Roadha Mihaaru

އުރީދޫގެ ނޭޝަން އަލްޓިމޭޓް ގޭމިން ފެސްޓިވަލަށް ބޮޑު ތަރުހީބެއް

ރާއްޖޭގެ އެންމެ ބޮޑު ގޭމިން ފެސްޓިވަލް "އުރީދޫ ނޭޝަން ގޭމާސް ލޭންޑް 2024" ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.

އުރީދޫގެ ނޭޝަން ގޭމިން ފެސްޓިވަލަށް ބޮޑު ތަރުހީބެއް
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

23 ފެބުރުއަރީ 2025

ރާއްޖޭގެ އެންމެ ބޮޑު ގޭމިން ފެސްޓިވަލް "އުރީދޫ ނޭޝަން ގޭމާސް ލޭންޑް 2024" ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.

މި ފެސްޓިވަލް ނިންމާލީ ކޮސްޕްލޭގެ މުބާރާތުންނެވެ. އެ މުބާރާތުގައި ކޮސްޕްލޭގައި ބައިވެރިވި ފަރާތްތަކުގެ ކޮސްޓިއުމްތައް ދައްކާލައި ކެރެކްޓާތަކުގެ ގޮތުގައި ވަނީ ޕާފޯމްކޮށްފަ އެވެ. ކޮސްޕްލޭގެ ވަނަތައް ހޮވީ ކޮސްޓިއުމާއި ހުށަހެޅުމަށް ބެލުމަށް ފަހު އެވެ.

ކޮސްޕްލޭގެ އެއްވަނަ ކާމިޔާބު ކުރި އައިޝަރު ހުމައިސާ ހުމްރީ ކޮސްޓިއުމްގައި. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ކޮސްޕްލޭގެ އެއްވަނަ ކާމިޔާބު ކުރި އައިޝަރު ހުމައިސާ ހުމްރީ ކޮސްޓިއުމްގައި. -- ފޮޓޯ: ނިޝާން އަލީ | މިހާރު

އެ މުބާރާތުގައި ކޮސްޕްލޭގެ އެއް ވަނައަށް ހުށަހެޅި 5000ރ. ގެ އިނާމު ކާމިޔާބުކުރީ އައިޝަތު ހުމައިސާ ބިންތި ޔޫސުފް އެވެ. ދެވަނަ އަށް ހުށަހަޅާފައިވާ 3000ރ. ގެ އިނާމު ކާމިޔާބު ކުރީ މަރިޔަމް އަރީން ޝާހިދު އެވެ. ތިން ވަނަ އަށް ހުށަހަޅާފައިވާ 2000ރ. ގެ އިނާމު ކާމިޔާބު ކުރީ މުހައްމަދު އަމީރު އާމިރު އެވެ.

މި ފަރާތްތަކަށް އިނާމާއި ފައިސާގެ އިނާމު ހަވާލުކުރީ ފެސްޓިވަލް ނިންމާލަން ބޭއްވި ހާއްސަ ރަސްމިއްޔާތުގަ އެވެ. އެ ރަސްމިއްޔާތުގައި ކޮސްޕްލޭގެ އިތުރުން، ފެސްޓިވަލުގައި ކުރިއަށް ދިޔަ ފޯރިގަދަ ތިން ގޭމިން މުބާރާތުގެ ވަނަތައް ހޮވައި، އިނާމު ވެސް ވަނީ ހަވާލުކޮށްފަ އެވެ.

ޕަބްޖީގެ ޗެމްޕިއަން ކަމަށް ހޮވުނު ޓީމު. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ޕަބްޖީގެ ޗެމްޕިއަން ކަމަށް ހޮވުނު ޓީމު. -- ފޮޓޯ: ނިޝާން އަލީ | މިހާރު

އުރީދޫ ނޭޝަން ގޭމާސް ލޭންޑުން ބޭއްވި ގޭމިން ފެސްޓިވަލުގައި ޕަބްޖީ މޮބައިލާއި މޮބައިލް ލެޖެންޑްސް އާއި ބޭންގް ބޭންގް (އެމްއެލްބީބީ) އަދި އީއޭއެފްސީ މުބާރާތްތައް ވަނީ ކުޅެފަ އެވެ. ޕަބްޖީ މޮބައިލް މުބާރާތަށް ހުށަހަޅާފައިވާ ބައި ލައްކަ ރުފިޔާ ކާމިޔާބު ކުރީ އެސްޑީއެމްޒީ އީސްޕޯޓްސް ޓީމެވެ. ދެވަނައަށް ހުށަހެޅި 20،000ރ. ކާމިޔާބު ކުރީ، އަކަޒާޔާ އީސްޕޯޓްސް ޓީމެވެ. އަދި ތިން ވަނަ އަށް ހުށަހެޅި 15،000ރ. ކާމިޔާބު ކުރީ އެލްކޭ ސްކައި ފޯސް ޓީމެވެ. ހަތަރު ވަނަ އަށް ހުށަހެޅި 10،000ރ ގެ އިނާމު ކާމިޔާބު ކުރީ އެސްޑީއެމްޒީ އެންޖީ ޓީމެވެ.

