ކޯލިޝަން ޕާޓްނަރު، އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމަކީ ލިބުނު ވަރަށް ބޮޑު އެސެޓެއް ކަމަށާއި ބޭރުގެ ގައުމުތަކާއި ފައިސާ ފޯރުކޮށްދޭ އިދާރާތަކުގެ ޔަގީންކަން އޭނާގެ ސަބަބުން ސަރުކާރަށް ލިބިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
12 އޯގަސްޓް 2023
ކޯލިޝަން ޕާޓްނަރު، އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމަކީ ލިބުނު ވަރަށް ބޮޑު އެސެޓެއް ކަމަށާއި ބޭރުގެ ގައުމުތަކާއި ފައިސާ ފޯރުކޮށްދޭ އިދާރާތަކުގެ ޔަގީންކަން އޭނާގެ ސަބަބުން ސަރުކާރަށް ލިބިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ ނ. ކެނދިކުޅުދޫއަށް ރިޔާސީ ކެމްޕެއިންގައި ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ސިޔާމަކީ ނ. އަތޮޅުގެ ރައްޔިތުންނާ ގާތް، އަދި ތާއިދު ބޮޑު ބޭފުޅެއް ކަމަށެވެ. އަދި، ފައިނޭންސް ފޯރުކޮށްދޭ ފަރާތްތަކުން ވެސް އޭނާއަށް ވަރަށް ބޮޑަށް އިތުބާރު ކުރާ ކަމަށެވެ.
"އެއީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް މި އިންތިހާބުގައި އެކުގައި ހުރުން، ވަރަށް ބޮޑު އެސެޓެއް އަޅުގަނޑަށް ލިބުނު،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އިންތިހާބަށް ކޯލިޝަން ހަދައި ކެމްޕެއިން ފެށި ފަހުން ބޭރުގެ ބައެއް ފަރާތްތަކާ ބައްދަލުވި ކަމަށާއި އިންތިހާބާ ބެހޭ ގޮތުން އޮޅުންފިލުވި ކަމަށެވެ. ކޯލިޝަން ޕާޓްނަރަކީ ސިޔާމް ކަމަށް ވިދާޅުވުމުން އެކަމާ ހިތްހަމަޖެހި ކުރިއަށް ދިޔުމަށް އެ ފަރާތްތަކުން އެދުނު ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ވައުދުވާ ކަންކަން ފުއްދުމަށްޓަކައި ފައިސާ، ސިޔާމްގެ ސަބަބުން ލިބޭނެ ކަމާ މެދު މިހާރު ޝައްކެއް ނުކުރަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވާ ގޮތުގައި، މި ސަރުކާރުގެ ކޯލިޝަނަކީ އެހެން އެއްވެސް އެދުމެއް ނެތި ހަމައެކަނި ރައްޔިތުންގެ މަންފާއަށް މަސައްކަތް ކުރާނެ ކޯލިޝަނެކެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނ. ކެނދިކުޅުދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަނީ. --ފޮޓޯ: އެމްޑީޕީ
"ސިޔާމް ބޭނުމެއް ނުވޭ ފަޅެއް، ރަށެއް، ފުދިފައި އެ ހުރީ. ފަޅެއްގެ ބޭނުމުގައި ރަށެއްގެ ބޭނުމުގައި ސަރުކާރަށް ދައްކަން އެދޭނެ ފައިސާ މާފުކޮށްދޭން އެދޭނެ މީހެއް މި ކޯލިޝަނަކު ނެތް، ރައްޔިތުންނަށް ހިދުމަތް ކުރުން އޮތީ. ފަށާފައިމިވާ މަސައްކަތްތައް ނިންމުން އޮތީ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އަންނަ މަހުގެ 9 ވަނަ ދުވަހު އަނެއްކާވެސް ރައްޔިތުން ނިންމަންވީ އަނިޔާވެރިކަމަށް ދާނީތޯ ނޫނީ މިހާރު ފަށާފައިމިވާ ތަރައްގީގެ މަސައްކަތްތަކާ އެކު ކުރިއަށްދާނީތޯ އެވެ. އުއްމީދު ކުރައްވަނީ ބޮޑު އަގުލަބިއްޔަތަކުން މި ސަރުކާރު ހޮވާނެ ކަމަށް ކަމަށެވެ.
ކެނދިކުޅުދޫއަށް ވައުދުތައް:
- ޖޫނިއާ ކޮލެޖް،
- ހޮސްޕިޓަލްގެ ބިންގާ އެޅުން
- 300 ރޯހައުސް ނުވަތަ ފްލެޓް
- ފުއްޓަރު ފަރާތުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުން
- ސްޕޯޓްސް ކޮމްޕްލެކްސް
ރައީސް ވިދާޅުވީ ރައްޔިތުންނަށް އުފާވެރި ދިރިއުޅުމެއް ހޯދައިދީ، ތަރައްގީ ކުރުމުގެ ސިޔާސަތާ އެކު އިންތިހާބަށް ނުކުމެ ތިބީ މި ސަރުކާރު ކޯލިޝަން އެކަނި ކަމަށެވެ.
އެމްޑީއޭގެ ނިންމުން ރަނގަޅު ނޫންކަން ފެންނާނެ: ރައީސް
"އެންމެ އުފާވަނީ އެމްޑީޕީން ލާދީނީ ފިކުރު ދިއުމުން"
ކޯލިޝަނަށް އެއްބާރުލުން ދޭން ސިޔާމް އެދިވަޑައިގެންފި
އެމްޑީޕީއާ ކޯލިޝަން ހަދަން ސިޔާމްގެ ޕާޓީން ނިންމައިފި
ކޯލިޝަނަށް އެމްޑީއޭއިން އެމްޑީޕީއާ މަޝްވަރާ ފަށައިފި
އިމްރާން ވިދާޅުވީ އަދާލަތުން ތިބީ ރައީސާ އެކު ކަމަށް
ފައްޔާޒުގެ ހިތްވަރުގެ ބަސް: ބަލިކޮށް ނުލެވުނު ހިތްވަރު
ޗާޓުން ރީނދޫކުލަ ފިލައިފި، 5 އަހަރުން ބޮޑު ބަދަލެއް
ގާސިމަށް ސިޔާމް ގޮވާލީ ރައީސްގެ ފަހަތަށް އަރަން
ތިނަދޫގެ "ރީނދޫ ސަފު" ދިނީ މެޖޯރިޓީގެ ޔަގީންކަން