Roadha Mihaaru
ބްރެޑް ޕިޓް އަނިޔާކުރި ކަމަށް ބުނީ އެންޖެލީނާ ޖޮލީ

ބްރެޑް ޕިޓް އަނިޔާކުރި ކަމަށް ބުނެ އެންޖެލީނާޖޮލީ މައްސަލަ ހުށަހެޅި

18 އޯގަސްޓް 2022

ބްޜެޑް ޕިޓާ ކައިވެނިކޮށްގެން އުޅުނު އިރު އޭނާ އަނިޔާކުރި ކަމަށް ބުނެ އެންޖެލީނާޖޯލީ 2016 ވަނަ އަހަރު ފުލުހުންނަށް ހުށަހެޅިކަމަށް މީޑިއާ އިން ރިޕޯޓްކޮށްފި އެވެ.

ބްޜެޑް ޕިޓާ ކައިވެނިކޮށްގެން އުޅުނު އިރު އޭނާ އަނިޔާކުރި ކަމަށް ބުނެ އެންޖެލީނާޖޯލީ 2016 ވަނަ އަހަރު ފުލުހުންނަށް ހުށަހެޅިކަމަށް މީޑިއާ އިން ރިޕޯޓްކޮށްފި އެވެ.

ބްރެޑް ޕިޓާއި އެންޖެލީނާ ޖޯލީ ވަރިވީ 2016 ވަނަ އަހަރު އެވެ. އޭގެ ކުރިން، ކުޑަކުދިންނާ މެދު އަނިޔާވެރިވި މައްސަލައެއްގައި ބްރެޑް ޕިޓްގެ މައްސަލައެއް އެފްބީއައި އިން ބަލަމުން ދިޔަ ކަމަށް މީޑިއާ އިން ރިޕޯޓްކުރި ނަމަވެސް އެއީ ކާކު ހުށަހެޅި ކޮން މައްސަލައެއް ކަމެއް ނޭނގެ އެވެ.

މިހާރު ހާމަވެފައިވާ ގޮތުގައި ދަރިންނާ އެކު ދަތުރުކުރި ޕްރައިވެޓް ޖެޓެއްގައި އަނިޔާކުރި ކަމަށް ބުނެ މައްސަލަ ހުށަހެޅީ އޭރުގެ އަނބިމީހާ އެންޖެލީ ޖޮލީ އެވެ.

ހުށަހެޅި މައްސަލާގައި ބުނެފައިވަނީ ބޯޓުގެ ފަހަތަށް ގެންގޮސް، ތަޅައި އަނިޔާކޮށް ހުތުރު ބަހުން ވާހަކަ ދެއްކި ކަމަށާއި މިކަމުގެ ތެރޭގައި އަތް ހަލާކުވި ކަމަށެވެ.

މީޑިއާތަކުން ބުނެފައިވާ ގޮތުގައި އެންޖެލީނާ ޖޯލީގެ ގަޔަށް ބިޔަރުތައްޓެއް ވެސް ޖެހި އެވެ. އަދި އެ ދަތުރު އެއްކޮށް ބްރެޓް ޕިޓް ހުރީ މަސްތުގެ ހާލަތުގައި ކަމަށް ވަނީ ބުނެފަ އެވެ.

ނަމަވެސް ބްރެޓް ޕިޓްގެ ވަކީލުން އޭރު ވަނީ މި ހުރިހާ ތުހުމަތެއް ދޮގުކޮށްފަ އެވެ. އަދި ބްރެޑް ޕިޓް ވަނީ ރާބުއިން ހުއްޓާލާފައިވާ ކަމަށް ބުނެ އެކަން އާންމުކޮށް އިއުލާނުކޮށްފަ އެވެ. އަދި ތުހުމަތުކުރި މައްސަލާގައި އެއްވެސް ދައުވާއެއް ވެސް ބްރެޑް ޕިޓަށް ކޮށްފައެއް ނުވެ އެވެ.