އެ ފެސްޓިވަލްގެ މޮބައިލް ލެޖެންޑްސް އާއި ބޭންގް ބޭންގް (އެމްއެލްބީބީ)ގެ ޗެމްޕިއަން ކަމަށް ހުށަހަޅާފައިވާ 20،000ރ. ކާމިޔާބު ކުރީ އެލްއެންއެން ސްލީޕިން ޓީމެވެ. ދެ ވަނަ އަށް ހުށަހަޅާފައިވާ 15،000ރ. ކާމިޔާބު ކުރީ ވިގަނި ޓީމެވެ. އަދި ތިން ވަނަ އަށް ހުށަހަޅާފައިވާ 10،000ރ. ކާމިޔާބު ކުރީ އެލްއެންއެން އެސްއެލްއެފްއޯ ފައިލޮޓްސް ޓީމެވެ.

އެ ފެސްޓިވަލުގައި އީއޭއެފްސީގެ ޗެމްޕިއަން ކަމަށް ހުށަހަޅާފައިވާ 20،000ރ. ކާމިޔާބު ކުރީ ޒަމީލް ޒިހުނީ އެވެ. ދެވަނަ އަށް ހުށަހެޅި 15،000ރ. ކާމިޔާބުކުރީ ޖަނާން މުހައްމަދު އެވެ. އަދި ތިން ވަނަ އަށް ހުށަހެޅި 10،000ރ. ގެ އިނާމު ކާމިޔާބު ކުރީ މުހައްމަދު އައިމަން އެވެ.

މުބާރާތުގެ އެންމެ ޝަރަފުވެރި އިނާމު ކާމިޔާބުކުރި ހައިޝަމް ވަހީދު. -- ފޮޓޯ: ނިޝާން އަލީ | މިހާރު

މުބާރާތުގެ އެންމެ ޝަރަފުވެރި އިނާމު ކާމިޔާބުކުރި ހައިޝަމް ވަހީދު. -- ފޮޓޯ: ނިޝާން އަލީ | މިހާރު

އެ ފެސްޓިވަލުގެ އެންމެ ބޮޑު ޓައިޓަލް "އަލްޓިމޭޓް ޕްލޭޔާ"އަށް ވާދަކޮށް، އެ ޓައިޓަލް ކާމިޔާބުކުރީ ހައިޝަމް ވަހީދެވެ. އޭނާއަށް ވަނީ 30،000ރ. ގެ ފައިސާގެ އިނާމު ދީފަ އެވެ.

ޖުމްލަ 240،000ރ.ގެ ޕްރައިޒް ޕޫލަކާ އެކު ބޭއްވި އެ ފެސްޓިވަލުގައި މުބާރާތްތަކުގެ އެމްވީޕީގެ މަގާމަށް ހޮވުނު ގޭމަރުންނަށް 5000ރ. ވަނީ ދީފަ އެވެ.

އެ ރަސްމިއްޔާތުގައި ބެސްޓް ކާސްޓާ އޮފް ދަ އިޔާ އާއި ބެސްޓް ކޮންސޯލް ގޭމިން ކޮމިއުނިޓީ އޮފް ދަ އިޔާ އެވޯޑު ވެސް ވަނީ ދީފަ އެވެ.

އުރީދޫ ނޭޝަން އިން ގޭމިން ފެސްޓިވަލް އެންމެ ފުރަތަމަ ބޭއްވީ މިދިޔަ އަހަރެވެ. އެ ފެސްޓިވަލަށް ބޮޑު ތަރުހީބެއް ލިބުނެވެ. މި އަހަރުގެ ތެރޭގައި އުރީދޫ ނޭޝަަން އިިން ވަނީ އެކި ގޭމިން މުބާރާތްތައް ބާއްވައިފަ އެވެ. އުރީދޫ ނޭޝަން އަކީ ގޭމިން ކުރިއަރުވައި، އީ-ސްޕޯޓްސްގެ ފުރުސަތުތައް ގައުމީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި ހޯދައިދިނުމުގެ ގޮތުން އުރީދޫން ތައާރަފް ކުރި ޕްލެޓްފޯމެކެވެ.