ވެރިކަމަށް އަންނަން ކޯލިޝަނެއް ބޭނުން ނުވާ ކަމަށާއި އެ ފަދަ އެއްވެސް ހިޔާލެއް ވެސް ނުގެންގުޅުއްވާ ކަމަށް މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)ގެ ރައީސް އަހްމަދު ސިޔާމް މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
11 އޯގަސްޓް 2022
ވެރިކަމަށް އަންނަން ކޯލިޝަނެއް ބޭނުން ނުވާ ކަމަށާއި އެ ފަދަ އެއްވެސް ހިޔާލެއް ވެސް ނުގެންގުޅުއްވާ ކަމަށް މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)ގެ ރައީސް އަހްމަދު ސިޔާމް މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
އެ ޕާތީގެ ކޮންގްރެސް އަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި އޭނާ ވިދާޅުވީ، ވެރިކަން ހޯދުމަށްޓަކައި އެމްޑީއޭ އިން އެއްވެސް ޕާޓީއަކާއެކު ކޯލިޝަން ނުހަދާނެ ކަމަށެވެ. އަދި ކޯލިޝަނަކާ ނުލައި އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް ވިދާޅުވި އެވެ.
ސިޔާމް ވިދާޅުވީ އެމްޑީއޭއަކީ ސާފުތާހިރު ބަޔަކު އުޅޭ ޕާޓީއެއް ކަމަށާއި އެ މީހުންގެ ފަސްބައި ސާފުވާނެ ކަމަށެވެ. އަދި އެ މީހުން ކަން ކޮށްފައި ހުރި ގޮތް ދިވެހިންނަށް އެނގޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަޅުގަނޑު ދެކޭ ގޮތުގައި މި ޕާޓީއަކުން ކޯލިޝަނެއް ބޭނުމެއް ނުވޭ ރާއްޖޭގެ ވެރިކަމަށް އަންނާކަށް. އަޅުގަނޑުމެންނަކީ ވަރަށް ސާފުތާހިރު ބައެއް. ފަސްބައި ވަރަށް ސާފުވާނެ -- ސިޔާމް
ސިޔާމް ވިދާޅުވިގޮތުގައި، އެމްޑީއޭ އިން ކަންކަން ކޮށްދީފައިވާކަން ދިވެހިން ދަންނާނެ އެވެ. އަދި ދިވެހިންނަށް އެ ޕާޓީން ހޭދަކުރާ ފައިސާގެ އަދަދު ވެސް ދަންނާނެ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދިވެހިންނަށް އެންމެ ގިނަ ފައިސާ ދޭ ބަޔަކީ އެމްޑީއޭ ކަމަށެވެ.
އެމްޑީއޭގައި މި އަހަރު ނިމުމުގެ ކުރިން 50،000 މެންބަރުން ތިބުމަކީ ސިޔާމްގެ އަމާޒު ކަމަށާއި އެ އަަމާޒު ހާސިލުވާނެ ކަމުގެ ޔަގީންކަން އެބައޮތްކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމާ ގުޅިގެން ސުވާލުކުރުމުން ސިޔާމް ވިދާޅުވީ މިހާރު އޮތީ ވެރިކަން ކުރަން ރަނގަޅު ނިޒާމެއް ކަމަށެެވެ. އަދި ޗެކް އެންޑް ބެލެންސްކޮށް ވެރިކަން ކުރެވޭނީ ވެސް ރިޔާސީ ނިޒާމެއް އޮވެގެން ކަމަށް ވިދާޅުވި އެވެ.
މިއަދުގެ ކޮންގްރެސްއަށް ފަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި އެމްޑީއޭގެ ރައީސް އާއި ލީޑާޝިޕްގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ސިޔާމް ވިދާޅުވިގޮތުގައި، ވެރިކަމުގެ ނިޒާމުގެ މައްސަލައެއް ރާއްޖޭގައި ނެތެވެ. ވިދާޅުވީ، މުހިންމީ ވެރިކަން ކުރާ ސިސްޓަމެއް ނޫން ކަމަށާއި މުހިންމީ ވެރިކަން ކުރައްވާ ބޭފުޅާ ކަމަށެވެ. އެ މީހެއްގެ ޝަހުސިއްޔަތު ރަނގަޅުވުމުން ނިމުނީކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެންވީމާ އަޅުގަނޑުމެން މި ކުރު މުއްދަތުގެ ތެރޭގައި ދިވެހި ދައުލަތުގެ ހަޒާނާ އިން އެތަައް މިލިއަން ޑޮލަރެއް ހަރަދު ކޮށްފައި ދިވެހިރައްޔިތުން ލައްވައި ވޯޓުލައިގެން ސިސްޓަމެއް ހޯދާކަށް އަޅުގަނޑުމެންގެ އެއްވެސް އިންޓްރެސްޓެއް ނެތް،" ސިޔާމް ވިދާޅުވި އެވެ.
އެމްޑީއޭގެ މިއަދުގެ ކޮންގްރެސްގައި ހުށަހެޅުނު އިސްލާހުތަކަށް ވޯޓު ނަގަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރުނ
އެމްޑީއޭ އިން މިއަދު ބޭއްވި ކޮންގްރެސްގައި އެ ޕާޓީގެ ލީޑަރުގެ ނަން ރައީސަށް ބަދަލު ކުރަން ވަނީ ނިންމައިފަ އެވެ. އަދި އެ ޕާޓީގެ އަސާސީ ގަވާއިދަށް ގެންނަން ޕާޓީގެ ގައުމީ މަޖިލީހުން ހުށަހެޅި ހުރިހާ އިސްލާހެއް ކޮންގްރެސްގެ ހުރިހާ މެންބަރުންގެ އިއްތިފާގުން ފާސްކުރި އެވެ.
އެމްޑީއޭގެ ފަރާތުން އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނީ ކޮން ކެންޑިޑޭޓެއް ކަމެއް އަދި ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ. ނަމަވެސް ސިޔާމް ގެންދަވަނީ އޭނާއަކީ ކެންޑިޑޭޓް ކަމަށް ނިންމަވައި ކެމްޕެއިން ކުރައްވަމުންނެވެ.
ކޯލިޝަނަށް އެއްބާރުލުން ދޭން ސިޔާމް އެދިވަޑައިގެންފި
ރިޔާސީ އިންތިހާބުގައި ސިޔާމް ވާދަކުރައްވަން ނިންމަވައިފި
ރިޔާސީ އިންތިހާބަށް އަމާޒުކޮށް އެމްޑީއޭ ވަރުގަދަކުރަނީ
އެމްޑީއޭގެ ނިންމުން ބަލައިގަންނަން: ޕީޕީއެމް
އެމްޑީއޭގެ ނިންމުން ރަނގަޅު ނޫންކަން ފެންނާނެ: ރައީސް
ފައްޔާޒުގެ ހިތްވަރުގެ ބަސް: ބަލިކޮށް ނުލެވުނު ހިތްވަރު
ސިޔާމްގެ ސަބަބުން ބޭރުން ފައިސާ ލިބޭނެކަން ވެސް ޔަގީން
މި ފަސް އަހަރު ގައުމު ހަމަޖެހިއްޖެ: ސިޔާމް
"އެންމެ އުފާވަނީ އެމްޑީޕީން ލާދީނީ ފިކުރު ދިއުމުން"
ރައީސަށް ފަސޭހަކަމާއެކު ކާމިޔާބު ކުރެވޭނެ: އަލީ ޒާހިރު