންތަނަށް ވަޅި ހަރައި މަރާލި މައްސަލާގައި ސީރިއަސް ތުހުމުތުތަކެއް ކުރެވިގެން ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ތިން މީހުންނަށް ދައުވާކުރަން ކްރިމިނަލް ކޯޓަށް މިއަދު ހުށަހަޅައިފި އެވެ.
ނޫސްވެރިޔާ އަހްމަދު ރިލްވާން ރަހީނުކޮށް މަރާލުމާއި ބްލޮގަރު ޔާމީން ރަޝީދުގެ ގައިގެ އެކި ތަންތަނަށް ވަޅި ހަރައި މަރާލި މައްސަލާގައި ސީރިއަސް ތުހުމުތުތަކެއް ކުރެވިގެން ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ތިން މީހުންނަށް ދައުވާކުރަން ކްރިމިނަލް ކޯޓަށް މިއަދު ހުށަހަޅައިފި އެވެ.
މީގެ މަހެއްހާ ދުވަސް ކުރިން ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ތިން މީހަކަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ދައުވާ އުފުލީ މަރު ކޮމިޝަނުން ތަހުގީގުކުރި މައްސަލަތަކުގަ އެވެ.
ޕީޖީ އޮފީހުން ބުނި ގޮތުގައި ރިލްވާނާއި ޔާމީންގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައި ވަނީ މ. ލެގޫން، އިސްމާއިލް އަބްދުއްރަހީމް އާދަމާއި މއ. ފާގަފިލާގެ، އަހްމަދު އިސްމާއިލްގެ އިތުރުން އަހްމަދު މުއާޒްގެ މައްޗަށެވެ.
ޔާމީން ރަޝީދާއި އަހްމަދު ރިލްވާންގެ މަރުގެ މައްސަލާގައި ހައްޔަރުކުރި ތިން މީހުން ކަމަށްވާ (ކ-ވ) އަހްމަދު އިސްމާއިލް (އަހަނދު)، އިސްމާއިލް އަބްދުއްރަހީމް (އިސޫ) އަދި އަހްމަދު މުއާޒް
އޭނާގެ މައްޗަށް ދައުލަތުން ވަނީ ޓެރަރިޒަމްގެ އަމަލެއްކުރުމަށް އެހީތެރިވެދިނުމުގެ ދައުވާ އުފުލައިފަ އެވެ. މި ދައުވާ އޭނާގެ މައްޗަށް ކުރީ ޕީޖީ އޮފީހުން ބުނި ގޮތުގައި ރިލްވާން ރަހީނުކޮށް މަރާލުމަށްޓަކައި 2014 ގައި އޭނާއަށް ފާރަލައި ރަހީނުކޮށް، މަރާލުމުގައި އެހީތެރިވެދީފައިވާތީ އެވެ.
މީގެ އިތުރުން ޔާމީން ރަޝީދުގެ ބްލޮގާއި ސޯޝަލްމީޑިއާ ޕްލެޓްފޯމްތަކުގައި އިސްލާމްދީނާ ފުށުއަރާ ވާހަކަތައް ލިޔެ ޕޯސްޓްކުރަމުންދާ ކމަށް ބުނެ އޭނާ މަރާލުމަށްޓަކައި 2017 ގައި ފާރަލައި އެހީތެރިވެދީފައިވެ އެވެ. މި މައްސަލައިގައި އޭނާގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން, ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދައުވާ އެވެ.
އޭނާގެ މައްޗަށް ދައުލަތުން ދައުވާ އުފުލީި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 2 ގެ (ހ) އާއި، (ށ) އާއި، (ކ)އާއި، އެ ގާނޫނުގެ 3 ވަނަ މާއްދާއާ ހަވާލާދީ، އެ ގާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ ދަށުން, ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ އެވެ.
އަހްމަދު އިސްމާއިލް 39، ގެ މައްޗަށް އެ ދައުވާ އޭނާގެ މައްޗަށް އުފުލީ ޕީޖީ އޮފީހުން ބުނި ގޮތުގައި ރިލްވާން މަރާލުމުގެ ކަންކަން ރާވައި، އިންތިޒާމުކޮށްފައިވާތީ އާއި އޭނާ އާއި އޭނާގެ ބައިވެރިން ރާވާފައިވާ ގޮތުގެ މަތިން، އެހެން ބަޔަކު މެދުވެރިކޮށް، ރިލްވާން ރަހީނުކޮށް މަރާލާފައިވާތީ އެވެ.
ޔާމީން ރަޝީދު މަރާލުމަށް މަގުފަހިކޮށްދިނުމަށްޓަކައި އޭނާއަށް ފާރަލުމުގެ ކަންކަން އިންތިޒާމުކޮށް، އެކަން ކުރުމަށް އެހީތެރިވެދީފައިވާތީ ޓެރަރިޒަމްގެ އަމަލެއް ކުރަން އެހީތެރިވެދީފައިވާ ކަމުގެ ދައުވާ ވެސް އުފުލަން ކޯޓަށް ހުށަހަޅާފައިވެ އެވެ.
