Roadha Mihaaru
އޭޝިއާގެ މުއްސަނދި މީހާގެ މަގާމު ޗައިނާ މީހަކަށް

އޭޝިއާގެ އެންމެ މުއްސަނދި މީހާގެ މަގާމު ޗައިނާ މީހަކަށް

01 ޖެނުއަރީ 2021

ޗައިނާގެ އަލީބާބާ ގްރޫޕްގެ ކުރީގެ ޗެއާމަން ޖެކް މާ ފަހަތަށް ޖައްސާލައި މިދިޔަ އަހަރު ޗައިނާގެ އެންމެ މުއްސަނދި މީހާގެ މަގާމު ހޯދި ވިޔަފާވެރިޔާ ޒޮންގް ޝަންޝަން އަށް އޭޝިއާގެ މުއްސަނދި މީހާގެ މަގާމު ވެސް ލިބިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޗައިނާގެ އަލީބާބާ ގްރޫޕްގެ ކުރީގެ ޗެއާމަން ޖެކް މާ ފަހަތަށް ޖައްސާލައި މިދިޔަ އަހަރު ޗައިނާގެ އެންމެ މުއްސަނދި މީހާގެ މަގާމު ހޯދި ވިޔަފާވެރިޔާ ޒޮންގް ޝަންޝަން އަށް އޭޝިއާގެ މުއްސަނދި މީހާގެ މަގާމު ވެސް ލިބިއްޖެ އެވެ.

ބޯފެން އުފައްދާ އަމިއްލަ ކުންފުންޏެއްގެ އިތުރުން ވެކްސިން އުފެއްދުމުގެ ވިޔަފާރި ވެސް ކުރާ ޒޮންގަށް ލިބުނު އާ މަގާމާ އެކު، ކުރިން އޭޝިއާގެ އެންމެ މުއްސަނދި މީހާގެ މަގާމު އޮތް އިންޑިއާގެ މުކޭޝް އަމްބާނީ އަށް މި ވަނީ މަގާމު ގެއްލިފަ އެވެ. އަމްބާނީ އަކީ ރިލަޔަންސް ގްރޫޕްގެ ވެރިޔާ އެވެ.

ބްލޫމްބާގް ބިލިއަނާޒް އިންޑެކްސް ދައްކާ ގޮތުން ޒޮންގްގެ މިލްކިއްޔާތު މިހާރު 77.8 ބިލިއަން ޑޮލަރަށް އަރަ އެވެ. އޭނާގެ ތަނަވަސްކަން މި އަހަރު އުފުލިގެން ދިޔައީ އާމްދަނީގެ ގޮތުގައި މި އަހަރު ލިބުނު 7 ބިލިއަން ޑޮލަރާ އެކީގަ އެވެ.

އަމްބާނީގެ މިލްކިއްޔާތަކީ މިހާރު 76.9 ބިލިއަން ޑޮލަރެވެ.

ޗައިނާގެ އެންމެ މުއްސަނދި މީހާގެ މަގާމު ޖެކް މާ އަށް މިދިޔަ އަހަރު ގެއްލުނު އިރު އޭނާގެ މިލްކިއްޔާތަކީ މިހާރު 58.8 ބިލިއަން ޑޮލަރެވެ.

"ލޯން ވުލްފް" ގެ ނަމުން މަޝްހޫރު އަދި އަމިއްލަ ފެން ކުންފުނި "ނޮންގްފޫ ސްޕްރިންގް" ގެ ވެރިޔާގެ ބޭސް ކުންފުނި ވަންޓާއި ބައޮލޮޖިކަލް ފާމަސީ އެންޓަޕްރައިސަސް ވަނީ މިދިޔަ އަހަރުގެ އެޕްރީލް މަހު ޗައިނާގެ ހިއްސާގެ ބާޒާރުގައި ވެސް ލިސްޓްކޮށްފަ އެވެ. އަދި އޭގެ ތިން މަސް ފަހުން "ނޮންގްފޫ ސްޕްރިންގް" ވަނީ ހޮންކޮންގްގެ ހިއްސާގެ ބާޒާރުގައި ވެސް ލިސްޓްކޮށްފަ އެވެ.

އޭޝިއާގެ އެންމެ މުއްސަނދި މީހާގެ މަގާމު ލިބުނު އިރު ޒޮންގްގެ ކެރިއަރުގެ އެކި ދުވަސްވަރު އެކި ކަހަލަ މަސައްކަތްތަތްކޮށްފައިެވ އެވެ. އެގޮތުން ބޯފެން އުފެއްދުމާއި ބޭހުގެ ވިޔަފާރި އަށް ވަނުމުގެ ކުރިން ނޫސްވެރިކަމާއި މަޝްރޫމް ހެއްދުން ފަދަ މަސައްކަތްތައް ވެސް ކޮށްފައިވެ އެވެ.