Roadha Mihaaru
ކޯރާޑިއަކުން މީހެއްގެ ބޮލުގައި ޖަހައި، ޒަހަމްކޮށްލައިފި

ކޯރާޑިއަކުން މީހެއްގެ ބޮލުގައި ޖަހައި، ވަރަށް ބޮޑަށް ޒަހަމްކޮށްލައިފި

23 އޯގަސްޓް 2022

މާލޭގައި ރޭ ހިންގިމާރާމާރިއެއްގައި މީހެއްގެ ބޮލުގައި ކޯރާޑިއަކުން ޖަހައި ވަރަށް ބޮޑަށް ޒަހަމްކޮށްލައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލޭގައި ރޭ ހިންގިމާރާމާރިއެއްގައި މީހެއްގެ ބޮލުގައި ކޯރާޑިއަކުން ޖަހައި ވަރަށް ބޮޑަށް ޒަހަމްކޮށްލައިފި އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި، މާފަންނު ސަހަރާ ކުރިމަތީގައި ހުންނަ ސްޓީލް ހާޑްވެއާގެ އިމާރާތުގައި ހިންގި މާރާމާރީގައި ޒަހަމްވީ ބިދޭސީ މީހެކެވެ.

އެ މަންޒަރު ދުށް މީހަކު ބުނީ ކޯރާޑިން ޖަހައި، ބިދޭސީ މީހާގެ ބޯ ވަރަށް ބޮޑަށް ފަޅާލައިފައިވާ ކަމަށެވެ. އަދި އޭނާގެ ބޮލުގައި ޖެހި ކޯރާޑި ވެސް އެ ގޭތެރޭގައި އެބައޮތް ކަމަށާއި މިހާރު ސީންގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށް ބުންޏެވެ.

ބިދޭސީ މީހާ އަށް ހަމަލާދޭން ބޭނުންކުރި ކޯރާޑި -- ފޮޓޯ: މިހާރު

ބިދޭސީ މީހާ އަށް ހަމަލާދޭން ބޭނުންކުރި ކޯރާޑި -- ފޮޓޯ: މިހާރު

އޭނާ މިހާރު ވަނީ ފަރުވާ އަށް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

އެ މާރާމާރީއާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.