Roadha Mihaaru
"ހައުސް އޮފް ޑްރެގަން" އާއެކު ތާރީހީ ކާމިޔާބީއެއް

"ހައުސް އޮފް ޑްރެގަން" އާ އެކު ތާރީހީ ކާމިޔާބީއެއް

24 އޯގަސްޓް 2022

މިހާތަނަށް ނެރުނު އެންމެ މަގުބޫލު އެއް ޝޯ ކަމަށްވާ ގޭމް އޮފް ތުރޯންސްގެ ޕްރީކުއެލް "ހައުސް އޮފް ޑްރެގަން"ގެ ފުރަތަމަ އެޕިސޯޑާއެކު ރެކޯޑުތައް މުގުރަން ފަށައިފި އެވެ.

އަހްމަދު ޖައިޝަން އަހްމަދު ޖައިޝަން

މިހާތަނަށް ނެރުނު އެންމެ މަގުބޫލު އެއް ޝޯ ކަމަށްވާ ގޭމް އޮފް ތުރޯންސްގެ ޕްރީކުއެލް "ހައުސް އޮފް ޑްރެގަން"ގެ ފުރަތަމަ އެޕިސޯޑާއެކު ރެކޯޑުތައް މުގުރަން ފަށައިފި އެވެ.

އެޗްބީއޯގެ ގޭމް އޮފް ތުރޯންސް އަކީ މިހާތަނަށް ނެރުނު އެންމެ ބޮޑު އެއް ޝޯ އެވެ. ޝޯ އެޅުވި ދުވަސްވަރު އެ ޝޯ ވަނީ ތަފާތު އެކި އެވޯޑުތައް ހޯދައި ރެކޯޑުތައް މުގުރާފަ އެވެ.

އެޗްބީއޯއިން ވަނީ މި ހަފުތާ ބަންދުގައި ހައުސް އޮފް ޑްރެގަންސް ދައްކަން ފަށާފަ އެވެ. އެއާއެކު އެ ޝޯ ވެސް އަންނަނީ ތަފާތު އެކި ރެކޯޑުތައް ހޯދަމުންނެވެ. އެގޮތުން ޝޯގެ ފުރަތަމަ އެޕިސޯޑު މިހާރު ވަނީ މުޅި އެޗްބީއޯގެ އެންމެ ބޮޑު ޕްރިމިއާ އަށް ވެފަ އެވެ. އެމެރިކާގައި އެކަނި ވެސް އެ ޝޯ އަށް ވަނީ 10 މިލިއަން ވިއުސް ލިބިފަ އެވެ.

މީގެ ކުރީން އެންމެ ފަހުން ގިނަ ވިއުސް އެއް ރެއެއްގެ ތެރެއިން ލިބިފައިވަނީ 2019 ވަނަ އަހަރުގަ އެވެ. އެއީ ގޭމް އޮފް ތުރޯންސްގެ ފިނާލޭ އަށެވެ. އެ ފިނާލޭއަށް ވަނީ 19.9 މިލިއަން ވިއުސް އެއް ރޭގެ ތެރޭގައި ލިބިފަ އެވެ.

ހައުސް އޮފް ޑްރެގަން ގައި ފެންނާނީ ގޭމް އޮފް ތުރޯންސްގައި ދިމާވި ކަންތައްތަކުގެ 200 އަހަރު ކުރިން ކަންތައް ވެގެން ދިޔަ ގޮތުގެ މައްޗަށެވެ. މި ޝޯގެ ލީޑް ރޯލުން ފެންނާނީ މިލީ އެލްކޮކް އާއި މެޓް ސްމިތާއި އޮލިވިއާ ކުކް އަދި އެމާ ޑާސީ އެވެ.