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން އޭނާގެ މައްޗަށް އުފުލީ އެ ގާނޫނުގެ 2 ގެ (ހ) އާއި، (ށ) އާއި، (ކ) އާއި، އެ ގާނޫނުގެ 3 ވަނަ މާއްދާއާ ހަވާލާދީ، އެ ގާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ ދަށުން, ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ އެވެ.
މި ތިން މީހުން ހައްޔަރުކުރީ މަރު ކޮމިޝަނުގެ ތަހުގީގަށް ލިބުނު ބޮޑެތި ކުރިއެރުންތަކަކާ ގުޅިގެންނެވެ. ޝަރީއަތް ނިމެންދެން ތިން މީހުން ބަންދުކުރަން ކްރިމިނަލް ކޯޓުން ނިންމީ އެ މީހުންނާ ދެކޮޅަށް ހުރި ހެކިތަކަށް ރިއާޔަތްކުރުމަށް ފަހުގަ އެވެ.
ދެ މަރުގައި އެ މީހުންގެ ބައިވެރިވުން އޮތް ކަން މަރު ކޮމިޝަނުން ކުރިން ނެރުނު ރިޕޯޓުގައި ވެސް ވެ އެވެ.
މަރު ކޮމިޝަންގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އިސޫއަކީ ރިލްވާން ގެއްލުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން އޭނާ އަށް ފާރަލައި ހެދި އެކަކެވެ. މި މައްސަލައިގައި، އޭނާ ދިރިއުޅުނު މ. ލެގޫން ވިއު، ބަލައި ފާސްވެސް ކުރި އެވެ.
ރިލްވާން ގެއްލުވާލި މައްސަލާގައި މަރު ކޮމިޝަނުން ނެރުނު ރިޕޯޓުގައި ތުހުމަތުކޮށްފައިވާ ގޮތުގައި އިސޫއަކީ ފުރުގާން މިސްކިތް ކައިރީގައި ހަރަކާތްތެރިވަމުން ދިޔަ ހަރުކަށި ފިކުރުގެ ޖިހާދީ ޖަމާއަތަކަށް ނިސްބަތްވާ މީހެކެވެ. ރިލްވާން ވަގަށް ނެގުމުގެ ސަބަބެއް ކަމަށް އެ ރިޕޯޓުގައި ބުނެފައި ވަނީ، އޭނާ ދެއްކި ދީނީ ބައެއް ވާހަކަތަކާ މެދު އުފެދުނު ހިތްހަމަނުޖެހުންތަކެވެ.
ސީރިއާގައި ކުރަމުންދިޔަ ހަނގުރާމައިގައި ބައިވެރިވާން އިސޫ ދާން އުޅުނު ކަމަށް ތަހުގީގީ އިދާރާތަކުން އާއްމުކުރި މައުލޫމާތުތަކުގައިވެ އެވެ. ތުރުކީ ބޯޑަރު ހުރަސްކޮށް 2015ގައި ގަވާއިދާ ޚިލާފަށް އެތެރެވާން އުޅެނިކޮށް ތުރުކީގެ ސަލާމަތީ ބާރުތަކުން ހައްޔަރުކުރުމަށް ފަހު އޭނާ ޑީޕޯޓްކޮށްލީ އެވެ. މި މައްސަލައިގައި އޭނާގެ މައްޗަށް ދައުވާ ވެސް އުފުލި އެވެ. އެކަމަކު ތުރުކީ ސަރުކާރުގެ ލިއުމެއް ނުލިބުމުން ދައުވާ ބާތިލްކުރީ އެވެ.
މަރު ކޮމިޝަންގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އިސޫ އޭނާއަށް ފާރަލަމުން ދިޔަކަން ރިލްވާންގެ ރިޕޯޓްތަކުން ވެސް އެނގެ އެވެ.
އަހަނދުއަކީ މަސްތުވާތަކެތީގެ ރެކޯޑާއި ސީރިއާ އާއި ޕާކިސްތާނަށް ހަނގުރާމައަށް މީހުން ފޮނުވާ ކަމަށް ފުލުހުން ތުހުމަތުކުރާ މީހެކެވެ.
ރިލްވާން އާއި ޔާމީންގެ މަރުގެ މައްސަލައިގައި މުއާޒް ހައްޔަރުކުރިއިރު 2014 ގައި ވެސް އޭނާ ހައްޔަރުކުރި އެވެ. އޭރު އޭނާ ހައްޔަރުކުރީ ރިލްވާން މަސައްކަތްކުރި މިނިވަން ނިއުސް ހިންގާ އޮފީހުގެ ސީސީޓީވީ ކެމެރާ ވަގަށް ނަގައި ދޮރަށް ކަތިވަޅިއެއް ޖެހި މައްސަލައެއްގެ ތުހުމަތަށެވެ. އޭނަ ދޫކޮށްލީ ކްރިމިނަލް ކޯޓުންނެވެ.
