Roadha Mihaaru
ހާގެން ޑާޒް އައިސްކްރީމް ބައެއް ބާވަތް މަނާ

ތަގައްޔަރުވެފައިވާތީ ހާގެން ޑާޒް އައިސްކްރީމްގެ ބައެއް ބާވަތް ބޭނުންނުކުރަން އެދިއްޖެ

04 އޯގަސްޓް 2022

ރާއްޖެއަށް އެތެރެކޮށްފައިވާ "ހާގެން ޑާޒް" ބްރޭންޑުގެ އައިސްކްރީމްގެ ބައެއް ބާވަތްތަކުގެ ބެޗެއް ޕެސްޓިސައިޑުން ތަގައްޔަރުވެފައިވާތީ ބޭނުން ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އެދިއްޖެ އެވެެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ރާއްޖެއަށް އެތެރެކޮށްފައިވާ "ހާގެން ޑާޒް" ބްރޭންޑުގެ އައިސްކްރީމްގެ ބައެއް ބާވަތްތަކުގެ ބެޗެއް ޕެސްޓިސައިޑުން ތަގައްޔަރުވެފައިވާތީ ބޭނުން ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އެދިއްޖެ އެވެެ.

އެ އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނީ އެ މައުލޫމާތު ޔޫރަޕްގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑުން އެ އިދާރާއަށް ހިއްސާކޮށްފައިވާ ކަަމަށެވެ.

އެ އޮތޯރިޓީން އާއްމުކޮށްފައިވާ މައުލޫމާތުން ދައްކާ ގޮތުގައި ތަގައްޔަރުވެފައިވަނީ ވެނީލާ، ބެލްޖިއަން ޗޮކްލެޓް، ކުކީސް އެންޑް ކްރީމް، ކުކީސް އެންޑް ކްރީމް އެސްޕީކޭ އަދި ވެނީލާ ކެރަމަލް އާމަންޑް ފްލޭވާގެ ބެޗުތަކެކެވެ.

އެމްއެފްޑީއޭ އިން ބުނީ އެ އެލާޓާ ގުޅިގެން ހާގެން ޑާޒް އައިސްކްރީމްގެ ސަބަބުން އޮތް ނުރައްކަލުގެ މިންވަރު ދެނެގަންނަމުން އަންނަ ކަމަށެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ބްރޭންޑްގެ އައިސްކްރީމް ނުވިއްކުމަށާއި ބޭނުން ނުކުރުމަށް އެމްއެފްޑީއޭ އިން އިލްތިމާސްކުރެ އެވެ.