ރިލްވާން ގެއްލުވާލާފައި ވަނީ އޮގަސްޓް، 2014 ގަ އެވެ. އެންމެ ފަހުން އޭނާ ފެނުނީ ހުޅުމާލެއަށް ދާން ފެރީ ޓާމިނަލަށް ވަންނަނިކޮށެވެ. ވަޅިން ބިރުދައްކައި އޭނާ ގަދަކަމުން ކާރަކަށް އަރުވައިގެން ގެންދިޔައީ ހުޅުމާލޭގައި އޭނާ ދިރިއުޅޭ އެޕާޓްމަންޓް ކުރިމަތިންނެވެ.
ރިޔާސީ ކޮޮމިޝަނުން ބުނެފައިވާ ގޮތުގައި ރިލްވާން ވަގަށް ނެގުމަށް ފަހު ދީނީ ހަރުކަށި ފިކުރުގެ ބަޔަކު ވަނީ އޭނާ މަރާލައިފަ އެވެ.
ހުޅުމާލެ އިން ރިލްވާން ވަގަށް ނަގައި ފޮރުވި މައްސަލައިގައި ފުލުހުންގެ ތަހުގީގަށް ފަހު ބަޔަކު ހައްޔަރުކޮށް ޓެރަރިޒަމްގެ ދައުވާ އުފުލި އެވެ. އެއީ، ގ. ހިލްޓަން، އާލިފް ރައޫފާއި ގދ. ވާދޫ، ކަރަންކާގޭ، މުހައްމަދު ނޫރައްދީންގެ އިތުރުން ސ. ހުޅުދޫ، އަތިޔާގޭ، މުހައްމަދު ސުއައިދުގެ މައްޗަށެވެ. މި ތިން މީހުންގެ ތެރެއިން އާލިފް އާއި މުހައްމަދު ނޫރައްދީން ވަނީ މި މައްސަލާގައި ހައްޔަރުކުރުމަށް ފަހު ދޫކޮށްލައިފަ އެވެ. ސުއައިދު ދޫކޮށްލުމާއެކު ރާއްޖެ އިން ބޭރަށް ގޮސް ސީރިއާގެ ހަނގުރާމައިގެ ތެރޭގައި މަރުވެފައިވާ ކަމަށް ވަނީ އަޑު ފެތުރިފަ އެވެ. ރަސްމީ އެއްވެސް އިދާރާއަކުން މިކަން ކަށަވަރެއް ނުކޮށްދެ އެވެ. އެކަމަކު އޭނާ މަރުވެފައިވާ ކަމަށް އާއިލާ އިން ވަނީ ކްރިމިނަލް ކޯޓަށް އަންގައިފަ އެވެ. އޭޕްރީލް، 2017 ގައި ޔާމީނަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާ ކުރީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރަސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލާއި ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. ކުދެހިގޭ ހަސަން ޝިފާޒްގެ އިތުރުން މ. ތާއިފް، އިސްމާއިލް ރަޝީދު އަދި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށެވެ. އެ މީހުންގެ މައްޗަށް ކުރީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ. މީގެ ތެރެއިން ކުށް ސާބިތުވީ ހައިޝަމް އާއި ޒިހާންގެ މައްޗަށެވެ. ދެން ދައުވާ ކުރި މީހުންގެ މައްޗަށް ކުށް ސާބިތެއް ނުވެ އެވެ.
އިސޫ ދޫކޮށްލީ ނުރައްކަލެއް ނެތް ކަމަށް ބަލާފައި
ޔާމީނާއި ރިލްވާންގެ މަރު: ބަންދު ދަމަހައްޓައިފި
އިސޫ އާއި މުއާގެ މައްސަލަ ވެސް ބޭރު، ޓެގް ނައްޓައިފި
ސާބިތުވާ ވަރަށް ހެކި ނެތުމުން އަހަނދުގެ މައްސަލަ ބޭރު
ރިލްވާންގެ މަރުގެ ތުހުމަތުވާ އިސޫ ވެސް ދޫކޮށްލައިފި
އަހަނދު ދޫކޮށްލި އަމުރު އިސްތިއުނާފު ނުކުރަން: ޕީޖީ
ޔާމީން/ރިލްވާންގެ މަރު: ދައުވާލިބޭ މީހަކު ދޫކޮށްލައިފި
ރިލްވާނާއި ޔާމީންގެ މަރު: މިއަދުގެ އަޑުއެހުން ކެންސަލް
ޔާމީންގެ ގާތިލުން ދޫވި މައްސަލަ ހަފުތާއެއް ތެރޭ ކޯޓަށް
ޔާމީންގެ މަރު: ގޮތެއް ނިންމާނީ ރިޕޯޓް ލިބުމުން